Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަތަރު މައްސަލަ

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

ގަތަރާއި އޮތް ސިޔާސީ ގުޅުން ކަނޑާލުމުގެ ސަބަބުން ރާއްޖެއަށް މިޑްލް އީސްޓް ގައުމުތަކުން  އަންނަ ފަތުރުވެރިންގެ ނިސްބަތް މަދުވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 09:47
 މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ސެކްޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ސެކްޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިގެން ރާއްޖެއަށް ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ބޮޑުސުވާލު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ސައުދު ވިދާޅުވީ އަރަބި ބައެއް ގައުމުތަކުންނާއި ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމުގެ ސަބަބުން ރާއްޖެއަށް ފްލައިޓް ދަތުރުކުރާ ރޫޓިންތައް ބަދަލު ވެގެންދާނެކަމަށާއި އެއާ އެކު ޓިކެޓުގެ އަގު އިންތިހާއަށް އުފުލިގެން ދާނެ ކަމަށެވެ. ސަބަބެއް ކަމުގައި ސައުދު ވިދާޅުވީ މިޑްލް އީސްޓުގައި ފަތުރުވެރިން އުފުލުމުގައި ގަތަރަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއާލައިނެއް ކަމަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement

ގަތަރު ކަހަލަ މުއްސަނދި ތަނަވަސް ގައުމަކާ ގުޅުން ކަނޑާލުމުން ސައުދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހީވެސް ނުކުރާކަހަލަ މައްސަލަތަކެއް ދިމާވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް މިޑްލް އީސްޓް ގައުމުތަކުން އަންނަ ފަތުރުވެރިންގެ ނިސްބަތް މަދުވާނެ ކަމަށާއި ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ދެތިން ދުވަހު ވެސް ގެސްޓުހައުސްތަކާއި ރިސޯޓުތަކުގެ ބުކިންގްސްތައް ކެންސަލްވެފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި ގަތަރު ސަރުކާރުން ރާއްޖޭގައި މިސްކިތްތަކާއި ސްކޫލްތައް އަޅައި ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވާ ކަމަށެވެ. އަދި ގަތަރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ދުނިޔޭގެ ނަން މަޝްޙޫރު ތަނަކަށް ވާއިރު ރާއްޖޭގައި ވެސް އުރީދޫ އިން ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދޭއިރު މިކަހަލަ ބޮޑެތި އިންވެސްޓްމެންޓްތަކަކީ އެއިރެއްގައި ރާއްޖޭގައި އޮތް ސިޔާސީ ކަންތައްތަކަށް ބިނާވެ ރާއްޖެ އައިސްފައިވާ އިންވެސްޓްމަންޓްތައް ކަމަށް ސައުދު ވިދާޅުވިއެވެ. ނަމަވެސް ދެން ރާއްޖެއަށް އެކަހަލަ އިންވެސްޓްމެންޓްތަކެއް ގަތަރުން ނާންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ރާއްޖެއިން މިހާރު ދަނީ ވަރަށް ހުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ކަމަށާއި ދުނިޔޭގެ ބޮޑެތި ނަންކިޔާ ގައުމުތަކާ ގުޅުން ކަނޑާލުމުން ރާއްޖެއިން ވަކި ގައުމަކަށް ބަރޯސާވާން ޖެހޭނެ ކަމަށެވެ. މިއީ ދުނިޔޭގެ ޚުދުމުޚުތާރު ގައުމުތަކުން ފެންނަ އަލާމާތްތައް ކަމަށް ސައުދު ވިދާޅުވިއެވެ.

" ޖުމްލަކޮށް ބުނަންޏާ ހަގީގަތުގައި މިސަރުކާރުން މިދަނީ ހުދުމުޚުތާރު ވެރިކަމަކާ ދިމާލަށް. ދުނިޔޭގެ ބޮޑެތި ނަންކިޔާ ގައުމުތަކާއި އެކަހެރިވަމުން މިދަނީ އަޅުގަނނޑުމެން ހަގީގަތުގައި ވެސް ވަކި ގައުމަކަށް ބަރޯސާވެ އެގައުމުގެ އެހީގައި އަޅުގަނޑުމެންނަށް ތިބެވޭނެކަމަށް ރައްޔިތުން ނިކަމެތި ކޯށް ސަލާންޖަހާ ސިޔާސަތެއް އަށަގަތީމަ އަޅގަނޑުމެން ޖެހޭނެ ބޭސްސިޓީއަށް ސަލާން ޖަހަން. ޑޮކްޓަރަށް ނުދެއްކިގެން ސަލާންޖަހަން ޖެހޭނެ. ޕާޓީގެ ޕްލެޓްފޯމެއް ނެތިއްޖިއްޔާ ވަޒީފާއެއް ނުލިބޭނެ. އޭރުން ތައުލީމުގެ ބޭނުމެއް ނޯންނާނެ. މިކަހަލަ އަލާމާތް ތަކަކީ ދުނިޔޭގެ ހުދުމުޚުތާރު ގައުމުތަކުން ފެންނަން ހުރި އަލާމާތްތައް. އެ އަލާމާތްތައް މިހާރު އަޅުގަނޑުމެންނަށް ރާއްޖެއިން ފެނިގެން މިދަނީ،" ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ރާއްޖެއިން ގަތަރާއި އޮންނަ ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ކަމަށް ބުނެފައި ވީނަމަވެސް އެކަމުގެ ސީދާ ހެކި ރާއްޖެއަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އެފަދަ ގައުމުތައް ކަނޑައަޅާފައިވާއިރު ރާއްޖެއިން އަމިއްލައަށް އޭގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު