Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޒިބްރާ މަސް

އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

ޒީބްރާފިޝްއަކީ މިދިޔަ 20 އަހަރު ދުވަހަށް ބެލި ކަމުގައި ވީ ނަމަވެސް، ދިރޭތަކެތީގެ ދިރާސާތަކުގެ މުހިންމު ހިއްސާދާރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2024 | ހުކުރު 11:34
ޒިބްރާ މަހަކީ އިންސާނުންނަށް ޖެހޭ ކެންސަރު ފަދަ ބަލިތަކުގެ ވަނަވަރަށް ވާސިލު ކޮށްދޭނެ ތަޅުދަނޑިކަމަށް ސައެންސްވެރިން އުންމީދު ކުރޭ

ޒިބްރާ މަހަކީ އިންސާނުންނަށް ޖެހޭ ކެންސަރު ފަދަ ބަލިތަކުގެ ވަނަވަރަށް ވާސިލު ކޮށްދޭނެ ތަޅުދަނޑިކަމަށް ސައެންސްވެރިން އުންމީދު ކުރޭ

ދިވެހި ވެއްޓާ ތަންކޮޅެއް ދުރަށް ޖެހިލަމާ ހިނގާށެވެ. ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައި ހިނގަމުންދާ ކަމެއް ކަމުގައި ވީ ނަމަވެސް، އެ ކަމުގެ ފައިދާ އަހަރެމެންނާ ހިސާބަށް ކޮންމެވެސް ދުވަހަކުން ފޯރުން އެކަށީގެންވެއެވެ. ދައްކަން މި އުޅެނީ ސްވީޑަންގެ ސްޓޮކްހޯމްގައި ހިންގާ އާދަޔާ ޚިލާފު ފެސިލިޓީއެއްގެ ވާހަކައެވެ. އެ ފެސިލިޓީގައި ސައެންސްވެރިން ދަނީ ނުލާއި ރިހި ކުލައިގެ ޒީބްރާފިޝްއޭ ކިއާ ޒާތުގެ އެތައް ހާސް މަހެއް ދިރުވާ، ޢާލާކޮށް، ކާންދީ، ބަލަހައްޓަމުންނެވެ. ސައެންސްވެރިންތަކެއް މިފަދަ ކަމެއް ކުރުމުގެ ފަހަތުގައި ކޮންމެވެސް މުހިންމު ބޭނުމެއް އޮންނާނެތާއެވެ.

ބަރިބަރިއަށް އަތުރާލާފައި ވާ ޓޭންކުތަކުގައި ދިރިއުޅެމުން އެ ދާ މަސްތަކަކީ، އިންސާނުންނަށް ޖެހޭ ކެންސަރު ފަދަ ބަލިތަކުގެ ވަނަވަރަށް ވާސިލު ކޮށްދޭނެ ތަޅުދަނޑިކަމަށް ސައެންސްވެރިން އުންމީދު ކުރެއެވެ. ކަރޮލިންކްސާ އިންސްޓިޓިއުޓްގެ ޒީބްރާފިޝް ކޯރ ފެސިލިޓީގައި މިވަގުތު 20000 އެއްހާ ޒީބްރާފިޝް ބަލަހައްޓަމުން އެބަ ދެއެވެ. އެ މަސްތަކަކީ ފެސިލިޓީގައި ތިބި ދިރާސާ ޓީމުތަކަށާއި، ފެސިލިޓީއިން ބޭރުގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދޭ މަސްތަކެކެވެ.

ޒީބްރާފިޝް ކޯރ ފެސިލިޓީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ލަރްޝް ބްރިތިޣަމް ފާހަގަ ކުރި ގޮތުގައި، ސައިޒުގެ ގޮތުން ކިތަންމެ ކުޑަވި ކަމުގައި ވީ ނަމަވެސް، ޒީބްރާފިޝްއަކީ މިދިޔަ 20 އަހަރު ދުވަހަށް ބެލި ކަމުގައި ވީ ނަމަވެސް، ދިރޭތަކެތީގެ ދިރާސާތަކުގެ މުހިންމު ހިއްސާދާރެކެވެ.

ދިރާސާ ކުރިއަށް ގެންދިއުމުގައި ޒީބްރާފިޝްއަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދީފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަލުވި ދުވެއްޔެއްގައި ދިރުވާ، ޢާލާ ކުރެވުމާއި، އާބާދީގެ ބޮޑު ކަމީވެސް ބައެއް ސަބަބުތަކެވެ. އަދި ޒީބްރާފިޝްއަކީ ބިހުން ނުކުންނަ ހިސާބުން ފިސާރި އަވަހަށް ހެދިބޮޑުވަމުން ދާ މަހެއްވެސްމެއެވެ. 5 ވަރަކަށް ދުވަހުގެ ތެރޭގައި ފަތަންވެސް ދަސްކޮށްލައެވެ. މަހުގެ ޅަފަތުގެ ދުވަސްވަރު، އެ މަހަކީ އެތެރެ ވަރަށް ސާފުކޮށް ފެންނަން އޮންނަ މަހެކެވެ. އަދި މައި މަހުގެ ބަޑުން ބޭރުގައި ބިސް ފޯދެމުންދާ ދިއުމުގެ ސަބަބުން، އެންމެ ޅަފަތުގެ ދުވަސްވަރުގެ ދިރާސާތައް ކުރަންވެސް އެހީއަށް ވެއެވެ.

ޒީބްރާފިޝްއަކީ އެތައް ވަގުތެއް ހޭދަވާ ޞިއްޙީ ދިރާސާތަކަށް ހޭދަ ކުރަން ޖެހޭ ވަގުތު ކުޑަކޮށްދިނުމަށްވެސް އޮތް ތަނަވަސް މަގެއްކަން ލަރްޝް ބްރިތިޣަމްގެ ވާހަކަތަކުން އެނގުނެވެ.

ސްޓޮކްހޯމްގައި ޒީބްރާފިޝްތައް ބޭނުން ކޮށްގެން ދިރާސާތައް ކުރިއަށް ގެންދާ ފެސިލިޓީއަކީ އާދައިގެ ފެސިލިޓީއެއް ނޫނެވެ. އެއީ ނޯޑިކް ޤައުމުތަކަށް ބަލާއިރުވެސް އެންމެ ބޮޑު ފެސިލިޓީއެވެ. އެ ފެސިލިޓީގައި ބަހައްޓާފައި ހުރި ޓޭންކުތަކުގައި ހަރުކޮށްފައިވާ ބާރ ކޯޑްތައް ސްކޭން ކުރަނީ ރޮބޮޓެއްގެ އެހީގައެވެ. އެއަށްފަހު އޮޓަމެޓިކުން މަސްތަކަށް ކާން ދެވެއެވެ. ޒީބްރާފިޝް ނުވަތަ ޒިބްރާ ޑެނިއޯއަކީ ދިރާސާގެ މައިދާނުގައި މުހިންމު މަސްދަރަކަށް މިއަދު އޮތީ ވެފައެވެ. އެއް ސަބަބަކީ މީދަލަށް ވުރެ ޚަރަދު ގޮތުން ލުއި ލިބުމެވެ. އަދި ޢުމުރުގެ ކުރު ކަމީވެސް ސަބަބެކެވެ.

ޒީބްރާފިޝްއަކީ ޢިލްމީ އެކި ދިރާސާތަކުގައި ފުދޭ ވަރަކަށް ތަޖުރިބާ ކުރަމުން އަންނަ މަހުގެ ބާވަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ

މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ

09 މެއި 2018
ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ

ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ

25 އެޕްރީލު 2018
އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

03 ފެބުރުއަރީ 2018
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު