Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ބާސާ ދޫކޮށްލުން

ނޭމާ އަށްވުރެ ލަލީގާއަށް މުހިންމީ ރޮނާލްޑޯ އާއި މެސީ: ޖެވިއާ ޓޭބަސް

ނޭމާ ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަމަގެ އަޑުތަކެއް ވަނީ ފެތުރިފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 30 ޖުލައި 2017 | އާދީއްތަ 14:06
ލަލީގާގެ ރައީސް ޖެވިއާ ޓޭބަސް

ލަލީގާގެ ރައީސް ޖެވިއާ ޓޭބަސް

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަށް ވުރެ ރޮނާލްޑޯ އާއި މެސީ، ލަލީގާއަށް މާ މުހިންމު ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް ޖެވިއާ ޓޭބަސް ބުނެފިއެވެ.

ކުޅިވަރު ހަބަރު ފަތުރާ މީޑީއާއެއް ކަމަށްވާ "މާސާ" އަށް ޓޭބަސް ދެއްވި އިންޓަވިއު އެއްގައި އޭނާ ވިދާޅުވީ، ބާސާގެ ތަރި މެސީ އާއި ރެއާލްގެ ތަރި ރޮނާލްޑޯ ކްލަބް ދޫކޮށް އެހެން ލީގެއްގެ ކްލަބަކަށް ބަދަލުވާނަމަ މާބޮޑަށް ކަންބޮޑު ވާނެ ކަމަށާއި، ނޭމާ އަށްވުރެ އެދެ ކުޅުންތެރިން ލަލީގާއަށް މާ މުހިންމު ކަމަށެވެ.

ޓޭބަސް ވިދާޅުވީ، ނޭމާ ބާސާ ދޫކޮށްލުމުން އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ލަލީގާއަށް ކުރާނެ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ބޮޑަށް ގެއްލުންވާނީ ބާސާއަށް ކަމަށެވެ. އޭނާ ވިދާޅުވީ، ބާސާގެ ކުރިއަށް ރޭވިފައިހުރި ބައެއް ޕްލޭން ތަކަށް އަސަރު ކުރާނެ ކަމަށާއި، އެކުލަބުގެ ގޭމް ޕްލޭނަށް އެކަމުގެ ސަބަބުން ބަދަލު ގެންނަން ޖޭހޭނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓޭބަސް ވިދާލުވީ، އެއް ނަޒަރަކުން ބަލާނަމަ ނޭމާ ބާސާ ދޫކޮށް ދިއުމުން، އޭނާގެ ހުނަރުވެރި ކުޅުން ލަލީގާގައި ނުފެނުން ވެގެންދާނީ ކޮންމެވެސް ވަރެއްގެ ފަޅު ކަމެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ، ނޭމާ އަކީ މީގެ ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ވާދަ ކޮށްފައިވާ ކުޅުންތެރިއެއް ކަމަށާއި، އަދި ކެރިއަރުގެ ވަކި ހިސާބަކުން އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހާސިލް ކުރެވޭ ފެންވަރުގެ ކުޅުންތެރިއެއްކަން ފާހަގަކޮށްފައެވެ.

ސްޕެނިޝް ފުޓުބޯޅައިގައި މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި ގާތަށް އައިސްފައިވާ ކަމަށް ބުނާ ވާހަކައެވެ. ރިޕޯޓްތައް ބުނާގޮތުން އެކުލަބުން ވަނީ އޭނާއަށް 222 މިލިއަން ޔޫރޯ ހުށަހަޅާފައެވެ. އަދި އެއްބަސްވުމަކާއި ގާތަށް ވަނީ އާދެވިފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު