Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓުގެ ޚިދުމަތް ފުޅާކުރުން

މާލެސިޓީ ކަރަންޓު ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ދެ ޖަނަރޭޓަރު ސެޓު ގެނެސްފި

1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2024 | އާދީއްތަ 07:32
ސްޓެލްކޯއިން ގެނައި ޖަނަރޭޓަރު ސެޓުތައް

ސްޓެލްކޯއިން ގެނައި ޖަނަރޭޓަރު ސެޓުތައް

މާލެސިޓީ ކަރަންޓު ޚިދުމަތުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެ ޖަނަރޭޓަރު ސެޓު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ގެނެސްފިއެވެ.

ހޮނިހިރު ދުވަހު ސްޓެލްކޯއިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް ގެނެވި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިތުރު ދެ ސެޓު ގެންނަން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެއާއެކު ޖުމްލަ ހަތަރު ސެޓާ އެކު 6.4 މެގަވޮޓުގެ ކަރަންޓު އިތުރަށް އުފެއްދޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ކުންފުނި އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމުގައި ކަމަށެވެ. ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް ގެންނާނެ ކަމަށެވެ.

މާލެސިޓީ ކަރަންޓު ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިވަގުތު މާލޭ ސަރަހައްދުގެ ކެޕޭސިޓީއަކީ 122 މެގަވޮޓެވެ. މާލޭގައި ކަރަންޓު ބޭނުން ކުރަނީ ވެސް ގާތްގަނޑަކަށް އެ އަދަދަށް ކަމަށްވާއިރު، ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ މަސައްކަތެކެވެ.

ސްޓެލްކޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު