Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ނުކުރުން

ރައީސެވެ! ދެ ފުރާނައަށް ވުރެ މުހިންމީ، އަމިއްލަފުޅު "އީގޯ" ތޯއެވެ؟

އޭގެ ދެ ހާދިސާއެއް ހިނގާފައިވާއިރު، ދެ ހާދިސާގައި ވެސް ސަރުކާރުން ދޭނެ ޖަވާބެއް ނެތް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2024 | ހޮނިހިރު 13:44
ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި

ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި

އިސްކުރާނީ ދިވެހި ރައްޔިތުންނެވެ. އިސްކުރާނީ ދިވެހީންގެ މަސްލަހަތެވެ. ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެވެ. މި ވާހަކަތަކަކީ މީގެ ދުވަސްކޮޅެއް ނަމަވެސް ކުރިން އަޑު އަހައިފައި ހުރި ވާހަކަތަކަކަށް ވުން އެކަށީގެންވެއެވެ. އެހެނީ މި ވާހަކަތަކަކީ މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް ދެއްކެވި ވާހަކަތަކެވެ. ރައްޔިތުންނަށް އިޝާރަތްކޮށް ވިދާޅުވި ބަސްތަކެވެ. އަމުނާލި ރާގުތަކެވެ.

މިއަދު އެ ވެރިކަމަށް ދެ މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، އެދުވަހު އަމުނާލި ރާގުތަކަށް މިއަދު ބަދަލެއް އައީބާވައެވެ. އެހެންވީ، އޭރު ރާގާއި އެއްކޮށް ދިވެހީންނޭ ކިޔައި ލަވައެއް ވިދާޅުވާއިރު، މިއަދު އިއްޔެއަށް ވުރެ ތަންކޮޅެއް "ޕިޗީ" ވާހެން ވެސް ހީވާތީއެވެ. ހަމަގައިމު ވެސް މަންޒަރުން، ފެންނަނީ އެ "ޕިޗީ"ކަމެވެ.

މީގައި މިއުޅޭ މައްސަލަ ސާފެވެ. މި އުޅެނީ އިއްޔެ ދެއްކި ވާހަކަތައް ހަނދާން ނެތި، ކުޑަކޮށް "އީގޯ" މަތިވެގެންނެވެ. ހަމަ ގޮތުގައި ހިފަހައްޓަނީއެވެ. އަވަސް މުސްތަގްބަލެއްގައި އެނޫން ގޮތެއް ފެންނާން ނެތް ނަމަވެސް، އެއް ދުވަހަކު ވިދާޅުވި ބަހެއްގައި ހިފަހައްޓަނީއެވެ. ކުޑަކޮށް ނަމަވެސް، ދިވެހި ރައްޔިތުންގެ މަތިން ހަނދާނެއް ނެތް ކަހަލައެވެ.

މި ދަންނަވާ ވާހަކައެއް ސާފުނުވި ނަމަ ދަންނަވާލަދޭނަމެވެ. މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ސާފުކޮށް، ދިވެހިންނަށް ދިވެހީންގެ ރާއްޖެ ހޯދައިދޭ މަތިންނެވެ. އޭގެން ދިވެހީންނަކީ "ޕްރައޮރިޓީ ނަންބަރު 1" ކަމުގައި ވިދާޅުވަމުންނެވެ. ދިވެހީންގެ މަސްލަހަތާއި، ދިވެހީންގެ އަމާންކަމާއި، ދިވެހީންގެ ދިރިއުޅުން އުޖާލާ ކޮށްދޭނެ ކަމުގެ ވައުދާއެކުއެވެ. އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރު ކަޅެވެ. އަނދިރިއެވެ.

ސާފުކޮށްލަދޭނަމެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ވައުދުވިއެވެ. އެއަކު މައްސަލައެއް ނެތެވެ. ސިފައިން ވެސް ބޭރުކުރަންވީއެވެ. އެހެން ނަމަވެސް މީގައި މައްސަލައަކީ، އެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ މުހިންމު ދެކަން ހުއްޓުމުގެ އަސަރު، ދިވެހީންނަށް ކުރުމެވެ. އޭގެ ދެ ޙާދިސާއެއް ހިނގައިފައިވާއިރު، އެ ދެ ކަމުގައި ވެސް ޒިންމާ ނަގާނެ މީހަކުނުވެއެވެ. އެ ދެ ކަމަކީ ވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެ، އޮޕަރޭޓް ކުރަމުންދާ ޑޯނިއާ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރާ ގުޅުން ހުރި ދެކަމެވެ.

މީގެ އެންމެ ފުރަތަމަ ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ހާދިސާ އަކީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، ރޭގަނޑުގެ ވަގުތެއްގައި އިހި ނަގަން ފައިބައިގެން އުޅުނު މުހައްމަދު ނައިޝް ނަސްރު (ނައްޔު)، ރާޅެއްގައި ޖެހި މާސިންގާ މޫދަށް ދަމާލި ޙާދިސާއެވެ.

އެ ޙާދިސާގައި ގެއްލުނު ގޮތަށް، މިއަދާ ހަމައަށް ވެސް ނައީޝް ފެނިފައިނުވާއިރު، އެކަމުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވީ ނައީޝް ހޯދުމުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރާތީއެވެ.

ޑޯނިއާ އަކީ އެކަމަށް ޙާއްސަކޮށް ގެނައި ބޯޓަކަށް ވާއިރު، ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެކެވެ. އެކަން ހަމަ ސަރުކާރަށް ވެސް އިނގޭނެއެވެ.

އެހެން ނަމަވެސް "އީގޯ"ގައި ހިފަހައްޓައިގެން، އެ އޮޕަރޭޝަނުގައި ބޭނުން ކުރީ އައްޑޫގައި ހުންނަ އޭވިއޭޝަން ސްކޫލުގެ މަތިންދާ ބޯޓުތަކެކެވެ. ނަތީޖާއަކަށް ވީ، އެ އޮޕަރޭޝަން ފަށަން ވަރަށް ވަގުތު ދިޔުމެވެ.

އެއާއެކު އެންމެ ފަހު ވަގުތު ސަރުކާރުން ބޭނުންވީ، އެ ހާދިސާއާ ގުޅިގެން ޑޯނިއާ ބޭނުން ނުކުރުމަށް ސާރުކާރުން އަންގާފައިނުވާނެ ކަމަށް ބުނެ، އޭރު ސަރުކާރުން މައްސަލަ އޮއްބާލަންށެވެ. އެހެން ނަމަވެސް އެކަމެއް އާންމުންނެއް ގަބޫލެއް ނުކުރިއެވެ.

ދެވަނަ ހާދިސާއެވެ. ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހޮނިހިރު ދުވަހުއެވެ. އާންމުކޮށް އެމަޖެންސީ ޙާލަތްތަކުގައި ރާއްޖޭގެ އެހެން ރަށްތަކުން މައިރަށް މާލެއަށް ބަލި މީހުން އުފުލަނީ ކޮމާޝަލް ފްލައިޓްތަކުގެ އިތުރުން، ޑޯނިއާ އަދި ހެލިކޮޕްޓަރެވެ. ވަރަށް ބޮޑު އެމަޖެންސީއެއްގައި ނަމަ، ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކޮށްފައި އެބަ ހުއްޓެވެ.

އެހެން ނަމަވެސް، މި ހާދިސާގައި ކަންހިނގި ގޮތަށް ބަލާއިރު، ސިކުނޑީގައި ޓިއުމަރެއް ހުރި، ސްޓްރޯކެއް ޖެހުމުގެ ސަބަބުން އިތުރަށް ހާލު ދެރަވި ކުއްޖަކު، ބުދަ ދުވަހުގެ ރޭ މާލެ ގެނަމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ކޮމާޝަލް ފްލައިޓެއްގައި އެ ކުއްޖާ ގެނައުމުގެ މަސައްކަތް އާއިލާއިން ފެށި ނަމަވެސް، އެކަމެއް ކާމިޔާބުވާ ގޮތެއް ނުވުމާއެކު، ދެން ފެށީ އެއާ އެމްބިއުލާންސް މެދުވެރިކޮށް އެކަން ކުރުމަށެވެ.

އެހެން ނަމަވެސް، އެއާ އެމްބިއުލާންގެ ގޮތުގައި ބޭނުން ކުރި ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކުރުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓުވާފައި އޮތުމާއެކު އެކަން ވެސް ކުރެވޭނެ މަގެއް ނުވިއެވެ. އެމަޖެންސީ ޙާލަތުގައި އޮތް އެކުއްޖާ އެންމެ ފަހުން މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެވެ. އެއީ އެ ކުއްޖާގެ ޙާލު ދެރަވެ، އެމަޖެންސީގައި މާލެ ގެންދިޔުމަށް މަސައްކަތް ފެށިތާ ގާތްގަޑަކަށް 16 ގަޑިއިރު ފަހުންނެވެ. މިއީ ކިހާ ހިތާމަވެރި ކަމެއްތޯއެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއި އިންޑިޔާގެ ސަރުކާރާ ޖެހުނު މައްސަލައެއްގައި، މިއަދު އޭގެ ހުރިހާ ތަހައްމަލެއް ކުރަން ޖެހެނީ ދިވެހީންނެވެ. މިއަދު މި ފެންނަނީ އެ މަންޒަރެވެ. ދިވެހީންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްދޭން ކަމަށް ބުނެ ވަޑައިގެންނެވި ބޭފުޅުން، "އީގޯ"ގައި ޖެހި ހަނާވަނީ ދިވެހީންނެވެ. ބަލި ހާލުގައި، ބަލި ދާނުގައި ގޮތެއް ނެތިފައި އޮންނަން ޖެހެނީ ދިވެހީންނެވެ. މާ ކަނޑަށް ގެއްލުނީމާ ސަރުކާރުން ބޭނުންވާ އިރަކު ހޯދަން ފެށުމުން، އޭގެ ހިތި އަދާ ކުރަން ޖެހެނީ ދިވެހީންނެވެ. މިއީ މިއަދު ދިވެހީންނަށް ހައްގު މިންވަރުތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

01 މާރިޗު 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

28 ނޮވެމްބަރު 2017
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު