Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޔަރކަމުގެ ގޮނޑި އާޒިމް ކާމިޔާބުކުރެއްވުން

އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ކަށަވަރުކުރުމަށް އާޒިމް އެދިވަޑައިގަތީ މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ދިނުމަށް

އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ދިން ގޯތިތައް ސަރުކާރަށް އެގޮތަށް ހިފަހައްޓައިގެން ނުތިބެވޭނެކަމުގެ މެސެޖު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދޭންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖެނުއަރީ 2024 | އާދީއްތަ 01:44
އިންތިޚާބީ މޭޔަރ އާދަމް އާޒިމް

އިންތިޚާބީ މޭޔަރ އާދަމް އާޒިމް

އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް ކަށަވަރުކުރުމަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ދިނުމަށް ރައްޔިތުންގެ ކިބައިން އިންތިޚާބީ މޭޔަރ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޓިކެޓްގައި ނިކުމެވަޑައިގެންނެވި އާދަމް އާޒިމް މޭޔަރކަމުގެ ގޮނޑި ކާމިޔާބުކުރެއްވުމާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް އެމްޑީޕީން ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރ ކަމުގެ ގޮނޑި ކާމިޔާބުވުމުން އެހިސާބުން އަދި ނުފުދޭކަމަށެވެ. މިހާރު މިއޮތް ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ނޫންކަމަށާއި އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވުމަށް ކުރިޔަށް އޮތް މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުން ވަރަށް މުހިންމުކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ދިން ގޯތިތައް ސަރުކާރަށް އެގޮތަށް ހިފަހައްޓައިގެން ނުތިބެވޭނެކަމުގެ މެސެޖު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދޭންޖެހޭކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހުގައި ގޮނޑިތައް އެމްޑީޕީއަށް ދިނުމުންވެސް ރައްޔިތުންނަށް ފައިދާވިކަމަށެވެ. ބައެއް މީހުން ފައިދާ ނުވާކަމަށް ބުނާކަމަށާއި ނަމަވެސް ވަކިވަކި ފަރުދަކަށް ފައިދާ ނުވިނަމަވެސް މުޅި ރައްޔިތުންނަށް ފައިދާވިކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން މާލޭގައި އުޅޭ ރައްޔިތުންނަށް ގޯތި ލިބިގެންދިޔައީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުންކަމަށާއި ރައީސަށް އެކަން ކުރަން ފަސޭހަފުޅުވީ އެހެންވެގެންކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުމަކީ މުހިންމުކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އެމްޑީޕީ ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނުން މިސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް ގޮވާލައްވާފައެވެ. އަދި އެކަން އެމަގުން ކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްއިންތިހާބީ މޭޔަރ އާދަމް އާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު