Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތައް ތަރައްގީކުރުން

އިގްތިސާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް، ޖަލުތަކުގެ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅެން - ސީޕީ

16 ޖެނުއަރީ 2024 | އަންގާރަ 12:49

މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާގުޅޭ މައްސަލަތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖެނުއަރީ 2024 | އަންގާރަ 12:49
ކޮމިޝަނަރ އޮފް ޕްރިޒަންސް، ހަސަން ޒަރީރު

ކޮމިޝަނަރ އޮފް ޕްރިޒަންސް، ހަސަން ޒަރީރު

އިގްތިސާދީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ޖަލުތަކުގެ މަޝްރޫއުތައް ފުޅާކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް، ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ބުރަ، ދީނީ އަދި ގައުމީ މަސައްކަތެއް ކަމަށާއި، އެމްސީއެސްގެ އޮފިސަރުންނަކީ ތަމްރީނެއް ފުރިހަމަކޮށް، ހުވައެއް ކޮށްގެން ތިބި އޮފިސަރުން ކަމަށެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ ފާހަގަކުރެއްވީ މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާގުޅޭ މައްސަލަތައް ކަމަށެވެ. އަދި ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށާއި، އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް ކަމަށެވެ.

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް، ޖަލުގައި ތިބި ގައިދީންނާއި މަސައްކަތްކުރާ އޮފިސަރުންގެ އެކޮމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ގައުމުގައި ހުރި އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ޖަލުތައް ކޮމަރޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްގީކޮށް، ތައުލީމީ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވަމުން ސީޕީ ފާހަގަކުރެއްވީ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރައްވައި، މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެމްސީއެސްއިން ކުރާ މަސައްކަތްތައް އާންމުންނަށް ސާފުކޮށް ނޭނގޭކަމަށާއި، ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ 100 އިން އެއް އޮފިސަރުގެ ސަބަބުން އެމްސީއެސްގެ މޫނުމަތި ހަޑިވެފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެފަދަ އަމަލުތަކާ ދުރުހެލިވެ، ހުވަޔާ އެއްގޮތަށް ސާބިތުކަންމަތީ ތިބުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ

02 ނޮވެމްބަރު 2017
ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ
22 އޮކްޓޯބަރު 2017

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ

22 އޮކްޓޯބަރު 2017
އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ
16 އޮކްޓޯބަރު 2017

ޖަލުތަކުގެ މަރުގެ މައްސަލަތައް ތަހްގީގުކުރަން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ރިޔާޒު ގޮވާލައްވައިފި

16 އޮކްޓޯބަރު 2017
ޖަލުތަކުގެ މަރުގެ މައްސަލަތައް ތަހްގީގުކުރަން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ރިޔާޒު ގޮވާލައްވައިފި
12 އޮކްޓޯބަރު 2017

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

12 އޮކްޓޯބަރު 2017
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ
23 ސެޕްޓެމްބަރު 2017

އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު

23 ސެޕްޓެމްބަރު 2017
އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު
06 ސެޕްޓެމްބަރު 2017

ރާއްޖޭގެ ތިން ބާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން،އިންސާނީ ހައްގުތައް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި : ޝަހިންދާ

06 ސެޕްޓެމްބަރު 2017
ރާއްޖޭގެ ތިން ބާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން،އިންސާނީ ހައްގުތައް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި : ޝަހިންދާ
07 ޖޫން 2017

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017
ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
20 މެއި 2017

ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް

20 މެއި 2017
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް