Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިނަރެސްއިން އެޕާޓްމަންޓް ދޫކުރުން

ސީލައިފް އެޕާޓްމެންޓަށް ފައިސާދެއްކި ފަރާތްތަކުގެ ލިސްޓަކީ ޕަބްލިކް ޑޮމައިންއިން ލިބޭ މައުލޫމާތެއް ނޫން، ކަށަވަރުކުރާނެ ގޮތެއް ނެތް: އާރިފް

މި ސަރުކާރުން ފްލެޓު ދޫކުރީ ސީލައިފްގެ މީހަކަށޭ ބުނުމުން އެކަން ކަށަވަރުކުރާނެ ގޮތެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 14:27
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ހައުސިން ކޮމެޓީގެ މެންބަރު މުހައްމަދު އާރިފް ވާހަކަދައްކަވަނީ

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ހައުސިން ކޮމެޓީގެ މެންބަރު މުހައްމަދު އާރިފް ވާހަކަދައްކަވަނީ

ސީލައިފް އެޕާޓްމެންޓަށް ފައިސާދެއްކި ފަރާތްތަކުގެ ލިސްޓަކީ ޕަބްލިކް ޑޮމައިންއިން ލިބޭ މައުލޫމާތެއް ނޫން ކަމަށާއި، ވިނަރެސްގެ ފްލެޓުތައް ދޫކުރީ ސީލައިފްގެ މީހަކަށޭ ބުނުމުން އެކަން ކަށަވަރުނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ހައުސިން ކޮމެޓީގެ މެންބަރު މުހައްމަދު އާރިފް ވިދާޅުވީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ބޭނުންވި ހުރިހާ ފަރާތްތަކަށް ކުރީ ސަރުކާރުގައި ފްލެޓު ދޫކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާރިފް ވިދާޅުވީ ސީލައިފްގެ ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު ޕަބްލިކް ޑޮމައިންއިން ނުލިބޭނެ ކަމަށެވެ. އަދި މިސަރުކާރުން ފްލެޓު ދޫކުރީ ސީލައިފްގެ މީހަކަށޭ ބުނުމުން އެކަން ކަށަވަރުކުރާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއުގައި އެޗްޑީސީއާއި ސީލައިފް ގްލޯބަލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނީ 2014 މާރިޗު 13 ވަނަ ދުވަހުއެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް އެއްބަސްވެވުނު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރުމަށް ކަނޑައެޅުނީ 1000 ހައުސިންގ ޔުނިޓް ގެ މަސައްކަތެވެ. 14 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ސީލައިފްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުގެންދިޔުމުގެ ސަބަބުން އެ އަސާސްގެ މައްޗަށް ބިނާކޮށް އެޗްޑީސީގެ ފަރާތުން އެއްބަސްވުން ބާތިލުކުރި އެވެ.

އެޗްޑީސީން އެއްބަސްވުން ބާތިލްކުރުމުން ސީލައިފްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓްކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އެކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށްވުމުން، އެއްބަސްވުން އަނބުރާ އިއާދަކުރުމަށް ކަމަށެވެ. އެހެންކަމުން އެޗްޑީސީގެ ފަރާތުން އެއްބަސްވުން އަލުން އިއާދަކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އަލުން ދިނުމާއެކު މަޝްރޫއު ކުރިޔަށް ގެންގޮސް ނިންމާލުމުގެ ފުރުސަތު ސީލައިފަށް ދެވުނު ކަމަށެވެ. ނަމަވެސް އެފުރުސަތުގައި ވެސް ސީލައިފްގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން 2018 އޮކްޓޫބަރު 25 ވަނަ ދުވަހުގައި އެއްބަސްވުން އަނެއްކާވެސް ވަނީ ބާތިލް ކޮށްފައެވެ.

މީގެ އިތުރުން ސީލައިފްއިން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ގެއްލުންވެ، އެމީހުން ބޭނުންވާނަމަ ވިނަރެސްއިން ފްލެޓް ދޫކުރުމަށް ކުރީ ސަރުކާރުގައި ނިންމައި، އެމަސައްކަތް ކޮށްފައިވެއެވެ.

ސީލައިފްއެޗްޑީސީމުހައްމަދު އާރިފް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު