Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޔާސީ މަޤާމްތައް ގިނަވުން

ފަތްކޮޅު އެރުވުމެއް ނެތި މަޤާމްތަކަށް ބޭފުޅުން އައްޔަންކުރުން ކުރިއަށް!

11 ޖެނުއަރީ 2024 | ބުރާސްފަތި 08:55

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 88 ބޭފުޅުން އެބަ ތިއްބެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 08:55
ފަތްކޮޅު އެރުވުން

ފަތްކޮޅު އެރުވުން

މިނިސްޓަރުން ފެންވަރުގެ 45 ބޭފުޅުންނެވެ. ފަހަރެއްގައި ސަރުކާރުން ބުނެފާނެއެވެ. ކެބިނެޓްގައި ތިއްބަވަނީ 22 މިނިސްޓަރުން ނޫންތޯއެވެ؟ މި އަދަދު އައި ގޮތްވެސް ދަންނަވާލާނަމެވެ. ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިތުރުން، ސީނިއާ މިނިސްޓަރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވާ ބޭފުޅަކާއި، މިނިސްޓަރު ފެންވަރުގައި އައްޔަންކުރައްވާފައިވާ 20 ބޭފުޅުން އަދި އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި 2 ބޭފުޅުންނެވެ. ހައްތަހާވެސް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 152 ބޭފުޅުންނެވެ. ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 88 ބޭފުޅުންނެވެ. މަތި ބަރެއް ނުވިއެއް ނޫންތޯއެވެ؟

މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ވަނީ އިންތިހާ އަށް އިތުރުވެފައެވެ. މަތި ލުއި ސަރުކާރެއް ދެއްކުމަށް ވީ ވައުދު ފުއްދޭ ތަނެއް ނުފެނެއެވެ. ހަމައެކަނި މީހުން ގިނައީކީ އެއް ނޫނެވެ. މަޤާމުތަކަށް އައްޔަން ކުރާ މީހުންގެ ފެންވަރު ދަށްވެފައި ސިޔާސީ ކަންކަމަށް އަލެވެ. ދައިރާގެ ތަޖުރިބާ މަދުވެފައި ތަންދޮރު ނުދަންނަ މީހުން ވެސް އެހާ ގިނަ އެވެ.

ކޮންމެއަކަސް ސިޔާސި މަޤާމުތައް ގިނަވެ އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ. އެއާ އެކު ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ. ސިޔާސީ މަޤާމްތައް މަދުކުރުމުގެ ބަދަލުގައި ކުރައްވަން ފެއްޓެވި ކަމަކީ ފަތްކޮޅު އެރުވުމަކާ ނުލާ މަޤާމްތައް ދެއްވަން ފެށުމެވެ. މި މަޤާމްތައް މިހާރު ދެއްވަމުން ދަނީ އާންމުކޮށް އިއުލާން ކުރުމަކާއި ނުލާ ސިއްރިއްޔާތުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ.

ރައީސް އޮފީހުގެ ވެބްސައިޓަށް ބަލާލުމުން ސާފުކޮށް އެނގޭ ކަމަކީ އިޢުލާން ނުކޮށް ފަތްކޮޅު އެރުވިކަން ނާންގާ އެތައް ބަޔަކު މަޤާމްތަކަށް އައްޔަންކޮށްފައިވާކަމެވެ. އެކަން އެގޮތަށް ކުރައްވާ ސަބަބެއް ސަރުކާރުން ހާމަކުރައްވާފައި ނެތް އިރު މިއީ ކުރިން އެއްވެސް ސަރުކާރުން ކުރައްވާފައިވާ ކަމެއް ނޫނެވެ.

މަޤާމްތައް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި އެމްއެންޕީ، ޕީއެންސީ، ޕީޕީއެމްގެ ބޭފުޅުން ހިމެނެއެވެ. މީގެ ކުރީގައި ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އަބަދުވެސް ފަތްކޮޅު ހަވާލުކުރައްވައެވެ. އެ އުސޫލާއި ޚިލާފަށް ސަރުކާރުން މިހާ ސިއްރިއްޔާތުގައި އެކަން ކުރާ ސަބަބާއި މެދު ސުވާލު އުފެދެއެވެ. އެއީ ސިޔާސީ މަޤާމްތައް ގިނަ ވުމުން ކިޔާ ފާޑުކިޔުން އިތުރުވެދާނެތީ ނޫންބާއޭ ހިތަށް އަރައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި ސިޔާސީ މަޤާމްތަކަށް މީހުން އައްޔަންކުރުން މަދުވާތަނެއް ނުފެނެއެވެ. އެކަން ވަނީ ހައްތަހާ އިތުރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް