Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓި ކައުންސިލް

މާލެ ސިޓީ ކައުންސިލަށް ބޭނުންވަނީ ޓާސްކް މާސްޓަރެއް، އެއީ އާޒިމް - މާރިޔާ

10 ޖެނުއަރީ 2024 | ބުދަ 10:09

މާލެ ސިޓީގެ މައްސަލަތަކަށް ހައްލު ގެނެވޭނީ އާޒިމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޖެނުއަރީ 2024 | ބުދަ 10:09
މާލެ ސިޓީގެ އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް އާދަމް އާޒިމް ކެމްޕޭންގައި މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

މާލެ ސިޓީގެ އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް އާދަމް އާޒިމް ކެމްޕޭންގައި މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މާލެ ސިޓީ ކައުންސިލަށް ބޭނުންވަނީ ޓާސްކް މާސްޓަރެއް، ކަމަށާއި، އެ ބޭފުޅަކީ އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް އާދަމް އާޒިމް ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވަޑައިގެން މާރިޔާ ވިދާޅުވީ ޕީޕީއެމް ޕިއެންސީއަށް ނިސްބަތްވާ ބެފުޅުން އަދި އެއްވެސް ޕާޓިއަކަށް ނސިްބަތް ނުވާ ފަރާތްތައް ނުކުމެ އާޒިމްއަށް ވޯޓުދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ މާލެ ރައްޔިތުން، މާލެ ސިޓީއަށް ބޭނުންވެގެން އުޅެނީ ޓާސްކް މާސްޓަރެއް ކަމަށާއި، އެއީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކަމަށެވެ. މާރިޔާ ވިދާޅުވީ ބޭނުން ވަނީ ނުކުމެ ކަންކަން ކުރާނެ މީހަކު ހޮވަން ކަމަށެވެ.

Advertisement - newsAdvertisement

އަދި އެމްޑީޕީން ނުކުމެ ވާދަކޮށް ކަންކަން ކުރައްވާފައިވާ ކަމަށާއި، އެކަން ކުރެއްވޭނީ ވެސް އާޒިމަށް ކަމަށެވެ. މީގެ އިތުރުން އާޒިމަކީ އެމްޓީސީސީގައި ހުންނެވި އިރު ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އާޒިމަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކަންކަން ކުރެއްވޭނެ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ މާލެ ސިޓީއަށް ހައްލު ގެންނަން ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށާއި، އެގޮތުން މާލޭގެ ޕާކިންގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށެވެ. މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު، މާލޭގެ އެކި ތަންތާގައި ގެނެސް ޕާކިންއޭ ކިޔައިގެން ބާ ދަނގަޑަށް ވެސް ނުކިރޭ ސާމާނު ގެނެސްފައި ހުރި ކަމަށެވެ. އޭގެ ބޭނުން ނުކުރެވޭ ކަމަށާއި، ޕާކިން މައްސަލަ އިތުރަށް ގޯސްވެ ސިޓީ ކައުންސިލުން ކަންކަން ކޮށްފައި ހުރި ގޮތުގެ ވާހަކަ މިހާރު ރައްޔިތުން ދައްކާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އާޒިމް އެ ވިދާޅުވަނީ ޕާކިން ސްލޮޓް ހޯދަން މީހުން ކަންކުރަން ޖެހުނު ގޮތްކަމަށް މީހުން ދެއްކި ވާހަކަތައް ކަމަށާއި، މާލޭގެ މާރުކޭޓުތަކުގައި ދިވެހިން މަދުކަމާއި، މިހެން ގޮސް ހައްލުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

މާރިޔާ ވިދާޅުވީ މިކަންކަން ހައްލުކުރަން ބޭނުންވަނީ ޓްރާންސްޕޭރެންޓްކޮށް ހިންގާނެ ފަރާތެއް ކަމަށެވެ. މީގެ އިތުރުން ޒުވާނުންގެ ކަންކަމުގައި ސިޓީ ކައުންސިލުގައި ވާހަކަ ދައްކާނެ މީހަކު ނުހުންނަ ކަމަށާއި، ނަމަވެސް އާޒިމް އާއެކީގައި ޒުވާނުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް އާޒިމް ވިދާޅުވާއިރު އެ ކަންކަން މިހާރުވެސް ފެނިގެންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދަންނަ މީހުންނާއި ގުޅާލައިގެން ކަންކަން ކުރުމުގެ އުސޫލު ނައްތާލާނެކަމަށް އާޒިމް ވިދާޅުވާ އިރު، އެއީ އެންމެ ކަމުދާ އެއްކަންތައް ކަމަށެވެ. މިފަދަ ކަންކަމަކީ ރައްޔިތުންނަށް ހިދުމަތް ލިބުމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށް ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް