Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކެންސަރު

3 ވައްތަރެއްގެ ކެންސަރަށް ދެމުންދާ ވަރުގަދަ ފަރުވާތައް ދޫކޮށްލުމުގެ ފައިދާތައް އިންތިހާ!

ކެންސަރު ޖެހިފައޭ ބުނާ އަޑު އަހަން އެންމެ ގިނަ ބަޔަކު ޖެހިލުންވާ އެއް ސަބަބަކީ، އެއީ މަރު ބައްޔެއް ކަމަށް ހީވެފައި އޮންނަ އޮތުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖޫން 2024 | ބުދަ 10:06
ފާއިތުވި 30 އަކަށް އަހަރަށް ބަލާއިރު، ކެންސަރާ ގުޅުންހުރި ދިރާސާތަކުގެ މިސްރާބު ހުރީ، ވީހާވެސް ގިނަ ކަންތައްތަކެއް ކޮށްގެން ފަރުވާއެއް ހޯދުމާ ދިމާއަށް

ފާއިތުވި 30 އަކަށް އަހަރަށް ބަލާއިރު، ކެންސަރާ ގުޅުންހުރި ދިރާސާތަކުގެ މިސްރާބު ހުރީ، ވީހާވެސް ގިނަ ކަންތައްތަކެއް ކޮށްގެން ފަރުވާއެއް ހޯދުމާ ދިމާއަށް

އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް ބަލި ވާނެ މީހެކެވެ. ކިރިއާ ބައްޔެއް ވެލިއަސް ޑޮކްޓަރީ ލަފާ ހޯދާ މީހުންނާއި އެ ނޫން މީހުން އުޅެއެވެ. މާ ބޮޑު ކަމަކަށް ނުހަދާ ހުންނަ ބައެއް ކަހަލަ އުނދަގޫތަކުގެ ވޭން ބޮޑުވެގެން ޑޮކްޓަރަށް ދައްކާ މީހުންވެސް އުޅެއެވެ. ކަމެއްގެ ކުޑަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކާ މީހުން އުޅެއެވެ. މިއިން ކޮންމެ މިހަކަށްވެސް އަހަން އެންމެ ދަތި އެއް ޚަބަރަކަށް ވަނީ، ހަށިގަނޑުގެ ކޮންމެވެސް ހިސާބަކަށް ނުވަތަ މުޅި ހަށިގަނޑަށް ކެންސަރު ޖެހިފައި ވާ ކަމަށް ޑޮކްޓަރު ދޭ ޚަބަރެވެ. ކިތަންމެ ތައްޔާރުވެގެން ހުރި ކަމުގައި ވީ ނަމަވެސް، އެއީ އަހަން ފަސޭހަ އަޑެއް ނޫނެވެ. ޚުދު ތިމާއަށް އެކަންޏެއް ނޫނެވެ. ތިމާއަށް ހެޔޮ އެދޭ ހަމަ ކޮންމެ މީހަކަށްވެސްމެއެވެ.

ކެންސަރު ޖެހިފައޭ ބުނާ އަޑު އަހަން އެންމެ ގިނަ ބަޔަކު ޖެހިލުންވާ އެއް ސަބަބަކީ، އެއީ މަރު ބައްޔެއް ކަމަށް ހީވެފައި އޮންނަ އޮތުމެވެ. ނަމަވެސް، އެއީ މުޅިއަކުން އެހެން އޮތް ކަމެކޭވެސް ބުނެވޭކަށް ނެތެވެ. އެއްވެސް މީހަކަށް އޭނާގެ ނުވަތަ އެހެން އެއްވެސް މީހެއްގެ އަޖަލު ޖެހޭނެ ވަގުތު ބުނާކަށް ނޭނގޭނެއެވެ. އުންމީދު ކަނޑާލާ އެތައް ޕޭޝަންޓުންނެއް، މިހާރުވެސް ހެޔޮ ހާލުގައި އެބަ ތިއްބެވެ. ކެންސަރަށް ޕޮޒިޓިވް ވާ ހިސާބުން އެ މީހެއްގެ ހަޔާތަށް ބޮޑު ބަދަލުތަކެއް ގެންނަން މަޖުބޫރުވެއެވެ. އަހަރެމެންގެ މި ރާއްޖެ ކަހަލަ ޤައުމެއްގައި ހުރިހާ ފަރުވާއަކާ ޚިދުމަތެއް ލިބެން ނެތް ކަމީވެސް މާޔޫސްކޮށްލަނިވި ކަމެކެވެ. ލޯބިވާ މައިންބަފައިންނާއި އަނބިދަރިންނާއި އެކުވެރިން ދޫކޮށް، ބިދޭސީންތަކެއްގެ ގާތަށް ފަރުވާއަށް ދާން ޖެހެނީ، އެނބުރި އާދެވޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ނިވެމުންދާ ހާލުގައެވެ. ކެންސަރު ބައްޔަށް ދޭ އަދުގެ ފަރުވާތައް ބައްޓަން ކޮށްފައި އޮންނަ ގޮތުން، ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ގޮތުންވެސް ދިރިއުޅުން ބަދަލުކޮށްލައެވެ. ނަމަވެސް، ދާދި ފަހުން ހެދި ދިރާސާއަކުން، އެކަން ބަދަލުވެދާނެ ކަމުގެ އުޖާލާ އިޝާރާތެއް ވަނީ ލިބިފައެވެ.

ދައްކަން މި އުޅެނީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކެންސަރ ކޮންފަރެންސްގައި އާންމު ކުރި ރިޕޯޓެއްގެ ވާހަކައެވެ. އެ ރިޕޯޓް ބުނާ ގޮތުގައި، 3 ވައްތަރެއްގެ ކެންސަރު ޖެހޭ މީހުންނަށް ދޭ ފަރުވާ ލުއިކޮށްލުމުގެ ސަބަބުން، ނަތީޖާއަށް ނޭދެވޭ އަސަރެއް ނުފޯރާ ގޮތަށް، ޕޭޝަންޓުގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ހޯދައިދެވެއެވެ. އެ ރިޕޯޓަކީ، ސަރޖަރީ މަދު ކުރުމާއި، ކީމޯތެރަޕީ މަދު ކުރުމާއި، ރޭޑިއޭޝަން މަދު ކުރުމަކީ، ޕޭޝަންޓުންގެ އާންމު އިޙްސާސްތައް ހެޔޮ ފާލަކަށް އަޅުވައިދީ، ޢުމުރު ދިގުކޮށްދެނިވި ކަމެއްތޯ ބެލުމަށް ކުރިއަށް ގެންދާ ދިރާސާގެ ބައެއްގެ ގޮތުގައި އެކުލަވާލި ރިޕޯޓެކެވެ. އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، މި ދެންނެވި 3 ވައްތަރުގެ ކެންސަރަކީ، އޯވަރީގެ ކެންސަރު، ކާތަކެތި ދަތުރުކުރާ ހޮޅި (އީސޮފަގަސް) ކެންސަރު އަދި ދިފާޢީ ނިޒާމުގެ ބައެއް ކަމަށްވާ ލިމްފް ނިޒާމުގައި އުފެދޭ ކެންސަރު ނުވަތަ، ހޮޖްކިން ލިމްފޯމާއެވެ.

ފާއިތުވި 30 އަކަށް އަހަރަށް ބަލާއިރު، ކެންސަރާ ގުޅުންހުރި ދިރާސާތަކުގެ މިޞްރާބު ހުރީ، ވީހާވެސް ގިނަ ކަންތައްތަކެއް ކޮށްގެން ފަރުވާއެއް ހޯދުމާ ދިމާއަށެވެ. މާ ބޮޑު ކަމެއް ނުކޮށް، ދިރިއުޅުން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމާ ދިމާއަކަށް ނޫނެވެ. ކުޑަކުޑަ މިސާލަކަށް ބަލާއިރު، އުރަމަތީގެ ކެންސަރުގެ ސީރިއަސް މަރުހަލާގައިވާ އެތައް އަންހެނުންނެއް މަރުގެ ތުންފަތްމައްޗަށް ވައްޓާލީވެސް ހަމަ މި ސަބަބާ ހެދިއެވެ. ކީމޯ ޑޯޒްތައް އިންތިހާއަށް ދެމުން، ބޯންމެރޯ ޓްރާންސްޕްލާންޓް އޮޕަރޭޝަންތައްވެސް ކުރިއެވެ. ނަމަވެސް އެއީ ފޮނި ނަތީޖާއެއް ދެއްކި ކަމަކަށް ނުވިއެވެ. ހުރިހާ ތަކުލީފެއް އުފުލަން ޖެހުނީ ކެންސަރު ބަލީގެ ވޭން އުފުލަމުން ދިޔަ ޕޭޝަންޓުންނަށެވެ.

ކެންސަރަށް އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިކަން ދެނެގަތުމަށް ކުރާ މަސައްކަތުގައި ދިރާސާވެރިން މިހާރު ސުވާލު ކުރަމުންދަނީ "މާޒީގައި ބޭނުންކުރި އެ ހުރިހާ ފަރުވާއެއް ބޭނުންވޭތޯ؟" އެވެ.

ކެއިޒަރ ޕަރމަނެންޓޭ ނޭޝަނަލް ކެންސަރ އެކްސެލަންސް ޕްރޮގްރާމްގެ މެޑިކަލް ޑައިރެކްޓަރ، ޑރ ތަތުޖާނާ ކޮލެވްސްކާ ވިދާޅުވި ގޮތުގައި، އެ ސުވާލަކީ ތަކުރާރުކޮށް، އެތައް ފަހަރަކު ކުރަން ޖެހޭ ސުވާލެއް ކަމަށެވެ. ޑރ ކޮލެވްސްކާއަކީ، އަލަށް އެކުލަވާނި ދިރާސާގެ ބައިވެރިއެއް ނޫންކަން ފާހަގަ ކުރަން ޖެހެއެވެ. ކެންސަރަށް ފަރުވާ ހޯދަމުންދާ ޕޭޝަންޓުންނަށް މި ވަގުތު އެންމެ ފައިދާ ބޮޑު އެއް ގޮތަކީ، ފަރުވާގެ ތަކުލީފުތައް ވީހާވެސް މަދު ކުރުމެވެ. ސަބަބަކީ، ބައްޔާ ގުޅިގެން ދޭ ޑޮކްޓަރީ ބޭސްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވުމެވެ.

ޖޯންސް ހޮޕްކިންސް ސްކޫލް އޮފް މެޑިސިންގެ ޑރ ވިލިއަމް ޖީ ނެލްސަންއަކީވެސް ދިރާސާގެ ބައިވެރިއެއް ނޫނެވެ. ޑރ ނެލްސަން ވިދާޅުވާ ގޮތުގައި، އެފަދަ ގޮތަކަށް ކެންސަރަށް ފަރުވާ ދިނުމުން ފާހަގަ ކުރެވޭ ނަތީޖާއެއް ފެންނަނީ އެކަންޏެއް ނޫނެވެ. އެފަދަ ގޮތަކަށް ފަރުވާ ބައްޓަން ކުރުމަކީ، ބަލީގެ ވޭން އުފުލަމުން ދާ މީހާއަށްވެސް ފަރުވާގެ ސަބަބުން އުފުލަން ޖެހޭ ވޭން ކުޑަކޮށްދޭ ކަމެއް ކަން ޑރ ނެލްސަން ފާހަގަ ކުރެއްވިއެވެ.

ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަނީ ﷲ އެވެ. އަހަރެމެންނަށް އޮތީ ދުޅަހެޔޮ ޞިއްޙަތެއްގައި ލެއްވުން އެދި އެކަލާންގެއަށް ދުޢާ ދެންނެވުމެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމަށް މަސައްކަތް ކުރުމެވެ. ބައްޔެއް ޖެހޭ ހިސާބުން އުންމީދު ކަނޑާ ލުމުގެ ބަދަލުގައި، އުޚްރަވީ ޙަޔާތުގައިވެސް ބާއްޖަވެރިކަން ލިބޭނެ ގޮތަށް ދިރިއުޅުމައިގެން ކުރިއަށް ދާން ޢަޒުމް ވަރުގަދަ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

11 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

07 ޖޫން 2022
ފަލަވަންޏާ ކެންސަރަށް ވިސްނަން ޖެހޭ

ފަލަވަންޏާ ކެންސަރަށް ވިސްނަން ޖެހޭ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު