Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީއަށް ފާޑުކިޔުން

ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން ބޭނުންކޮށްފައިވާ ބަހުރުވައަށް އާންމުގެ ފާޑުކިޔުން

މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖެނުއަރީ 2024 | ބުދަ 12:08
އެމްއެމްޕީއާރްސީ ވެބްސައިޓްގައި ލިޔެފައިވާ ޚަބަރުގެ ސްކްރީން ޝޮޓެއް

އެމްއެމްޕީއާރްސީ ވެބްސައިޓްގައި ލިޔެފައިވާ ޚަބަރުގެ ސްކްރީން ޝޮޓެއް

ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން ބޭނުންކޮށްފައިވާ ބަހުރުވައަށް އާންމުގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ވެބްސައިޓްގައި 08 ޖެނުރައީ 2024 ގައި ލިޔެފައިވަނީ އިޔަރ އޮފް ދަ ޑްރެގަން މި ހަރަކާތަކީ ''އޮސްޕިޝަސް'' ހަރަކާތެއް ކަމަށެވެ. އޮސްޕިޝަސް މި ލަފްޒު ބޭނުންކުރަމުން ދަނީ ބަރަކާތްތެރި ކަމެއްކަން އިނގިރޭސި ބަހުން ބުނުމަށެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ފާޑު ކިޔާފައިވާ ބައެއް އާއްމުން ބުނެފައިވަނީ ބަރަކާތްތެރި މިލަފްޒު ބޭނުންކުރެވޭނީ ރަމަޟާން މަސް، އީދު އަދި އިސްލާމް ދީނާއި ގުޅުންހުރި ހަރަކާތްތަކުގައި ކަމަށެވެ. ނަމަވެސް އެހެން ދިނަކާއި ގުޅުންހުރި ކަމެއްގައި ބަރަކާތްތެރި މިލަފްޒު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ މުއައްސަސާތަކުން މިފަދަ ކަންކަމަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މާލެސިޓީގައި ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިން ބަސް ވިދާޅުވެ، އެކަމާއި ދެކޮޅަށް އަޑު އުފުލާފައިވާތީ އެކަމަށް އިޝާރާތްކޮށް ބައެއް މީހުން ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޗައިނާއިން ފާހަގަކުރާ މިފަދަ ދުވަހެއް ބަރަކާތްތެރި ވުމުން އެކަމާއި ދެކޮޅަށް ބަހެއް ބުނާނެ ބޭފުޅެއް ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ޗައިނާއިން އިޔަރ އޮފް ދަ ޑްރެގަން ފާހަގަކުރަމުންދަނީ އައު އަހަރާއި ގުޅިގެންނެވެ. ޗާއިނާގެ އައު އަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު، ޗައިނާގެ އައު އަހަރަކީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން ރިސޯޓުތަކުގައި ގިނަ ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިއަހަރުގެތެރޭގައި ޚާއްސަ ހަރަކާތްތަކެއް ހިންގަން އެމްއެމްޕީއާރުސީން ރާވާފައިވެއެވެ. "ޗައިނީޒް ނިއުއިޔަރ" އަކީ، އެގައުމުގެ ރައްޔިތުން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް މުނާސަބާއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު