Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އަހަރު ބަދަލު ކުރާ މައްސަލަ

ދިރާސީ އަހަރު ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ސާވޭއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ހައްދަވަނީ އިތުރުފުޅު: އިހްސާން

ކޮވިޑް-19އާ ގުޅިގެން ދިމާވިތަކުން އަރައިގަތުމަށް ދިރާސީ އަހަރަށް ބަދަލުތައް ގެންނަން ޖެހުނު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 11:37
ފަށާއިރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން ވާހަކަދައްކަވަނީ

ފަށާއިރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން ވާހަކަދައްކަވަނީ

ދިރާސީ އަހަރު ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ސާވޭއާ ގުޅޭގޮތުން މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހައްދަވަނީ އިތުރުފުޅު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެމްޑީޕީގެ ތައުލީމާ ގުޅޭ ކޮމެޓީގެ ޗެއާ އިހްސާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތި ތަކުން އަރައިގަތުމަށް ދިރާސީ އަހަރަށް ބަދަލުތައް ގެންނަން ޖެހުނު ކަމަށެވެ.

Advertisement - newsAdvertisement

އިހްސާން ވިދާޅުވީ މިބަދަލުތައް ގެނައީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ކަމަށާއި، ކެބިނެޓުން ފާސްކޮށްގެން ކަމަށެވެ. އަދި ކުރިއަށް ގެންދިޔަ ދިރާސާތައްއަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވި ކެބިނެޓަށް ކަރުދާސް ހުށަހަޅާފައިވާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ކަރުދާސް ހުށަހެޅީ ވެސް 22 މުއައްސަސާއެކު މަޝްވަރާކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކާއެކު ކަމަށް އިހްސާން ވިދާޅުވިއެވެ.

ދިރާސީ އައު އަހަރު ބަދަލުކުރަން ކުރިއަށް ގެންދިޔަ ސާވޭ އަށް އިޝާރާތް ކުރައްވައި އިހްސާން ވިދާޅުވީ މިސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށާއި، އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވީ ސާވޭގައި 30،000 ބެލެނިވެރިން ބައިވެރިވި ކަމަށާއި، ސާވޭއަށް ރަނގަޅަށް ރެސްޕޮންސް ކޮށްފައިވަނީ 16441 ބެލެނިވެރިން ކަމަށެވެ. އޭގެ ތެރެއިން 8200 މީހުން ޖެނުއަރީން މަހުން ފެށިގެން ޑިސެންބަރު މަހަށް ދިރާސީ އައު އަހަރު ކުރިއަށް ގެންދަން ބޭނުންވާއިރު، 8100 މީހުން ބޭނުންވަނީ ދިރާސީ އައު އަހަރު ބަދަލު ކުރުމަށް ކަމަށެވެ. މީގެ ތެރެއިން 4500ށް ވުރެ ގިނަ ބެލެނިވެރިން ޖެނުއަރީން ޑިސެންބަރުގައި ދިރާސީ އަހަރު ފެށުމަށް ބޭނުންވަނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށްވާތީ ކަމަށް ސާވޭ ގައި ބުނެފައިވާ ކަމަށާއި، އެއީ ވެލިޑް ސަބަބެއް ނޫން ކަމަށް އިހްސާން ވިދާޅުވިއެވެ.

މިސަރުކާރުން އަނެއްކާ ވެސް ދިރާސީ އަހަރު ބަދަލުކުރަން ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށާއި، ގާތްގަނޑަކަށް 6 މަސްދުވަހުގެ ކިޔެވުން ގެއްލޭނެ ކަމަށް ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޓީޗަރުން ދަނީ ބުނަމުންނެވެ.

މި މައްސަލަ ބޮޑުވެފައިވަނިކޮށް، ކޮންމެ ފަސް އަހަރަކުން ބަދަލުވާ ވެރިކަމުގައި ދިރާސީ އަހަރު ބަދަލު ނުކުރެވޭ ގޮތަށް ހެދުމަށް ތައުލީމާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދިރާސީ އަހަރުގެ ފެށުން އޮގަސްޓަށް ބަދަލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، 2021 ވަނަ އަހަރުއެވެ. އެގޮތުން އޭރު އެގޮތަށް ނިންމީ ކޮވިޑުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިމްތިހާނުތަކަށް އައި ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ބައެއް އެދުމުގެ މަތިންނެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން މުހައްމަދު އިހްސާން ފަށާއިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު