Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެސިޓީ ކައުންސިލް

ސިޓީ ކައުންސިލުގެ ބޮޑެތި ޕްރޮޖެކްޓްތައް ސަރުކާރުގެ ދަށަށް ބަދަލުކުރުމުގައި ގޯހެއް ނެތް - އެލްޖީއޭ

18 ޖެނުއަރީ 2024 | ބުރާސްފަތި 10:07

ކައުންސިލްގެ މަސްޢޫލިއްޔަަތުތަކުގެ ތެރޭގައި ވެސް ބޮޑެތި މަޝްރޫޢުތައް ހިންގުން ނުހިމެނޭކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖެނުއަރީ 2024 | ބުރާސްފަތި 10:07
އެލްޖީއޭ

އެލްޖީއޭ

ސިޓީ ކައުންސިލުގެ ބޮޑެތި ޕްރޮޖެކްޓްތައް ސަރުކާރުގެ ދަށަށް ބަދަލުކުރުމުގައި ގޯހެއް ނެތް ކަމަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ޑރ. ޒުލްފާ ވިދާޅުވީ އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން އެކްސްގައި ޕޯސްޓްކުރެއްވި ނަމަވެސް، އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް އެއްގޮތަކަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ މާލެ ސިޓީ ކައުންސިލްގެ ބޯޑަކީ ކައުންސިލްގެ އަމިއްލަ ނިންމުންތައް ނިންމުމުގެ އިޚްތިޔާރު އޮންނަ ބޯޑަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ބޯޑުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ލަފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އެ ނިންމުމުގައި މައްސަލަ އެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަަމަށް ޑރ. ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީގައި ލާމަރުކަޒީ ބާބުގައި ކައުންސިލްގެ މަސްޢޫލިއްޔަަތުތަކުގެ ތެރޭގައި ވެސް ބޮޑެތި މަޝްރޫޢުތައް ހިންގުން ނުހިމެނޭކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޢާދަމް އާޒިމް، މޭޔަރު ކަމުގެ ހުވާކުރެއްވުމުގެ ކުރިން މާލެ ސިޓީ ކައުންސިލުން ހިންގަމުންދިޔަ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކުރީ ސަރުކާރު ހިންގާ ޕީޕީއެމް އަދި ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް އިންފްރާސްޓްރަކްޗާ ވުޒާރާގެ ދަށަށް ބަދަލުކުރުމަށެވެ. އެ ހުށަހެޅުމާއި އެއްގޮތަށް ބަދަލުކުރަން ނިންމާފައިވަނީ ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަޝްރޫއުއެވެ. ބުދަ ދުވަހުގެ އެޖެންޑާގައި އޮތީ އެ މައްސަލައާ މެދު މަޝްވަރާކުރުމެވެ. އެހެން ނަމަވެސް އެ އެޖެންޑާއާ ޚިލާފަށް އެކަން ނިންމާފައިވަނީ ޕީއެންސީ-ޕީޕީއެމްގެ މެޖޯރިިޓީގެ ބޭނުން ހިފައިގެންނެވެ.

ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ޢާދަމް އާޒިމު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މި އަންނަ ހޯމަ ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމާފައިވަނިކޮށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް