Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާނުގެ ހަމަލާތަކެއް ޕާކިސްތާނަށް

އީރާނުން ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެފައިވާކަމަށް ބުނެ ޖަވާބުދާރީވުމަށް ގޮވާލައިފި

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ ހަމަލާ ދިން މަރުކަޒުތަކަކީ ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ހުރި މަރުކަޒުތަކެއް ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2024 | ބުދަ 09:19
އީރާނުގެ ރޮކެޓް ހަމަލާތަކެއް ޕާކިސްތާނުގެ އައްސޭރި ފަށަށް

އީރާނުގެ ރޮކެޓް ހަމަލާތަކެއް ޕާކިސްތާނުގެ އައްސޭރި ފަށަށް

އަވަށްޓެރި އީރާނުން ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ގަވައިދާ ޚިލާފަށް ވަދެފައިވާ ކަމަށް ބުނެ ޖަވާބުދާރީވުމަށް ގޮވާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް އަދްލްގެ ދެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދިން ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެރުއްވާފައިވާ ހަރުކަށި ބަޔާނެއްގައި އިސްލާމްއާބާދުން ވަނީ މިއަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މިފަދަ ޢަމަލުތަކަކީ މުޅިން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށް ބުނެފައެވެ. އަދި މި ޚިލާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ފާހަގަކޮށް، އީރާނުގެ އަމަލުތަކަށް ޖަވާބުދާރީވުމަށް ވަނީ ގޮވާލާފައެވެ.

މި ތުހުމަތު ތަކަށް އީރާނުގެ ޚާރިޖީ ވުޒާރާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މި ހަފުތާގެ ކުރީކޮޅު އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑުން އިރާގާއި ސީރިއާގެ އަމާޒުތަކަށް މިސައިލް ހަމަލާތަކެއް ދިނުމުން ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ ހަމަލާ ދިން މަރުކަޒުތަކަކީ ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ހުރި މަރުކަޒުތަކެއް ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ދެ ގައުމުގެ ދެމެދުގައި މުވާސަލާތީ ވަސީލަތްތައް ހުރި ނަމަވެސް ޕާކިސްތާނުން ވަނީ އެކަމާ ރަސްމީކޮށް އިހުތިޖާޖު ކޮށް އިސްލާމްއާބާދުގައި ހުންނަ އީރާނުގެ މިޝަންގެ ވެރިޔާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ. ޕާކިސްތާނުން ބުނަމުން ދަނީ އެކަމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ އީރާނުން ކަމަށެވެ.

މި ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ވިންގުން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. މިހާދިސާއިން ދޭހަވަނީ ވައިގެ ސަރަހައްދާ ޚިލާފުވުމުގެ ސީރިއަސްކަމާއި ޑިޕްލޮމެޓިކް ހައްލެއް ބޭނުންވާ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު