Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

އެފްއޭއެމް އިންތިޚާބުގެ މައްސަލަ ފީފާ އަދި އޭއެފްސީ އަށް!

އިންތިޚާބުގެ މައްސަލަ ފީފާ އަދި އޭއެފްސީ އަށް ހުށަހެޅީ، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، އަޙުމަދު ޠާރިޤް (ޓޮމް)

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2024 | އާދީއްތަ 08:22
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބާ ގުޅޭ މައްސަލަ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އަށް ހުށަހަޅައިފި އެވެ.

އިންތިޚާބުގެ މައްސަލަ ފީފާ އަދި އޭއެފްސީ އަށް ހުށަހެޅީ، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، އަޙުމަދު ޠާރިޤް (ޓޮމް) އެވެ. ޓޮމްގެ ފަރާތުން މައްސަލަ ހުށަހެޅީ އޭނާގެ ކެންޑިޑެންސީގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން ނިންމާފައި ވަނިކޮށެވެ. ފީފާ އަދި އޭއެފްސީ އަށް މައްސަލަ ހުށަހެޅުމުގެ ކުރިން، ޓޮމް ވަނީ އެ މައްސަލަ އިސްތިއުނާފަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް ކަން ވެސް ވަނީ ފެންމަތިވެފަ އެވެ.

ޓޮމްގެ ފަރާތުން ފީފާ އަދި އޭއެފްސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އިންތިޚާބަށް ހުޅުވާލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން، ނުވަ ކުލަބުގެ ތާއީދާއެކު ހުށަހެޅި ކެންޑިޑެންސީ ބާތިލްކޮށްފައިވާ ކަމަށެވެ. އެއީ ކުލަބުގެ ވެލެންސިޔާގެ ތާއީދު ދެ ސިޓީ ވެސް ޞައްޙަ ކަމަށް ނިންމާ، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށް ބުނެފައިވެ އެވެ. ހަމައެއާއެކު، އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތްކަމަށާއި، ޓޮމްގެ ފަރާތުން ޖަނަވަނީ މަހުގެ 12 ވަނަ ދުވަހު މައްސަލަ އިސްތިއުނާފު ކޮށްފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލައިގައި ހޯމަ ދުވަހުބެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭއިރު، ކޮމެޓީ ނެތުމުން މިހާތަނަށް ޖަލްސާއެއް ބާއްވާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެފްއޭއެމް އިލެކްޓޯރަލް ކޯޑްގެ ހަތަރު ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިޚާބުކޮށްގެން ނުވާނެކަމަށެވެ. ނަމަވެސް އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރު އޮތް ކޮންގްރެސްގައި އިންތިޚާބުކޮށްފައިވާކަން ޓޮމްގެ މައްސަލައިގައި ވަނީ ބުނެފަ އެވެ. އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވާދާއި ޚިލާފަށް މެންބަރުކަން ކޮށްފައިވާ ކަމަށާއި، ވައިސް ޗެއާ އަހްމީމް އަބްދުއްރައްޒާޤް އަދި އަބްދުﷲ އަލީ ދެ ވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާއި ޚިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، އެފްއޭއެމްގެ އަސާސީ ޤަވާއިދާއި، އިންތިޚާބީ ޤަވާއިދާ ޚިލާފް ކޮމިޓީއަކުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަޔާންކޮށް ފީފާ އަދި އޭއެފްސީއަށް މައްސަލަ ހުށަހަޅާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ، އެފްއޭއެމްގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ އޭނާ އަތުގައި އޮތް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ބާތިލް ކަމަށް ނިންމުމުންނެވެ. އިލެކްޓޯރިއަލް ކޮމެޓީން އެހެން ނިންމީ، ވެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް އޮތުމުންނެވެ. ޓޮމްގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން, މުފާވިޒް ޙާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އިލެކްޓޯރިއަލް ކޮމެޓީން ނިންމީ، ވެލެންސިއާ އިން ދީފައިވާ ދެ ސިޓީ އަކީ ވެސް ޞައްޙަ ދެ ސިޓީ ކަމަށެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ނުދެވޭތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ބަލައިނުގަތުމަށެވެ.

އެހެން ނިންމުމުން، ޓޮމް އަތުގައި އޮތީ ފުރަތަމަ ޑިވިޝަންގެ ދެ ކުލަބުގެ ތާއީދު ސިޓީ އެވެ. ނަމަވެސް، މުފާ އަތުގައި ފަސް ކުލަބެއްގެ ތާއީދު ސިޓީ އޮތެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)ފީފާއޭއެފްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު