Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮއިންގ މަތިންދާ ބޯޓު

މަތިންދާބޯޓުން ވިއްސައިގެން ދިޔަ ބައި، ފިޒިކްސް ޓީޗަރުގެ އަތަށް!

ރައްކާތެރި ކަމާއެކު އެ ބޯޓު ވަނީ ރަންވޭގައި ޖައްސާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 01:23
ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ޖެނިފާ ހޯމްޑީ އާއި އެކު ބޮބް ސައުއާ، ބޯޓުގެ ދޮރުގެ ޕްލަގް ކައިރީގައި

ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ޖެނިފާ ހޯމްޑީ އާއި އެކު ބޮބް ސައުއާ، ބޯޓުގެ ދޮރުގެ ޕްލަގް ކައިރީގައި

ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ތަރައްޤީ ވެފައި ވާ ޤައުމުތަކުގައި ކުރާ އެއްގަމު ދަތުރުތަކަށް ވުރެ، ވައިގެ އުދުހުންތަކަކީ ދަތުރުފަތުރުކޮށް އުޅުމަށް އެންމެ ރައްކާތެރި ގޮތެވެ. ނަމަވެސް އޭގެ މާނައަކީ، ވައިގެ އުދުހުންތަކުގެ ސިނާޢަތުގައި ޙާދިޘާތަކެއް ނުހިނގާނެ ވާހަކައެއް ނޫނެވެ. ދަތުރުކޮށް އުޅޭ މިންވަރާ އަޅާ ބަލާއިރު ވައިގެ އުދުހުންތަކުގެ ސިނާޢަތުގައި ހިނގާ ޙާދިޘާތަކުގެ ޢަދަދު މަދު ކަމާއެކު، އެފަދަ ޙާދިޘާތަކަށް ލިބޭ ސަމާލުކަންވެސް ބޮޑެވެ. އެފަދަ ބައެއް ހާދިޘާތަކަކީ ޝަޢުޤުން ފުރިގެން ވާ އެތައް ކަމަކާ ގުޅިފައި އޮންނަ ޙާދިޘާތަކަކަށްވެސްވެއެވެ. މިއީވެސް އެފަދަ ޙާދިޘާއެކެވެ.

މީލާދީ އައު އަހަރަކަށް ފެށި، ފުރަތަމަ ހަފުތާ ނުނިމި އުޅެނިކޮށް އިވުނު އެއް ޚަބަރަކީ އެމެރިކާގެ އެލަސްކާ އެއަރލައިންސްގެ މަތިންދާބޯޓެއްގެ ބައެއް، ދަތުރުމަތީގައި އޮއްވާ ނައްޓައިގެން ދިޔަ ޚަބަރެވެ. ބިމުގެ ސަތަހައަށްވުރެ 16000 ފޫޓު މަތިން ދަތުރު ކުރަމުން ދަނިކޮށް ބޯޓުގެ ބައެއް ނައްޓައިގެން ދިޔަ ކަމުގައި ވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނަ ނުގެއްލި، ރައްކާތެރި ކަމާއެކު އެ ބޯޓު ވަނީ ރަންވޭގައި ޖައްސާފައެވެ. ޖެނުއަރީ 5 ވީ ހުކުރު ދުވަހުގެ ޙާދިޘާއާ ގުޅިގެން އެންމެންގެ ސަމާލުކަން ހުއްޓުނީ އެ ބޯޓުން ނައްޓައިގެން ނުވަތަ ވިއްސައިގެން ދިޔަ ބަޔަށެވެ.

ބޮބް ސައުއަރ އަކީ ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ މީހެކެވެ. އޭނާ ދިރިއުޅޭ ގޭގެ ވަލުފަރާތޭ ކިއާ ހިސާބަކީ ގަސްބޯވެފައި އޮތް ބަގީޗާއެކެވެ. ޖެނުއަރީ 7 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ޓޯޗު ބައްތިއެއް ހިފައިގެން ސައުއަރ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ ފަހަރެއްގައިވެސް އޭނާއަށް އެ ފެނުނު ފަދަ އެއްޗެއް ފެންނާނެ ކަމުގެ އުންމީދަކު ނޫނެވެ. ޓޯޗުން އަލިކުރަމުން ދަނިކޮށް، ގަސްތަކުގެ ރެއިން ހުދު ވިދުމެއް ހުރި އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މީގެ ކުރިން އެތަނުން ފެންނަ އެއްޗެއް ނޫނެވެ. އާނ އެކެވެ. އެއީ އެލަސްކާ އެއަރލައިންސްއިން ޖެނުއަރީ 5 ވަނަ ދުވަހު ދުއްވަމުން ދިޔަ ބޮއިންގް 737 މެކްސް 9 މަރުކާގެ މަތިންދާބޯޓުން ވިއްސައިގެން ދިޔަ ބައެވެ.

ބޯޓުން ބައެއް ވިއްސައިގެން ދިއުމާއެކު ކެބިންގެ ޕްރެޝަރުވެއްޓި، އެންމެ ކައިރީގައި އޮތް އެއަރޕޯޓަށް، ކުއްލި ޙާލުގައި ބޯޓު ޖެއްސިއެވެ. ޙާދިޘާ ތަޙުޤީޤު ކުރަމުން ދާ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އޮރެގަންގެ ސީޑަރ ހިލްސް ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެއީ ބޯޓުން މަދުވާ ޑޯ-ޕްލަގް ހޯދުމަށެވެ. ޙާދިޘާގެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށްޓަކައި، އެއީ އިންތިހާއަށް މުހިންމު ބަޔަކަށް ވާތީއެވެ.

ސައުއަރއަށް ފެނުނީ އެ ބުނާ މިޑް-ކެބިން ޑޯ-ޕްލަގްއެވެ. އެއީ ގިނަ ފަސެންޖަރުން އުފުލާ ފެންވަރަށް ބޯޓު އަޕްގްރޭޑް ކުރުމާއެކު ބޯޓުގައި ހަރުކުރާ އެމަރޖެންސީ އެގްޒިޓް ނުވަތަ ކުއްލި ޙާލަތުގައި ނުކުންނަން ބޭނުން ކުރާ ދޮރު ހަރުކާ ޖާގައިގައި ހަރުކޮށްފައި ހުންނަ ބަދަލު ދޮރެކޭވެސް ބުނެވިދާނެއެވެ.

ސައުއަރގެ ބަގީޗާއިން ފެނުނު ބައި މިހާރު ވަނީ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ)ގެ ވޮޝިންގްޓަން ލެބަށް ފޮނުވާފައެވެ.  

ސައުއަރ ބުނާ ގޮތުގައި އޭނާގެ ބަގީޗާގައި ހުރި ގަސްތަކަކީ، މަތިންދާ ބޯޓުން ވިއްސައިގެން ދިޔަ ބަޔަށް ގެއްލުމެއް ނުވެ ސަލާމަތްކޮށްދިން އެއަރބޭގްއެވެ.

ސައުއަރ އަކީ ސައެންސްގެ ދާއިރާއަށް ޚާއްޞަ ޓީޗަރެކެވެ. ޙާދިޘާ ހިނގިއިރު އޭނާގެ ދަރިވަރުންނަށް ސައުއަރ ކިޔަވައިދެމުން ދިޔައީ ފިޒިކްސްގެ އުސޫލީ ނަޒަރިއްޔާގެ ތެރޭގައި ހިމެނޭ އިމްޕަލްސް އެންޑް މޮމެންޓަމްއެވެ. އިމްޕަލްސް-މޮމެންޓަމް ނަޒަރިއްޔާ ބުނާ ގޮތުގައި އެއްޗެއްގެ ހަރަކާތަށް އަންނަ ބަދަލުގެ ހަކަތައަކީ އެ އެއްޗަކަށް ލާ ބާރުގެ ހަރަކާތާ އެއްވަރު އެއްޗެކެވެ. ޖެނުއަރީ 5 ވަނަ ދުވަހުގެ ޙާދިޘާއާ ގުޅިގެން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބޮއިންގް 737 މެކްސް 9 މޮޑެލްގެ މަތިންދާބޯޓުތައް އުދުހުން ވަގުތީ ގޮތުން މަނާކޮށް، އެ މޮޑެލްގެ ބޯޓުތައް ގްރައުންޑްކޮށްފައެވެ.

ބޮއިންގް 737 މެކްސް 9 އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު