Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމިއްޔަތު މާއްދާ

ޤައުމިއްޔަތު މާއްދާ - "މިހާރު ކުރިއަށްދަނީ ޓެކްސްޓް ފޮތުގެ އޮނިގަނޑުގެ މަސައްކަތް"

16 ޖެނުއަރީ 2024 | އަންގާރަ 03:53

އެ މާއްދާއާ ގުޅުން ހުރި ބައެއް މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަމުންދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖެނުއަރީ 2024 | އަންގާރަ 03:53
ސްކޫލް ކުދިންތަކެއް އިމްތިހާނު ހަދަނީ

ސްކޫލް ކުދިންތަކެއް އިމްތިހާނު ހަދަނީ

އަންނަ ދިރާސީ އައު އަހަރު ޤައުމިއްޔަތު މާއްދާ ކިޔަވައި ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށް ދަނީ ޓެކްސްޓް ފޮތް އެކުލަވާލުމުގެ މަސައްކަތް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ކިޔަވައި ދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ މަންހަޖުގައި ހިމެނުމަށް ނިންމާ ސަރުކާރުން ވަނީ އެކަން އިޢުލާންކޮށްފައެވެ. އަދި އެ ނިންމުމާ އެއްގޮތަށް، ދިރާސީ އައު އަހަރު، ދިވެހި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާނެ ކަަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ އެ މާއްދާ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް އޮފީހާ މަޝްވަރާކޮށްގެން ކަމަށެވެ. އެހެންނަމަވެސް ޓެކްސް ފޮތުގައި ހިމެނޭ ކޮންޓެންޓް ނުވަތަ އޮށްޓަރާއި ގުޅުން ހުރި މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މާއްދާއާ ގުޅުން ހުރި ބައެއް މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޓެކްސްޓް ފޮތުގެ މަސައްކަތް ނިމޭނެ ތާރީހެއް އޭނާ ހާމަނުކުރައްވައެވެ.

ދިރާސީ އައު އަހަރު ފަށާއިރު، ގައުމިއްޔަތު މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާކަން ހާމަކުރަމުން ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ގައުމީ މަންހަޖުގައި ހިމެނުމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހަޅާފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މާއްދާ ކިޔަވައިދޭނީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށާއި ބޭނުމަކީ ގައުމިއްޔަތަށް ލޯބިކުރާ، އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުން ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް