Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމުގެ އިންތިޚާބު

ހަ ކުލަބުގެ ތާއީދާއެކު ވީއޭއެމުގެ ރައީސަކަށް ރަނޭ

ނައިބު ރައީސަކަށް އަޝްރަފް ހޮވުނުއިރު، ޚަޒާންދާރަކީ ރާންބެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 12:09
ވީއޭއެމުގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ)

ވީއޭއެމުގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ)

ހަ ކުލަބުގެ ވޯޓާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު މުޙައްމަދު ރަނޭޝް (ރަނޭ) ކާމިޔާބުކުރައްވައިފިއެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވީއޭއެމުގެ އިންތިޚާބު ބުރާސްފަތި ދުވަހު ބޭއްވީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފެއްދި "އެޑްހޮކް ކޮމިޝަން" އިން ވީއޭއެމުގެ މައްސަލަ ދާދި ފަހުން ނިންމުމާއެކުއެވެ. އެގޮތުން ވީއޭއެމުގެ ޖެނެރަލް އިލެކްޓޯރަލް އެސެމްބްލީ ބުރާސްފަތި ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބާއްވާފައިވަނީ އިލެކްޓޯރިއަލް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި އިންތިޚާބުގައި ނުވަ ކުލަބަކަށް ވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައެވެ. އެއީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖެނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

މި އިންތިޚާބުގައި ރަނޭއާއެކު ރައީސްގެ މަޤާމަށް ދެން ވާދަކުރެއްވީ ވީއޭއެމުގެ ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) އެވެ. މި އިންތިޚާބު ފެށިއިރު، އިންތިޚާބު ކުރިއަށްދިޔަ ހޯލުގައި އިއްލަ އިންނެވި ނަމަވެސް، ވޯޓުލުން ފެށުމުގެ ކުރިން އިއްލައާއެކު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފައެވެ. އެ ކުލަބުތަކުން ކޮންގްރެސް ދޫކޮށް ނުކުތީ، ވީއޭއެމުގެ މަޤާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކަމަށްވާ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ފަހުންވެސް މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑެންސީ ބަލައިގަންނަން އެޑްހޮކް ކޮމިޝަނުން ނިންމުމުމާ ގުޅިގެންނެވެ.

ނުރުހުން ފާޅުކޮށް އިއްލައާއެކު ތިން ކުލަބެއް އިންތިޚާބީ ކޮންގްރެސް ދޫކޮށް ނުކުތް ނަމަވެސް، އިލެކްޓޯރިއަލް ކޮމިޓީން ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ. އެއާއެކު ވީއޭއެމުގެ ރައީސަކަށް ރަނޭ އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ހަ ކުލަބުގެ ތާއީދާއެކުއެވެ.

ވީއޭއެމުގެ ރައީސަކަށް ރަނޭ އިންތިޚާބުވިއިރު، 1993 ވަނަ އަހަރުން ފެށިގެން ވޮލީބޯޅަ ކުޅެން ފެށި މަޝްހޫރު ސެޓަރު ރަނޭއަކީ ދޯހާ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނެވެ. އަދި ޤައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަޤާމު ޖެހިޖެހިގެން ތިން އަހަރު ހޯދާފައިވާ ރަނޭ ވަނީ ހިޒް ކުލަބަށް ޤައުމީ ތަށި މިލްކުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން އައްޑޫ ސްޕޯޓްސް ކުލަބާއި، ދ. ވާނީ ޒުވާނުގެ ޖަމުޢިއްޔާ އާއި، ދިވެހި ސިފައިންގެ ކުލަބު އަދި މޯލްޑިވިއަން ސްޕޯޓްސް ކުލަބުން ޤައުމީ ތަށި އުފުލާލިއިރު، އެ ކުލަބުތަކުގެ ސެޓަރަކީވެސް ރަނޭއެވެ. މީގެ އިތުރުން ކެމްޕޯ އާއި، ރެފްރޯލް އާއި، ބީޗް ބޯއީޒް ޤައުމީ މުބާރާތަށް ކޮލިފައިކޮށްދީ، އެ ޓީމުތައް ޤައުމީ ފައިނަލަށް ގެންގޮސްދީފައި ވަނީވެސް ރަނޭގެ މޭސްތިރިކަމުގެ ދަށުންނެވެ.

ރާއްޖޭގެ ޤައުމި އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓެއްގެ ވަޒީފާ އަދާކުރަމުންދާ ރަނޭއަކީ މޯލްޑިވިއަންގެ ވޮލީބޯޅަ ޓީމު އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ޗީބޯގެ ހިއްސާދާރެއްގެ އިތުރުން، ޗީބޯ އެކެޑަމީ އުފައްދައި، ތުއްތު ކުދިން ވޮލީބޯޅައަށް ނެރުމަށް ރަނޭ ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް ވީއޭއެމުގެ ރައީސްގެ މަޤާމަށް ރަނޭ އިންތިޚާބުވެވަޑައިގެންނެވިއިރު، މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގައި ރައީސަކަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ލަތީފުގެ ޓީމުގައިވެސް ރަނޭ ހިމެނުނެވެ. އެގޮތުން އެ ފަހަރު ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޚަޒާންދާރެއްގެ ގޮތުގައެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވާފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ހަ ކުލަބަކުން ރަނޭއަށް ތާއީދުކުރިއިރު، ރަނޭގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޤައުމީ ވޮލިބޯޅަ ޓީމުގެ މެނޭޖަރުގެ އިތުރުން ވޮލީބޯޅަ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ އަލީ އަޝްރަފް (އަޝްރާ) އެވެ. އަދި ޚަޒާންދާރަކަށް އިންތިޚަބުވީ 1979 ވަނަ އަހަރު ރީޔޫނިއަންނަށް ދިޔަ ޓީމުގައި ހިމެނުނު މުޙައްމަދު ރާމިޒް (ރާންބެ) އެވެ. ރާންބެ މީގެ ކުރިން ވަނީ ސާފް ގޭމްސްގައި ޤައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރުގެ މަޤާމުވެސް އަދާކޮށްފައެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ރޫލްސް ކޮމިޝަނަށް އިންތިޚާބުކޮށްފައިވަނީ ވީއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު އަދީލް (ބޭބެ) އާއި، މުޙައްމަދު ހަމީދު އަދި މުޙައްމަދު ޝަހާދެވެ. ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ބޮޑު ކާއްޓޭ) އާއި، ވޮލީބޯޅަ ކޯޗު އަޙްމަދު ޝުއިބާއި، ބައިނަލްއަގުވާމީ ރެފުރީ އަޙްމަދު ސަލީމް (ކުނޑި) އިންތިޚާބުކުރިއިރު، ބީޗް ވޮލީ ކޮމިޝަނަށް އިންތިޚާބުކުރީ މީގެ ކުރިންވެސް އެ ކޮމިޝަނުގައި ހުންނެވި އަބްދުﷲ ނަޝީދު (އަބުޅޯ) އާއި، އިސްމާޢީލް ސަމާހު އާއި، އިސްމާޢީލް ޝަރީފާއި، ހުސައިން ޝަރީފް (ނަލަ) އަދި އަދުނާން އަބްދުއް ރަހީމެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ވީއޭއެމުގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒުގެ ބެލުމުގެ ދަށުން ވީއޭއެމުގެ އިންތިޚާބު ބޭއްވިއިރު، އެފްއައިވީބީ އާއި، އޭވީސީ އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސްޕޯޓްސް ކޮމިޝަނުން ވަނީ މި އިންތިޚާބު މޮނިޓާކޮށްފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)މުޙައްމަދު ރަނޭޝް (ރަނޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު