Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޑި ލިޓް، ބަޔާން ދޫކޮށްލަން އުޅޭ ވާހަކަތަކަށް ޓުޗެލް ރައްދު ދީފި

ޓުޗެލް ބުނީ، މުސްތަޤުބަލަށް ބަޔާނުން ތައްޔާރު ވަނީ ޑި ލިޓް އާއެކު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2024 | އާދީއްތަ 01:55
ބަޔާނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް

ބަޔާނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ، ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އެ ކުލަބު ދޫކޮށްލަން އުޅޭ ވާހަކަތަކަށް، ކޯޗު ތޯމަސް ޓުޗެލް ރައްދު ދީފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ޔުވެންޓަސް ދޫކޮށްލުމަށްފަހު އޭނާ އެ ޓީމަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޑި ލިޓް ބަޔާން ދޫކޮށްލަން އުޅޭ ވާހަކަތައް ޖަރުމަނުގެ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ކުޅިވަރުގައި ވެސް، ޚާއްސަކޮށް ފުޓުބޯޅައިގައި އެކި ފަހަރު، އެކި ވާހަކަތައް ފެތުރެމުން ދާނެ ކަމަށެވެ. ޚާއްސަކޮށް، ގިނަ ފަހަރު އެގޮތަށް ދައުރުވަމުންދާ ގިނަ ވާހަކަތަކުގައި އެއްވެސް އަސްލެއް އެކުލެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޓުޗެލް ބުނީ، މުސްތަޤުބަލަށް ބަޔާނުން ތައްޔާރު ވަނީ ޑި ލިޓް އާއެކު ކަމަށެވެ. އޭނާ އަކީ މަތީ ފަންތީގައި ގުނާލެވޭ މޮޅު ކުޅުންތެރިޔެއް ކަމަށް ވެސް ޓުޗެލް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ޓުޗެލް ބުނީ، ޖަރުމަނު ޤައުމީ ޓީމާއެކު ހޭދަކުރުމަށްފަހު، ޑި ލިޓް އަލުން ކުލަބަށް އައިއިރު ހުރީ އަނިޔާގައި ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އަށް ޕްރީ ސީޒަން ގެއްލުނު ކަމަށާއި، ސުޕަ ކަޕްގައި އޭނާ ލައްވާ ކުޅުވުނީ މާއަވަހަށް ކަމަށް ޓުޗެލް ބުންޏެވެ. އެއާއެކު، އަނެއްކާ ވެސް ޑި ލިޓް އަށް އަނިޔާ ލިބުނުކަން އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް އޭނާ އަންނަނީ އަނެއްކާ ވެސް ޓީމުގައި ހިމެނި، ފޯމަކަށް އެޅެމުން ކަމަށް ޓުޗެލް ބުންޏެވެ.

ބަޔާންގައި ހޭދަކުރި ދެ ސީޒަންގެ ތެރޭގައި ޑި ލިޓް ވަނީ މިހާތަނަށް އެ ކުލަބަށް 55 މެޗު ކުޅެދީ، ހަތަރު ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ޖަރުމަނު ލީގު އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު