Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޕް ގާޑިއޯލާ

މިހިސާބަށް އާދެވުނު ސަބަބަކީ ބާސެލޯނާ: ގާޑިއޯލާ

17 ޖެނުއަރީ 2024 | ބުދަ 01:53

ކޯޗިން ކެރިއަރުގައި އޭނާ އަށް މިހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ބާސެލޯނާ ކަމަށް ގާޑިއޯލާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2024 | ބުދަ 01:53
ބާސެލޯނާ އަށް ކުރިން އިރުޝާދު ދިން ޕެޕް ގާޑިއޯލާ

ބާސެލޯނާ އަށް ކުރިން އިރުޝާދު ދިން ޕެޕް ގާޑިއޯލާ

ފުޓުބޯޅަ ކޯޗިން ކެރިއަރުގައި އޭނާ އަކީ ކާމިޔާބު މީހަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ސްޕެއިންގެ ބާސެލޯނާ ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދުމަށްފަހު ވާހަކަ ދައްކަމުންނެވެ. އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ ހޮވުނީ، އިޓަލީގެ އިންޓަ މިލާނަށް އިރުޝާދު ދެމުން އަންނަ ސިމޯން އިންޒާގީ އަދި އިޓަލީ ޤައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީއާ ވާދަކޮށެވެ.

އެވޯޑު ހާސިލު ކުރުމަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާގެ ހިތާ ގުޅިފައިވާ ކުލަބަކީ، އަބަދު ވެސް ބާސެލޯނާ ކަމަށެވެ. އެގޮތުން، މިއަދު ކޯޗިން ކެރިއަރުގައި އޭނާ އަށް މިހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ބާސެލޯނާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ހަމައެއާއެކު، ބާސެލޯނާ އަކީ އޭނާގެ ޙަޔާތުގައި ވަރަށް މުހިންމު އެއް ބައި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި، ފުޓުބޯޅައިގައި ބާސެލޯނާއާ ގުޅިފައި އޮންނާނީ ވަރަށް ފޮނި ހަނދާންތަކެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، އޭނާ އަށް އެ އެވޯޑު ލިބުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ޚާއްސަކޮށް އޭނާ އިރުޝާދު ދެމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ކުރި މަސައްކަތާއި، ޓީމާއެކު ދެއްކި ކުޅުން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ސިޓީ އާއެކު އަށް އަހަރު ހޭދަކޮށްފައިވާ ކަމަށާއި، އެއީ ބުނެދޭން ވެސް ނޭނގޭހާ ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށް އޭނާ ބުންޏެވެ. މޮޅުވުމާއި، ބަލިވުމުގައި އެތައް ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، މި ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރި ގޮތް އެހެން މީހުންނަށް އިޙުސާސް ނުވެދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

ގާޑިއޯލާ ވަނީ 2013 ވަނަ އަހަރުން ފެށިގެން، 2016 ވަނަ އަހަރަށް ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދީފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ ބާސެލޯނާ އާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހާސިލުކޮށްފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ ޖުމުލަ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް