Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ އިން ކަރަންޓު ކެނޑުން

ފަސް ގަޑި އިރަށް ފަހު ކަރަންޓު ލިބިއްޖެ

ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:30 ހާއިރު، ގިނަ އިރުތަކަކަށް ފަހު އަލުން އަނބުރާ ކަރަންޓު ދީފައި ވަނީ 17:50 ހާއިރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 13:23
މާލެ މަތިން ފެންނަ މަންޒަރެއް

މާލެ މަތިން ފެންނަ މަންޒަރެއް

ގްރޭޓާ މާލޭ އޭރިޔާ (މާލެ އަދި ހުޅުމާލެ) އިން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން ކަރަންޓު ދީފި އެވެ.

ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ. ގިނަ އިރުތަކަކަށް ފަހު އަލުން އަނބުރާ ކަރަންޓު ދީފައި ވަނީ 17:50 ހާއިރު އެވެ.

Advertisement - newsAdvertisement

ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމާ އެކު، ސްޓެލްކޯ އިން އެންމެ ފުރަތަމަ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއް ކަމަށް ސްޓެލްކޯ އިން ބުނެފައި ނުވެ އެވެ.

އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ ގްރޭޓާ މާލެ ގްރިޑް އަލުން އެނަޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޗެކްއަޕްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޗެކްއަޕް ފުރިހަމަ ކުރެވުނުހާ އަވަހަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ފަހުން ސްޓެލްކޯ އިން ވަނީ މާލެ އާއި ހުޅުމާލޭގެ ބައެއް ޖަނަރޭޓަރުތައް ޖައްސައި ކްރިޓިކަލް ތަންތަނަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފަ އެވެ. އެގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލާއި، ދަރުވަމަންތަ ހޮސްޕިޓަލަށް ވަނީ ކަރަންޓު ދީފަ އެވެ.

އޭގެ ފަހުން ސްޓެލްކޯ އިން ވަނީ މާލެ އަދި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް ކަަރަންޓު ދޭން ފަށައިފަ އެވެ. އަދި މައްސަލަ ޙައްލު ކުރުމަށް ފަހު ގްރޭޓާ މާލޭގެ މުޅި ސަރަހައްދަށް ވަނީ ކަރަންޓު ދީފަ އެވެ.

ކަރަންޓު ކެނޑުނު މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން ސްޓެލްކޯ އިން ބުނެފައި ވަނީ، ކަރަންޓު ކެނޑުނީ އެ ކުންފުނީގެ ޖަނަރޭޓަރު ނުވަތަ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން ނޫން ކަމަށެވެ.

އިތުރަށް ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ޙައްލު ކުރުމަށް ފަހު ކަަރަންޓު ދެވުމާ އެކު، މުޅި މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ އެއް ދިމާވުމަކީ ނާދިރު ކަމެއް ކަމަށެވެ.

ގްރޭޓާ މާލޭ ސަރަހައްދުން އާދީއްތަ ދުވަހު ކަރަންޓު ކެނޑުނުއިރު، އާންމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ ތަކުލީފުތަކެއް ކުރިމަތިވި އެވެ. އެގޮތުން ގިނަ ވިޔަފާރީތަކެެއް ވަނީ ހުއްޓިފަ އެވެ. އަދި މާލެ ސަރަހައްދުގެ ގިނަ ސްކޫލުތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މާލެ އިން ކަރަންޓު ކެނޑުމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް އަންގަވައިފަ އެވެ. އޭގެ ފަހުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެކަން ހިނގި ގޮތް ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅުން ހުރި އިތުރު ތަފްސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު