Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ހިސޯރު

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި

ޣައްޒާގެ ހާލަތާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ އެއްކޮޅަށް 29 ގައުމަކުން ވޯޓު ދީފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 19 މެއި 2018 | ހޮނިހިރު 14:29
އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދެނީ

އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދެނީ

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް ވޯޓު ދިން ދެގައުމުގެ ތެރޭގައި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނިއްޖެއެވެ.

އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާގެ އިންސާނީ ހައްގުތައް ދަށަށް ދާ ދިއުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި އދ ގެ އިންސާނީ ހައްުގުތަކާ ބެހޭ ބައްދަލުވުމެއްގައި ޣައްޒާގެ ހާލަތާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ އެއްކޮޅަށް 29 ގައުމަކުން ވޯޓު ދީފައިވެއެވެ. އެމެރިކާ އާއި އޮސްޓްރޭލިއާ އިން މިނިވަން ތަހުގީގަކާ ދެކޮޅަށް ވޯޓު ދިންއިރު 14 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އޮސްޓްރޭލިއާ އިން ވަނީ ޣައްޒާގެ ހަމަނުޖެހުންތަކުގައި "މީހުން މަރުވެ އަދި ޒަޚަމްވަމުން ދާތީ އެކަމާ ހިތާމަފާޅުކޮށްފައެވެ." އެހެންނަމަވެސް އޮސްޓްރޭލިއާ އިން ބައްދަލުވުމުގައި ގެންގުޅުނު ވިސްނުމަކީ އިސްްރާއީލުން އެގައުމަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވަނީ ވިދާޅުވެފައެވެ. ޣައްޒާ ބޯޑަރު ސަަަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދާ އިރު މިފަހުގެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 60 މުޒާހިރީން ޝަހީދުކޮށްލާފައެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މި މަހު އެޤައުމުން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. ފަލަސްތީނު ރައްޔިތުން ދަނީ އެކަމާއި ދެކޮޅު ހަދައި ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގުދުސްގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ނައޫރޫއަށް އިސްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއް!

ގުދުސްގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ނައޫރޫއަށް އިސްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއް!

29 ޑިސެމްބަރު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ހިންގާ ގޮތް ހާމަޥާ ލިޔެކިޔުންތަކެއް ފެނިއްޖެ

އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ހިންގާ ގޮތް ހާމަޥާ ލިޔެކިޔުންތަކެއް ފެނިއްޖެ

30 ނޮވެމްބަރު 2017
މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

18 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު