Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެލުގެ އަގު

ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރުން، 150 ޑޮލަރަށް އުފުލިދާނެ

11 ނޮވެމްބަރު 2023 | ހޮނިހިރު 03:43

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 6-8 މިލިއަން ފީފާއަށް މަދުވާނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 11 ނޮވެމްބަރު 2023 | ހޮނިހިރު 03:43
ސައޫދީގެ ތެޔޮ ބަނދަރު

ސައޫދީގެ ތެޔޮ ބަނދަރު

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ދިގުލައިގެން ގޮސް، މެދު އިރުމަތީގެ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިނގައިދާނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އިސްރާއީލުގެ ޖަރީމާތަކުގެ ސަބަބުން ދިމާވެދާނެ އިގުތިސާދީ ނުރައްކާތަކާ ބެހޭގޮތުން ވޯލްޑް ބޭންކުން ނެރުނު އެސެސްމެންޓް ރިޕޯޓުގައި ވަނީ، ތެލުގެ އަގަށް އަތުވެދާނެ ބަދަލުގެ މައްޗަށް އިޝާރާތްކޮށްފައެވެ.

އެގޮތުން އެ ބޭންކުން ލަފާކުރާ ގޮތުގައި އެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި، ދުވާލަކަށް 6 މިލިއަން ފީފާއާއާ 8 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް މަދުވާނެއެވެ.

މިހެން މިކަން ހިނގައިފިނަމަ، އެ ބޭންކުން ލަފާކުރާގޮތުގައި އެއީ ދުނިޔޭގައި މިހާތަނަށް ތެލުގެ އަގު މައްޗަށް ނުދާނެ ވަރަށް ދާނެ ހާލަތެކެވެ. އެގޮތުން މިހާރުގެ އަގާ އަޅާބަލާއިރު 75 އިންސައްތައަށް ތެލުގެ އަގު ބޮޑުވާނެކަމަށް އެ ބޭންކުން ލަފާކުރެއެވެ.

ދުނިޔޭގައި މިހާތަނަށް ތެލުގެ އަގު އެންމެ މައްޗަށް ރިކޯޑު ކުރެވިފައިވަނީ 2008 ވަނަ އަހަރުއެވެ. އެ އަހަރު ފީފާއެއް 147 ޑޮލަރަށް އެރިކަން ފާހަގަކުރަމުން ވޯލްޑް ބޭންކުން ބުނީ، މި އަހަރު އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެ ހާލަތު ވެގެންދާނީ، 1970 ވަނަ އަހަރުތަކުގެ ތެރޭގައި ދިމާވި ތެލުގެ ހާލަތާ އެއްފަދަ ހާލަތަކަށް ކަމަށެވެ.

މި ރިޕޯޓުގައި، 1970ގެ އަހަރުތަކުން ފެށިގެން ސަރަހައްދީ ހަމަނުޖެހުންތައް ހިމެނޭ ތިން ހާލަތެއްގެ މައްޗަށް ބިނާކޮށް ތިން ރިސްކް ސިނާރިއޯއެއް ފާހަގަކޮށްފައިވާއިރު، އޭގެ ވަރުގަދަކަމާއި އޭގެ ނަތީޖާތައް ގޯސްވަމުންދާކަން އެ ރިޕޯޓުގައި ވެއެވެ.

އެގޮތުން 2011 ވަނަ އަހަރު ލީބިޔާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ދުވާލަކު ގާތްގަނޑަކަށް ފަސް ލައްކަ ފީފާއާ 2 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް ތެލުގެ އުފެއްދުން ދަށްވުމުގެ ސަބަބުން، ތެލުގެ އަގު 93 ޑޮލަރާ 102 ޑޮލަރާ ދެމެދުގެ އަދަދަކަށް ބޮޑުވިކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، 2003 ވަނަ އަހަރު އިރާގު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 3 މިލިއަން ފީފާއާ 5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް މަދުވުމުގެ ސަބަބުން، ފީފާއެއްގެ އަގު 109 ޑޮލަރާ 121 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލުނުކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލަތާއް ދިގުލައިގެން ހިނގައްޖެނަމަ، އެފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތްއިރު، ތެލުގެ އަގު ބޮޑުވުމަކީ ކާބޯތަކެތީގެ އަގު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖޫން 2017

ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

14 ޖޫން 2017
 ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް