Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ ނުރައްކާ

މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އުގޫބާތް ކަނޑައަޅަންޖެހޭ: ޚުތުބާ

އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރުކޮށް ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 08:07
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ޣައިރު މުސްލިމު ބައެއް ގައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތްދޭ ކަމަށާއި، މިރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަ ވަރަށް ވުރެ ހަރުކަށި އުގޫބާތް ކަނޑައަޅަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''މަސްތުވާތަކެތީގެ ނުރައްކާ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ ހަލްގު ކުރެއްވި އެންމެހައި މަހުލޫގުންގެ ތެރެއިން އެންމެ މާތް ކުރައްވައި މަތިވެރި ކުރައްވާފައިވަނީ އިންސާނުން ކަމަށެވެ. އެއީ އެބައިމީހުންނަށް އެކަލާނގެ ދެއްވި ބުއްދިއާއި ވިސްނުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

މާތްﷲ އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރުކޮށް ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައެވެ. އެހެންކަމުން ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ އެކަލާނގެ ހަސްރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެ ވެސް ދަށްވެގެންވާ ކަމަށާއި، ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މަސްތުވާތަކެއްޗަކީ ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެއްކިބާކޮށްލާ އެއްޗެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިޒަމާނުގެ ދިރާސާތަކުން ސާބިތުވާ ކަމަށެވެ. ހެރޮއިން އާއި ކޮކޭންފަދަ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ސިކުނޑިއަށް ރަނގަޅުނޫން މެސެޖްތަކެއް ދޭން ފަށައެވެ. އެހެންކަމުން އެމީހުންގެ ކިބައިން އާދަޔާ ހިލާފު އަމަލުތައް ފެންނަ ކަމަށާއި، ކަންބޮޑުވެ ހާސްވެގެން އަމިއްލައަށް މަރުވާ ހިސާބަށް ވެސްދާ ކަަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިހެން ދިމާވަނީ މަސްތުވާ ތަކެތި ބޭނުން ކުރުމުން ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވާތީ ކަމަށާއި، މިއީ އަލުން ފޫބެއްދޭވަރުގެ ގެއްލުމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަސްތުވާތަކެތި ބޭނުން ކުރުމުން އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ހިމަ ނާރުތަކަށް ވެސް ގެއްލުން ފޯރާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓައިލި ކަމުގައި ވިއަސް ވަރުގަދަ އީމާންކަމެއް ނެތްނަމަ އެމީހަކު އެއާ ދިމާއަށް އެނބުރި ދިއުމީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ މިއަދު އަހަރެމެންނާ ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ މަސްތުވާތަކެތީގެ ވަބާ ކަމަށެވެ. މީހަކަށް ބައްޔެއް ޖެހުމުން އެބަލިން ފަސޭހަވޭތޯ މަސައްކަތް ކުރާކަން ފާހަގަކޮށް ޚުތުބާ ބުނީ އެއާ ހިލާފަށް ވަރުގަދަ އީމާންކަމަކާއި އަޒުމެއް ނެތް މީހަކު މަަސްތުވާތަކެތީގެ އަވާގައި ޖެހިއްޖެނަމަ އެއާ ދުރަށް ދާކަށް ނޫޅޭނެ ކަމަށާއި، ލިބެމުންދާ ބޮޑެތި ގެއްލުތައް އިހުސާސް ވިޔަސް އެއާ ދުރަށް ދިއުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރާތަން ފެންނާނީ އަމިއްލަ އަތުން ތިމާގެ ނަފްސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލަން އުޅޭތަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މަސްތުވާތަކެތިި ބޭނުންކުރާ މީހަކު އެކަމަކުން ސަލާމާތްވާން މަސައްކަތް ކުރާކަން އެކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެނގޭ އިރަށް ކަންބޮޑުވެ އޭނާ އެކަމަކުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެހެން ގޮތެއް ނެތިއްޔާ އެމީހަކު މަރަން ވެސް ފަހެއް ނުޖެހޭނެ ކަމަށާއި، މިއީ ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު ކަމަށެވެ.

ޚުތުބާގައި ބުނީ ބަނގުރަލުގެ އިތުރުން މަސްތުވުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކަކީ އެއަށްވުރެ ވެސް ނުރައްކާތެރި ތަކެތި ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް އެންމެ ދުވަހަކުވެސް އޭނާ އެ ބޭނުންކުރާ މިންވަރު ނުލިބިއްޖެނަމަ ކެތްކުރަން ދަތިވާ ވަރަށް އުނދަގޫވާނެ ކަމަށެވެ.

ޚުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، މިއަދު މިގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ގިނަބަޔަކު މިވަބާގައި ޖެހި އެބައިމީހުންގެ އުންމީދުތަައް ވެއްޔާ މޮޑެވި މާޔޫސްވެފައިވާ ކަމަށެވެ. މިވަބާގައި ޖެހިފައިވާ ފަރުދަކު ނެތް އާއިލާއެއް މަދުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ތެދުވަންޖެހޭ ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރަނީ މުސްލިމް ގައުމުތަކުން އެކަނި ނޫން ކަމަށެވެ. ގައިރު މުސްލިމު ބައެއް ގައުމުތަކުގައ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތްދޭ ކަމަށާއި، މިރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަ ވަރަށް ވުރެ ހަރުކަށި އުގޫބާތް ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި މިސުންޕާ ވަބާ މުޖުތަމައުއިން ފުހެލުމަށް ތަފާތި ވަސީލަތްތައް ބޭނުންކޮށް އެންމެން ގުޅިގެން ގިނަގުނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު