Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

10 ކުލަބުގެ ސޮޔާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފި

އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން، 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2024 | ބުދަ 05:04
އެފްއޭއެމްގެ ހައުސް

އެފްއޭއެމްގެ ހައުސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް، 10 ކުލަބުގެ ސޮޔާއެކު ހުށަހަޅައިފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހެޅީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިސް ނަގައިގެންނެވެ. މާޒިޔާ އަކީ ކުރިއަށް އޮތް އެެފްއޭއެމްގެ އިންތިޚާބުގައި، އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއިދު ކުރާ ކުލަބެކެވެ.

މާޒިޔާ އާއެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް އެދުނު އެހެން ކުލަބުތަކަކީ، ކުލަބު ވެލެންސިއާ، ޓީސީ ސްޕޯޓްސް ކުލަބު، މަހިބަދޫ ސްޕޯޓްސް ކުލަބު، އެލްޓީ ސްޕޯޓްސް ކުލަބު، ކުޑަ ހެންވޭރު ޔުނައިޓެޑު، ބީޖީ ސްޕޯޓްސް، ޓެންޓް ސްޕޯޓްސް ކުލަބު، ސީބީއެލް ސްޕޯޓްސް އަދި ދަ ގްރޭންޑޭ ސްޕޯޓްސް ކުލަބު އެވެ.

މާޒިޔާގެ ޗެއާމަން އަޙުމަދު ސާޖިދު ސޮއިކުރައްވާ އެފްއޭއެމަށް ފޮނުއްވި ސިޓީގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން، އެފްއޭއެމްގައި ހުންނަ ޖެހޭ ބައެއް ކޮމެޓީތައް ނެތުމާއި، އަނެއް ބައި ކޮމެޓީތައް ޤަވާއިދާ ޚިލާފުކަން ވަނީ ފާހަގަކުރައްވާފަ އެވެ. ހަމައެއާއެކު، އެފްއޭއެމްގެ މަގާމުތަކުން ބައެއް ބޭފުޅުން އިސްތިއުފާ ދީފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކުލަބުތަކުގެ އެދުމުގެ މަތިން، އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން، 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތުގައި އެފްއޭއެމުން ކޮންގްރެސްއެއް ނުބާއްވާފައި ނަމަ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ އެހީތެރިކަމާއެކު ކުލަބުތަކަށް އަމިއްލަ އަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭނެ އެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2022

ނީސް އިން ޕޮޗެޓީނޯއާ މަޝްވަރާ ކުރި، ކުލަބުގެ ހުށަހެޅުން އޭނާ ޤަބޫލު ނުކުރި!

24 ސެޕްޓެމްބަރު 2022
ނީސް އިން ޕޮޗެޓީނޯއާ މަޝްވަރާ ކުރި، ކުލަބުގެ ހުށަހެޅުން އޭނާ ޤަބޫލު ނުކުރި!
01 އެޕްރީލު 2021

ހަ ކުލަބުގެ ތާއީދާއެކު ވީއޭއެމުގެ ރައީސަކަށް ރަނޭ

01 އެޕްރީލު 2021
ހަ ކުލަބުގެ ތާއީދާއެކު ވީއޭއެމުގެ ރައީސަކަށް ރަނޭ
10 އޮކްޓޯބަރު 2020

މޯލްޑިވްސް ސައިކްލިންގ ކުލަބުގެ ރައީސަކަށް ވައްޑެ

10 އޮކްޓޯބަރު 2020
މޯލްޑިވްސް ސައިކްލިންގ ކުލަބުގެ ރައީސަކަށް ވައްޑެ
24 މާރިޗު 2019

އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް

24 މާރިޗު 2019
އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
08 މާރިޗު 2019

ކްލަބްތަކުން އަމިއްލައަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހު 15 ގައި

08 މާރިޗު 2019
ކްލަބްތަކުން އަމިއްލައަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހު 15 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު