Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯޖު ކްލޫނީ

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

އެދެމަފިރިންނަށް ލިބިފައިވަނީ އެއް މާބަނޑު ދެކުދިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 30 ޖުލައި 2017 | އާދީއްތަ 08:12
ޖޯޖު ކްލޫނީ އާއި އާމާލް ކްލޫނީ

ޖޯޖު ކްލޫނީ އާއި އާމާލް ކްލޫނީ

ޖޯޖު ކްލޫނީގެ ދެ ދަރިންގެ ފޮޓޯ ނެގި ފޮޓޯގްރާފަރުންނާއި ފޮޓޯ އާންމުކުރި މެގެޒިންއާ މެދު ދައުވާ ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

"އޯޝަން އިލެވެން"ގެ އެކްޓަރ ޖޯޖު ކްލޫނީ ބުނީ، ފްރާންސްގެ މެގެޒިން އެއް ކަމުގައިވާ "ވޮއިސީ" ގެ ފޮޓޯގްރާފަރުން، އޭނާގެ ގެ ހުންނަ ސަރަހައްދުގައި އިން ގަހަކަށް އަރައި، އޭނާގެ ދަރިންގެ ފޮޓޯތަކެއް ހުއްދަ އާއި ނުލާ ނެގި މައްސަލައަށް ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅާ ބަލާނެ ކަމަށެވެ. އޭނާގެ ކުޑަ ދެ ކުދިންގެ ރައްކާތެރިކަމަށް އެދޭ ކަމަށްވެސް ކްލޫނީ ވަނީ ބުނެފަ އެވެ.

ކްލޫނީ އާއި އޭނާގެ އަންހެނުން ކަމުގައިވާ އިންސާނީ ހައްގުތަކާއި ގުޅޭ ގާނޫނީވަކީލު އާމާލަށް އެއްމާބަނޑު ދެކުންދިން ލިބިފައިވާ ކަން އިއުލާނުކޮށްފައިވަނީ ޖޫން މަހު އެވެ. އެދެމަފިރިންނަށް ލިބިފައިވަނީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެދެކުދިންނަށް ކިޔާވާފައިވަނީ އެލްގްޒެންދްރާ އާއި އެލާ އެވެ.

މިދިޔަ ހުކުރު ދުވަހު ވޮއިސީ އިން ވަނީ އާމާލް އާއި ޖޯޖު ކްލީގެ ފޮޓޯތަކެއްް އާންމުކޮށްފަ އެވެ. ސްވިމް ވެޔަރގައި ދެމަފިރިން ތިބި އިރު ދެ މީހުން ދެކުންދިން އުރައިގެން ހުރި މަންޒަރު ފޮޓޯއިން ފެނެ އެވެ.

ޖޯޖު ކްލޫނީގެ ދެ ކުދިންގެ ފޮޓޯ އާންމުކުރުން އެމަކާ ހިންހަމަނުޖެހުން ފާޅުކޮށްފައިވާ އިރު މިކަމާ ގުޅޭ ގޮތުން ވޮއިސީ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެެވެ.

ޖޯޖް އާއި އާމާލް އަަށް ލިބުނު އެއްމާބަނޑު ދެކުދިންނަކީ މިދެމަފިރިންގެ ފުރަތަމަ ދެ ދަރިންނެވެ. މިދެމީހުން ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރު، އިޓަލީގެ ވެނިސްގަ އެވެ. އެ ހަފްލާގައި ދުނިޔޭގެ ނަން މަޝްހޫރު ސެލެބްރިޓީން ވަނީ ބައިވެރިވެފަ އެވެ. ކައިވެންޏަށްފަހު ދެމަފިރިން ދިރިއުޅެމުންދަނީ ވަރަށް ޕްރައިވެޓް ދިރިއުޅުމެކެެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
08 އޮކްޓޯބަރު 2017

ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި

08 އޮކްޓޯބަރު 2017
ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން  ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި
04 ސެޕްޓެމްބަރު 2017

ވިހޭތާ 3 މަސްފަހުން އަމާލް ކްލޫނީ ރެޑް ކާޕެޓައް

04 ސެޕްޓެމްބަރު 2017
ވިހޭތާ 3 މަސްފަހުން އަމާލް ކްލޫނީ ރެޑް ކާޕެޓައް
11 ޖުލައި 2017

ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ

11 ޖުލައި 2017
ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު