Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީ ޕީއެސްޖީ އަށް އިހްތިރާމެއް ނުކުރޭ: ކުލަބުގެ ވެރިޔާ

އޭނާގެ ވޯލްޑްކަޕް ކާމިޔާބީ ފާހަގަ ކުރަން ރަސްމިއްޔާތު ނުބޭއްވީ ހާލަތު ތަންނުދޭތީވެ

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 08:51
ލިއޮނެލް މެސީ

ލިއޮނެލް މެސީ

ޕީއެސްޖީ އަށް ކުޅުނު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެކުލަބަށް އިހްތިރާމް ނުކުރާ ކަމަށް ޕީއެސްޖީން ބުނެފި އެވެ.

އެކުލަބުގެ ރައީސް އަދި ގަތަރުގެ މަހުޖަނު ނަސީރު އަލް ހެއްލައިފީ މިހެން ވިދާޅުވީ ޕީއެސްޖީއަށް ކުޅުނު ދުވަސްވަރު އެކުލަބުން ކަންތައްތައް ކޮށްފައިވަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް މެސީ ބުނަމުންދާތީ އެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ ހެއްލައިފީ ވިދާޅުވީ ޕީއެސްޖީގައި ހުރެ ނުދައްކާ ވާހަކަ ކުލަބުން ދިއުމަށްފަހު ދެއްކުން ރަނގަޅުނޫން ކަމަށެވެ. އަދި އެއީ އޭނާ އަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި މިއީ އިހްތިރާމް ނުކުރުން ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ 2022ގެ ވޯލްޑްކަޕް މެސީ ކާމިޔާބު ކުރުމުން އެކަން ފާހަގަ ކުރަން ދަނޑުގައި ރަސްމިއްޔާތެއް ނުބޭއްވުނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

ހެއްލައިފީ އިތުރަށް ވިދާޅުވީ ދަނޑުގައި ބޮޑު ރަސްމިއްޔާތެއް ނުބޭއްވުނަސް މެސީ އަށް މަރުހަބާކިޔައި ވޯލްޑްކަޕުގެ ކާމިޔާބީ ފާހަގަކުރި ކަމަށެވެ.

ނަމަވެސް މެސީ ބުނީ ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުގެ ތެރެއިން އެ ކާމިޔާބީ ކުލަބުގައި ފާހަގަކުރަން ފުރުސަތު ނުލިބުނު ހަމައެކަނި މީހަކީ އޭނާ ކަމަށެވެ.

ޕީއެސްޖީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު