Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަފުށީގެ ބިން ހިއްކުން

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކުރީ ސަރުކާރުން މެދުކަނޑާލާފައިވަނީ ވިޔަފާރިވެރިންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 01:44
ކ. ތިލަފުށި

ކ. ތިލަފުށި

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އާރބަންކޯ އިން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށްދާ ގޮތަށް، ކ.ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމައި، އެ ސަރަހައްދުގައި ބޭނުންކުރަމުންދާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އަދި ތިލަފުށީގެ އެ ސަރަހައްދަކީ އެތައް ބައިވަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކުން، އެކި އެކި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާއިރު، އެ ސަރަހައްދުގެ ބިމުގެ ބޭނުންކުރަމުންދާ މައިގަނޑު މަގްސަދަކީ، އެ ސަރަހައްދުގައި ހިމެނޭ މޫދާއި ފަޅުގެވެސް ބޭނުންހިފޭތީ ކަމަށް ބުނެފައިވެއެވެ.

އަދި އެ ވިޔަފާރިތަކުން ހިންގާ އުޅަނދުތަކުގެ މައިގަނޑު މަސައްކަތަކީ އެއްތަނުން އަނެއް ތަނަށް މުދާ އުފުލުން ކަމަށްވާއިރު، އެ ވިޔަފާރިތަކުން ބޭނުންކުރަމުންދާ ބިމުގެ ސަރަހައްދާއި މޫދާއި ދުރުވަމުންދާ ވަރަކަށް، އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެހައި އިންތިޒާމުތަކަށް ބުރޫއަރާނެ ކަމުގެ ކަންބޮޑުވުން އެ ވިޔަފާރިތަކުން ހިއްސާކޮށްފައިވާ ކަމަށެވެ.

އުޅަނދުތައް ބޭރުކުރުމަށް އަންގައި އާބަންކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކ. ތިލަފުށީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްޤީކުރުމުގެ ބޭނުމަށް އެ ރަށުގެ ޝޯލައިންގައި ހިމެނޭ ސަރަހައްދު ހިއްކުމަށް ނިންމާފައިވާ ނިންމުމަކީ ވޭތުވެދިޔަ ސަރުކާރުގެ ނިންމުމެއްކެވެ.

އެހެންނަމަވެސް، ތިލަފުށީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކުރީ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ސަރަހައްދުގެ ވަށައިގެން ހިމެނޭ މޫދު ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކޮށް، އެ ވިޔަފާރިތަކަށް އިތުރު ގޮތެއް ހޯދައިދިނުމަށްފަހު މެނުވީ އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމުގެ ވިސްނުމުގައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ހިންގި ބިން ހިއްކުމުގެ އެންމެހައި މަޝްރޫޢެއްވެސް ހިންގާފައިވާނީ، އެވަގުތަކު އެ ބިމެއްގެ ބޭނުންކުރަމުންދިޔަ ފަރާތްތަކުން އެ ބިމެއްގައި ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫނާރާނެ އުސޫލަކުންނެވެ. އަދި އެއިން ކޮންމެ މަސައްކަތެއް ހިންގާފައިވާނީ އެބިމެއްގައި އެބައެއްގެ މަސްލަހަތު ހިމެނޭ އެންމެހައި ފަރާތްތަކާ ގަވާއިދުން މަޝްވަރާކުރެވިގެން ކަމަށެވެ.

ސަރުކާރު ބަދަލުވެގެންދިޔުމާއެކު، އެ ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ވާނެ ގެއްލުމަށް ފަރުވާލެއް ބެހެއްޓުމެއް ނެތި، އަދި އެ ވިޔަފާރިތަކަށް އިތުރު މަގެއް ދެއްކުމަކާ ނުލާ، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެންގި އެންގުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި އެ ޕާޓީއިން ދެކޭކަމަށް ބުނެފައިވެއެވެ. އަދި އަރބަންކޯގެ ނިންމުން ތަންފީޒުވެގެންގޮސްފިނަމަ، ތިލަފުށީގައި މިވަގުތު ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވެގެންދާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާފައި ބޭއްވުމަށް ކުރީ ސަރުކާރުން ނިންމި ނިންމުމަކީ، އެތަނުގެ ބޭނުންކުރަމުންދާ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމަކަށްވާއިރު، އެ ނިންމުން ބަދަލުކޮށް، އެ ސަރަހައްދު ހިއްކުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރުމަށް އަރބަންކޯ އިން ކުރަމުންދާ މަސައްކަތަކީ، ރާއްޖޭގައި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ އެތައް ބައިވަރު ޙައްޤަކަށް އުނިކަން ގެނުވާނެ ކަމެއް ކަމަށްވާތީ، އަރބަންކޯގެ އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް އެ ޕާޓީގެ ފަރާތުން ގޮވާލާފައިވެއެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނީ ދިވެހި ވިޔަފާރިތަކުގެ ހިއްސާ އޮވެގެން އެ ވިޔަފާރިތައްވެސް ކުރިއަރައިގޮސްގެންނެވެ. ދިވެހި ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން ލިބިގެންނުދާނަމަ، ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެން އެކަން ވެގެންދިޔުމަކީ އެއްވެސް ސަރުކާރަކުން އެދޭނެ ގޮތެއްކަމަކަށް މި ޕާޓީއަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ތިލަފުށީގައި ހިންގަމުންދާ ވިޔަފާރިތަކަށް ގެއްލުންވެގެންދާ އުސޫލުން އެ ސަރަހައްދުގެ ބިން ހިއްކުމަށް އަރބަންކޯ އިން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލައި، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދެވޭނެ އުސޫލަކުން، ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން އެތަނާ ގުޅޭ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރަށާއި، އަރބަންކޯއަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ހަސަން އަބްދުއްރަހްމާން އެމްޑީޕީއަރބަންކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު