Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތެލުގެ އަގު

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު، ތެލުގެ ބާޒާރަށް ކުރާނެ ކަމަކަށް ނުބެލެވޭ!

19 ޖެނުއަރީ 2024 | ހުކުރު 11:17

މި އަހަރަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ހަމަޖެހުމެއްގެ ތެރޭގައި ހޭދަވެގެންދާނެ އަހަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ޖެނުއަރީ 2024 | ހުކުރު 11:17
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު، ތެލުގެ ބާޒާރަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނޭ

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު، ތެލުގެ ބާޒާރަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނޭ

ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ލޮޅުންތައް ދުނިޔޭގެ އެހެން ހިސާބުތަކަށް ފޯރާނެ ކަމުގެ އިންޒާރުގެ ރަނގަބީލު ޖަހަމުން ދަނިކޮށް ފެނިގެން ދިޔަ އެއް މަންޒަރަކީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިވާން ފެށި މަންޒަރެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މުދާ އުފުލާ މައި ކަނޑުމަގުތަކާއި ކަނޑުއޮޅިތަކަކީ މެދުއިރުމަތީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރަޙައްދުތަކެކެވެ.

އިޒްރޭލުގެ ޤަތުލުޢާންމުގައި ފާޅުގައި ނިރުބަވެރިންނަށް އެއްބާރުލުން ދެމުންދާ އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ދިދަ ޖަހާފައިވާ ބޮޑެތި ބޯޓު ފަހަރަށް މެދުއިރުމަތީގައި ޖަމާޢަތްތަކުން ޙަމަލާ ދޭން ފެށުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ފެށިއެވެ. މެދުއިރުމައްޗަކީ ވަކިން ޚާއްޞަކޮށް ތެލުގެ ސަޕްލައިގެ ބޮޑު ކޮންޓްރޯލެއް އޮންނަ ސަރަޙައްދަކަށް ވާ އިރު، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކާ މެދު އެތައް ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

ކަން އެހެން އޮތް ނަމަވެސް، ތެލުގެ ސަޕްލައި އުފުލެމުން ދިއުމާއި، ތެލަށް އޮންނަ ޑިމާންޑް މަޑުޖެހިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، މި އަހަރަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ހަމަޖެހުމެއްގެ ތެރޭގައި ހޭދަވެގެންދާނެ އަހަރެއް ކަމަށް، ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއީއޭ)ގެ އެގްޒެކެޓިވް ޑައިރެކްޓަރ ފާތިހު ބިރޯލް ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދީ ބައްދަލުވުންތައް ކުރިއަށް ދާ ވަރލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ ހަވާސާގައި ރޮއިޓަރޒްއާ ވާހަކަދައްކަވަމުން ބިރޯލް ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި އިންތިހާއަށް ވަރުގަދަ ކޯޅުންގަނޑެއް ނުހިނގާ ކަމުގައި ވާނަމަ، މި އަހަރަކީ ތެލުގެ ބާޒާރު ހަމަޖެހިފައި އޮންނާނެ އަހަރެއް ކަމަށެވެ.

މި ދުވަސްވަރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ތެލަށް އޮންނަ ޑިމާންޑް ދަށް ވަމުން ދާ ދުވަސްވަރަކަށް ވީ ނަމަވެސް، އެމެރިކާ، ކެނެޑާ، ބްރެޒީލް އަދި ގަޔާނާ ފަދަ ޤައުމުތަކުން މިއަހަރު ތެޔޮ އުފައްދާ މިންވަރު، ބޮޑު ތަނުން އިތުރު ކުރާނެ ކަމަށް އައިއީއޭއަށް ލަފާ ކުރެވޭ ކަމަށްވެސް ބިރޯލް ވަނީ ފާހަގަ ކުރައްވާފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ޙޫޘީންގެ ޙަމަލާތައް، ރެޑް ސީ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒު ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުދާ އުފުލާ ގިނަ ކުންފުނިތަކަކުން ވަނީ، އެ ކުންފުނިތަކުގެ ދަތުރުގެ ރާސްތާ، އެފްރިކާ ބައްރު ވަށާ ދާ ގޮތަށް ބަދަލު ކޮށްފައެވެ. އެއާއެކު ދަތުރަށް ހޭދަވާ ވަގުތު އިތުރުވެ، އަގުތައްވެސް އުފުލެއެވެ.

ރެޑް ސީ ސަރަޙައްދުގެ ދަތުރުތަކަށް ބުރޫ އެރި ކަމުގައި ވީ ނަމަވެސް، ތެލުގެ އުފެއްދުންތެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާފައި ނުވާ ކަން ބިރޯލް ފާހަގަ ކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ތެޔޮ އުފައްދާ ވަރަށް ވަރުގަދަ ޤައުމެއް ނުވަތަ ޤައުމުތަކަކުން ކޯޅުންގަނޑެއްގެ ތެރެއަށް ނުވަންނަހާ ހިނދަކު، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބިރޯލް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ޤައުމުތަކުގެ ބާޒާރުތަކުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިންފްލޭޝަން ރޭޓު އުފުލެމުން ދާ ދުވަސްވަރަކަށް ވާ އިރު، މެދު މިންވަރެއްގައި ހިފަހައްޓާލެވޭ ތެލުގެ އަގުތަކުގެ ސަބަބުން، އިޤްތިޞާދީ ކުރިއެރުމަށް ހެވެއް އޮންނާނެ ކަން ބިރޯލް ވަނީ ފާހަގަ ކުރައްވާފައެވެ.

އައިއީއޭއިން އަންދާޒާ ކުރާ ގޮތުގައި މިހިނގާ 2024 ވަނަ އަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑުން ދުވާލެއްގެ މައްޗަށް އިތުރު ވާނީ 1.1 މިލިއަން ފީފާއެވެ. އޯޕެކް ނޫން ޤައުމުތަކުން ސަޕްލައި ކުރާ ތެލުގެ މިންވަރު، ދުވާލެއްގެ މައްޗަށް 1.2 މިލިއަންއަށް 2025 ވަނަ އަހަރު އިތުރު ވާނެ ކަމަށްވެސް އައިއީއޭއިން އަންދާޒާ ކުރެއެވެ.

އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 2.25 މިލިއަން ފީފާގެ ތެލަށް ބައިނަލްއަޤުވާމީ ބާޒާރުން ޑިމާންޑް ކުރާނެއެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2020

ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!

15 އެޕްރީލު 2020
ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!
05 ޖެނުއަރީ 2020

ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި

05 ޖެނުއަރީ 2020
ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި
27 ސެޕްޓެމްބަރު 2019

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު
27 އެޕްރީލު 2019

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20 އެޕްރީލު 2019

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

20 އެޕްރީލު 2019
މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
08 ފެބުރުއަރީ 2018

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
17 ޑިސެމްބަރު 2017

އިހަވަންދޫ ގިޑިގެތަކުން ސަރުކާރަށް ވަރަށް އަސަރުކޮށްފި!

17 ޑިސެމްބަރު 2017
އިހަވަންދޫ ގިޑިގެތަކުން ސަރުކާރަށް ވަރަށް އަސަރުކޮށްފި!
25 ނޮވެމްބަރު 2017

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް
03 ސެޕްޓެމްބަރު 2017

ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!

03 ސެޕްޓެމްބަރު 2017
ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް