Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ަޝަހިންދާ އިސްމާއިލް

ރާއްޖޭގެ ތިން ބާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން،އިންސާނީ ހައްގުތައް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި : ޝަހިންދާ

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ކޯޓުން ނިމިފައި ހުރީ ސަރުކާރަށް މަގު ފަހިވާ ގޮތަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 01:42
މާލޭގައި ބަޔަކު މީހުން މުޒާހަރާ ކުރުމަށް މަސައްކަތްކުރާއިރު ފުލުހުން އެކަން ހުއްޓުވަނީ:--

މާލޭގައި ބަޔަކު މީހުން މުޒާހަރާ ކުރުމަށް މަސައްކަތްކުރާއިރު ފުލުހުން އެކަން ހުއްޓުވަނީ:--

ރާއްޖޭ ދައުލަތުގެ ތިން ބާރު ހިނގަމުންދަނީ "މަސްހުނިވެގެން" ކަމަށާއި އިންސާނީ ހައްގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގުރާމްގައި ޝަހިންދާ ވިދާޅުވީ ފާއިތުވި ދެތިން އަހަރު އިންސާނީ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ރާއްޖޭގެ ބައެއް ގާނޫނުތައް ހަދާފައިވަނީ ގާނޫނު އަސާސީގައި ލިބިދީފައިވާ ބައެއް ހައްގުތައް ގެއްލޭ ގޮތަށްކަން ފާހަގަ ކުރައްވައި، ޝަހިންދާ ވިދާޅުވީ ގާނޫނު އަސާސީގައި އެއްވެ އުޅުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް އެއްވެ އުޅުމާ ބެހޭ ގާނޫނުގައި އޮތީ އެ ހައްގު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި އެ ހައްގު ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ތިން ބާރުވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

" ރާއްޖޭގައި މި ވަގުތު މި ފެންނަނީ ޖުޑިޝަރީގައި ވަރަށް ބޮޑު ބާރެއް އޮތްތަން. އެއްބާރު އަނެއް ބާރަށް ބާރުތައް ދޫކުރަމުން އެކި ގޮތް ގޮތަށް ނެގޯޝިއޭޓް ކުރަމުން އަންނަތައް މި ފެންނަނީ. ހަގީގަތުގައި ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކުރި ތަނެއް އަޅުގަނޑުމެނަކަށް ނުފެނޭ،" ޝަހިންދާ ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ސަރުކާރަށް މަގު ފަހިވާ ގޮތަށް ނިމިގެންގޮސްފައިވާ ކަމަށް ފާހަގަ ކުރައްވަމުން ޝަހިންދާ ވިދާޅުވީ މިނިވަންކޮން މަސައްކަތްކުރަން ބޭނުންވާ ފަނޑިޔާރުން ސަސްޕެންޑްކޮށް ނުވަތަ ކޮންމެ ވެސް ގޮތަކުން ވަޒީފާއިން ދުރުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލައެއްގައި ސާފު ނުވާނެހެން ހުކުމެއް ނެރޭނީ ވަރަށް ބައިވަރު މައްސަލަތަކެއް ހުރުމުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

" އަނެއްކާވެސް މި ފެންނަނީ ސިޔާސީ ގޮތުން ކޮންޓްރޯލް ނުކުރެވޭ ބަޔަކަށް ފުރައްސާކުރުމާއި، އެކި ކަހަލަ ދައުވާ ކުރުމާއި ޖަލަށްލާން މަސައްކަތް ކުރުމާއި ދެން ގޮނޑި ގެއްލޭ މައްސަލަ މި ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން "ޖަރީމާތައް" ހިންގުމަށް އެންމެ ބޮޑަށް ބޭނުންކުރަނީ ފުލުހުން ކަމަށާއި އާންމުންގެ ރުޅިވެރިކަން ފުލުހުންނާމެދު ހުންނަނީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަމަށްވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރިން ކުރެއްވި ޝަހިންދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުން ގާނޫނާއި ގަވައިދާ ހިލާފު އަމުރުތަކަށް ތަބާވާއިރު ފަހުން އެ މައްސަލަތައް ބެލި ފިޔަވަޅު އެޅޭނެ ކަން ދަންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިނިވަންކޮށް މަސައްކަތްކުރަން އެކުލަވާލާފައިވާ ކޮމިޝަންތަކަށްވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެހެން ކޮމިޝަންތަކުގެ "އަތްތައް ބަނދެވިފައި"ވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖަމިއްޔާއިންވެސް ހުންނާނެ ބައެއް ކޮމިޝަންތަކަށް މައްސަލަތަކެއް ހުށަހަޅާފައި. އިންސާނީ ހައްގުތައް، އަސާސީ ހައްގުތައް. ހަމަ އެއްވެސް ނަތީޖާއެއް ނުނިކުމޭ އެއަކުންވެސް. އަޅުގަނޑުމެން ބައެއް މުވައްސަސާތަކުގެ މަސައްކަތް މޮނިޓަރ ކުރުމަށް ޓެސްޓް ކުރުމަށްވެސް ބައެއް ކަހަލަ ހަރަކާތް ހިންގަން. އެއަކުންވެސް ހަމަ އެއްގޮތަކަށްވެސް އެ މުވައްސަސާތައް ހިނގަމުންދާތަނެއް އަޅުގަނޑުމެނަކަށް ނުފެނޭ،" ޝަހިންދާ ވިދާޅުވި އެވެ.

ހައްގުތައް ހިފެހެއްޓިފައިހުރި ގައުމުތަކުގައި އެ ހައްގުތައް ލިބިފައިހުރީ ރައްޔިތުން ހުއްޓާނުލާ މަސައްކަތްކޮށްގެންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މީގެ ކުރިންވެސް ރާއްޖެ ބަދަލުވީ ރައްޔިތުން ނިކުމެ މަސައްކަތް ކޮށްގެން ކަމަށެވެ.

ރާއްޖޭގައި ހިނގާ ކަންކަން ބައިނަލް އަގުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުން ބަލައި ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރާ ކަމަށާއި އެގޮތުން އދ. އިން ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު