Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ޙާލަތު

ޣައްޒާގައި ކޮންމެ ގަޑިއަކު އެވްރެޖްކޮށް ދެ މައިންގެ ފުރާނަ ގެއްލޭ: އދ.ގެ އަންހެނުންނާއި ބެހޭ އިދާރާ

21 ޖެނުއަރީ 2024 | އާދީއްތަ 02:48

ފަލަސްތީނުގެ 24،620 މީހުން ޝަހީދުވި ކަމަށް ރިޕޯޓްގައިވާއިރު، އެ މީހުންގެ ތެރެއިން 16،000 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 ޖެނުއަރީ 2024 | އާދީއްތަ 02:48
ޣައްޒާގައި އެންމެ ނިކަމެތި ޙާލުގައި ދިރިއުޅެނީ އަންހެނުންނާއި، އަންހެން ކުދިން ކަމަށް އދ.އިން ބުނޭ

ޣައްޒާގައި އެންމެ ނިކަމެތި ޙާލުގައި ދިރިއުޅެނީ އަންހެނުންނާއި، އަންހެން ކުދިން ކަމަށް އދ.އިން ބުނޭ

ޣައްޒާގެ ހަމަނުޖެހުންތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ ގެއްލުންތަކުގައި ކޮންމެ ގަޑިއަކު އެވްރެޖްކޮށް ދެ މައިންގެ ފުރާނަ ގެއްލޭ ކަމަށް ބުނެފިއެވެ.

މިހެން ބުނެފައިވަނީ އދ.ގެ އަންހެނުންނާއި ބެހޭ އިދާރާއިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައެވެ.

އަދި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުމުގެ ހަނގުރާމައިގެ ތެރޭގައި، އަންހެނުންނާއި އަންހެން ކުދިންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ވިމެން އިދާރާއިން ދަނީ ގޮވާލަމުންނެވެ.

އދ.ގެ ވިމެންގެ އެގްޒެކެޓިވް ޑިރެކްޓަރު ސިމާ ބަހޫސް ވިދާޅުވީ ޣައްޒާގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ފަލަސްތީނުގެ 24،620 މީހުން ޝަހީދުވި ކަމަށް ރިޕޯޓުކުރި އިރު، އެ މީހުންގެ ތެރެއިން 16،000 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި އެ ސަރަހައްދުން މަރުވި މީހުންގެ އަދަދަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

އިސްރާއީލުގެ ހަމަލާތައް ފެށުނު ފަހުން އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބަހޫސް ވިދާޅުވީ، "އިސްރާއީލުން ދަނީ ޣައްޒާގެ ކުދިން ނިކަމެތިކުރަމުން ކަމަށާއި، މި 100 ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު ނާކާމިޔާބީއާއި ޖީލުތަކުގެ ހިތާމައިގެ ސަބަބުން، އަދި އެކަން ނިމުމަކަށް ނާންނާނަ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން އެންމެން މިކަމުގެ ސަބަބުން ހިތާމަކުރާން ޖެހޭނެކަމަށެވެ.

ހަމަނުޖެހުން ތައް ހިނގަމުން ދާއިރު، ބަހޫސް ވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.

ޣައްޒާގައި އަންހެނުންނާއި އަންހެން ކުދިންގެ ސަލާމަތާއި ބޭހާއި ސިއްހީ ފަރުވާ އާއި ބޯހިޔާވަހިކަން ނެތުމުން އދ.ގެ އަންހެނުންނާއި ބެހޭ އެ އިދާރާއިން ދަނީ ނުރައްކާތެރިކަމުގެ ރަނގަބީލު އަޅަމުންނެވެ.

ޔޫއެން ވިމެން އިން ދާދި ފަހުން ނެރުނު "ޖެންޑާ އެލާޓް" ރިޕޯޓްގައި މި ކާރިސާގެ އަސަރުތަކާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ "ޖެންޑާ އެލާޓް" އިން ދައްކާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި ނުވަތަ ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

އެ އެޖެންސީން ވަނީ މިންތީގެ ހަމަހަމަކަން ނެތި ދިއުމާއި، ކުޑަކުދިން ހަނގުރާމައާއި ހަމަނުޖެހުންތަކުގައި ދިރިއުޅެން ޖެހުމަކީ ނިހާޔަތަށް ކަންބޮޑުވާކަމެއްކަމަށް ފާހަގަކޮށް ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ދެފަރާތަށް ވެސް ގޮވާލައިފައެވެ.

2.3 މިލިއަން މީހުންގެ ތެރެއިން 1.9 މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް މިލިއަނަކީ އަންހެނުންނާއި އަންހެން ކުދިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2018

ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ

25 އޮކްޓޯބަރު 2018
ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ
15 ޖުލައި 2018

ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!

15 ޖުލައި 2018
ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!
19 މެއި 2018

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި

19 މެއި 2018
ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި
08 މެއި 2018

ނިއުކްލިއަރ ޑީލާ މެދު ކޮންމެ ގޮތަކަށް ޓްރަމްޕް ނިންމެވިޔަސް މައްސަލަ އެއް ނެތް: އީރާން

08 މެއި 2018
ނިއުކްލިއަރ ޑީލާ މެދު ކޮންމެ ގޮތަކަށް ޓްރަމްޕް ނިންމެވިޔަސް މައްސަލަ އެއް ނެތް: އީރާން
12 ފެބުރުއަރީ 2018

ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް

12 ފެބުރުއަރީ 2018
ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް
17 އޮކްޓޯބަރު 2017

ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

17 އޮކްޓޯބަރު 2017
ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް