Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ

އިގްތިސާދީ ގެއްލުމެއް ލިބި، ހެކިބަސް ދިނުމުން ވަޒީފާ ގެއްލިދާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2017 | އާދީއްތަ 08:42
ފާރިސް މައުމޫން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދިއުމަށް ކަރެކްޝަނުގެ ލޯންޗަށް އަރުވަނީ

ފާރިސް މައުމޫން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދިއުމަށް ކަރެކްޝަނުގެ ލޯންޗަށް އަރުވަނީ

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ސިއްރުކުރަން ދައުލަތުން އެދިއްޖެ އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި، ވީޑިއޯ ސީޑީއަކާއި، ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓިއެއްގެ އިތުރުން، ޕީޕީއެމްގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓިއެކެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީިލު އައިޝަތު ރީޝާ ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ދެ ހެކިން ސިއްރުކުރަން އެދެނީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ރީޝާ ވިދާޅުވި ގޮތުގައި ހެކި ބަސް ދިނުމުގެ ސަބަބުން އެމީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ 22 މާޗް 2017 ގައި ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު އެތަނުގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުން ހުށަހަޅާފައިވަނީ، ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ނަމުގައި ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށެވެ.

ހެކިން ސިއްރުކުރަން ދައުލަތުން ބުނާ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކީ ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް އެމީހުންނަށް ހުށަހެޅިފައިވާ ރިޝްވަތުގެ ފައިސާ ނުލިބުންތޯ ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ސުވާލުކުރެއްވި އެވެ. މައުމޫން ވިދާޅުވީ ހެކިން ސިއްރުނުކުރެވޭނެ ކަމަށާއި، ހެކިން ސިއްރުކުރުމުގެ އަމުރަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެދެންޖެހޭ އިރު، ދައުލަތުން އެފަދަ އަމުރަކަށް އެދިފައިނުވާ ކަމަށެވެ.

މައުމޫނަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިން ސިއްރުކުރަން އެދި ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށާއި، އެ ހެކިން ބަލައިނުގަންނަން ޝަރީއަތުން ނިންމާފައިނުވާތީ ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ގާނޫނު އިރާލުމަށްފަހު އެއްލާލަންވީ ކަމަށާއި ޕްރޮސެކިއުޓަރ ޖެެނެރަލްގެ ފަރާތުން ދައުލަތް ތަމްސީލުކުރައްވާ ވަކީލުން "ހިތު ހުރިހާ ގޮތަކަށް" ގާނޫނު މާނަކުރާނަމަ، ގާނޫނަށް ހަވާލާދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މައުމޫން ވިދާޅުވީ ޝަރީއަތުގެ ކަންތައްތައް ކުރިއަށްދަނީ އިންސާފަށް ވަރަށް ހުތުރުކޮށް ކަމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ހުކުމަކީ، ޕީޕީއެމްގެ ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް 16 އޮކްޓޯބަރު 2016 ގައި ކޮށްފައިވާ ހުކުމެވެ. ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކީ ފާރިސް ޕާޓީން ވަކިކޮށް، ދަފްތަރުން ނަން އުނިކޮށްފައިވާކަން އަންގާ ފޮނުވި ސިޓީއެވެ. ޕީޕީއެމުން ފުލުހަށް ހުށަހެޅި ސިޓީއަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ހުއްދަ ހޯއްދެވުމެއް ނެތި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެވެ. ވީޑިއޯ ސީޑީގައި ހިމެނެނީ ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެވެ.

ދައުލަތުގެ ވަކީލު ހެކި ހުށަހެޅުމުން މައުމޫން ވިދާޅުވީ ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް ކަމަށާއި ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވުމުގެ އެއްވެސް ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނޯންނާނެ ކަމަށެވެ. 15 އޮކްޓޯބަރު 2016 ގައި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުންނާއި އެޕާޓީގެ ކައުންސިލް މެންބަރަކުކަމުން އަބްދުއްރަހީމް ވަކިކޮށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނާއަކީ" ޕީޕީއެމް ކަމަށް ދެކިގެން ސިޓީއެއް ހުށަހެޅުމުގެ ހައިސިއްޔަތު އަބްދުއްރަހީމްގެ ނެތް އިރު، އެފަދަ ސިޓީއެއް ޕީޕީއެމްގެ ނަމުގައި ފޮނުވި މައްސަލަ ނުބަލަނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރިއިރު، އަބްދުއްރަހީމްގެ މައްޗަށް ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަސް ނެގުމެވެ. ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ނަގާނީ ސިއްރުކޮށްގެންތޯ ނޫންތޯ އެ އަޑުއެހުމުގައި ކަނޑައަޅާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ސިޓިއާއި އަބްދުއްރަހީމްގެ ސިޓީ ބަލައިގަންނާނެތޯވެސް ކަނޑައަޅާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު