Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސީއައިއޭ

އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު

23 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:38

އައިސީއައިއޭ ކުރިއަށްދަނީ ދެ ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:38
އައިސީއައިއޭ ކޮންފްރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

އައިސީއައިއޭ ކޮންފްރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގައި އިގްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަ އިރު ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި މިކަން ކުރުމަށް އިސްލާމިކް ފައިންނޭންސް މިހާރަށް ވުރެ ބޮޑަށް ކުރިއެރުވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިންޓަރނޭޝަނަލް ކޮންފްރެންސް އޮން އިސްލާމިކް އެވޭންކްނިންގް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ތަފްޒީފު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ފައިނޭންޝިއަލް ސެކްޓަރ ނުވަތަ މާލީ ދާއިރާތައް މިހާރަށް ވުރެ ބޮޑަށް ކުރިއަރުވަން ޖެހޭ ކަމަށެވެ. މިފަަދަ ކޮންފްރެސްންސްތަކުގެ ތެރެއިން، މި ދާއިރާ ކުރި އެރުވުމަށް އިތުރު އާ ވިސްނުންތަކާއި ދިރާސާތައް ކުރުމުގެ މުހިއްމުކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މާލީ ދާއިރާ ކުރި އެރުވުމަށް ބޮޑެތި ބަދަލުތަކެއް މާލީ ދާއިރާއަށް ގެންނަންޖެހޭ އިރު ސަރުކާރުން، މާލީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރާ ވަސީލަތްތައް މިހާރު ވެސް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަރަމުންދާ އިރު ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ފުރުސަތުތަކެއް އިސްލާމިކް ފައިނޭންސްއަށް އެބަ އޮތް. އިސްލާމީކް ފައިނޭންސްގެ ދާއިރާގެ ވަސީލަތްތަކަކީ އާންމުކޮށް މާލީ ދާއިރާގައި ހުންނަ ފުރުސަތުތައް ފަދައިން ވާދަވެރި ފުރުސަތުތައް. އެގޮތުން އިސްލާމިކް ބޭންކިން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ބަލައިގަނެފައި." ސައީދު ވިދާޅުވި އެވެ.

އެގޮތުން އިސްލާމިކް ކެޕިޓަލް މާކެޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިރު، ކުންފުނިތަކުން އިސްލާމިކް ސެކިއުރިޓީޒް ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިނިސްޓަރ ވިދާޅުވީ، އިސްލާމިކް ޓޫރިޒަމް ތަރަައްގީ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް ކޮންފްރެންސްގައި އެމެރިކާއާއި ޖަޕާނާއި ޖޯޑަންއާއި މިސްރާއި ފަލަސްދީނު ފަދަ ގައުމުތަކުން ކަރުދާސް ހުށަހަަޅުއްވާނެ ކަމަށާއި މި ކޮންފްރެސްއަކީ ކާމިޔާބު ކޮންފްރެންސްއަކަށް ހެދުމަށް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯ ރީސަރޗު އެންޑް ޕަބްލިކޭޝަނުން ގިނަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.

" އިސްލާމީ މާލީ ނިޒާމު ބާރު މިނެއްގައި ދަނީ ކުރިއަރަމުން. މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި. މި ދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށަހެޅިފައިވާ ކަން ފާހަގަކުރަން." ޝަހީމް ވިދާޅުވި އެވެ.

މި ކޮންފްރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ހުން 24 ހަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

20 މެއި 2017

ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް

20 މެއި 2017
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
18 މެއި 2017

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

18 މެއި 2017
އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް