Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނަށް ބިންހެލުމެއް އައުން

ޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ

ސީއޮފް ޖަޕާން ކައިރިން އެއްގަމަށް މިއަދު އައި ބިންހެލުމުގައިވެސް ގެއްލުންތަކެއްވަނީ ލިބިފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2024 | އަންގާރަ 13:09
ޖެނުއަރީ 1 ވަނަ ދުވަހު ޖަޕާން އަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެއެއް

ޖެނުއަރީ 1 ވަނަ ދުވަހު ޖަޕާން އަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެއެއް

ޖެނުއަރީ 1ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުން އަރައިނުގަނެވިގެން އުޅެނިކޮށް ޖަޕާނަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޖަޕާންގެ މޫސުމާބެހޭ އޭޖެންސީން ބުނެފައިވާގޮތުގައި 6ގެ ބާރުމިނުގައި މިއަދު ބިންހެލުން އައީވެސް ކުރިން ބިންހެލުން އައި ސެންޓްރަލް ސަރަހައްދަށެވެ. ސީއޮފް ޖަޕާން ކައިރިން އެއްގަމަށް އައި ބިންހެލުމުގައިވެސް ގެއްލުންތަކެއްވަނީ ލިބިފައެވެ. ނަމަވެސް މިއަދުގެ ބިންހެލުމާއި ގުޅިގެން ސުނާމީ ގެ އިންޒާރު ނެރެފައެއް ނުވެއެވެ. އަދި މަރުވި ނުވަތަ އަނިޔާވި މީހުންގެ ތަފްސީލްތައްވެސް އަދި ހާމައެއްނުވެއެވެ.

7.6ގެ ބާރުމިނުގައި ޖަނަވަރީ 1ވަނަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 203ށް އަރާފައެވެ. ގެއްލުނު މީހުންގެ އަދަދުވަނީ 120ން 102ށް ދަށްވެފައެވެ.

އައު އަހަރު ފެށުނު ދުވަހު އައި ބިންހެލުމުގައި ނޯޓޯ ޕެނިންސުލާއިން ގިނަ އިމާރާތްތަކެއް ވެއްޓި އަދި ގިނަމަގުތަކަކާ ބްރިޖް ތަކެއްވަނީ ހަލާކުވެފައެވެ. މިދުވަސްކޮޅަކީ އެހިސާބަށް މޫސުން ގޯސް ދުވަސްކޮޅެއްކަމުން އެހީގެ ތަކެތި ފޯރުކޮށް ދިނުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ބިންހެލުމުގެ ސަބަބުން ގުޅުން ކެނޑިފައިވާ ސަރަހައްދުތަކުގައި އެހީއަށް  ޖެހިފައިވާ 3،500އެއްހާ މީހުން އެބަތިބިކަމަށް ޚަބަރުލިބެއެވެ.

ބިންހެލުމާއި ގުޅިގެން ސަރުކާރުން 400އެއްހާ ވަގުތީ ހިޔާ ގާއިމްކޮށްފައިވާއިރު އެތަންތަނުގައި 30،000އެއްހާ މީހުން އެބަތިބިކަމަށާ އެމީހުންނަށް ކާބޯތަކެއްޗާ އެހެންވެސް ޒަރޫރި އެހީ ފޯރުކޮށްދިނުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. 60،000ގޭބިސީ އަށް ސަޕްލައިފެން ނުލިބޭއިރު 15،600އެއްހާ ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށް އޭއެފްޕީ އިން ރިޕޯޓް ކޮށްފައިވެއެވެ.

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ އަންގާރަދުވަހުވަނީ ކެބިނެޓާ ބައްދަލް ކުރަވާ އެހީގެ މަސައްކަތް ހަލުއި ކުރުމަށް އަންގަވާފައެވެ. އަދި ވަކިވެފައިވާ ސަރަހައްދު ތަކަށް ޚާއްސަ ސަމާލުކަމެއްދީ އިހުގެ ހާލަތަށް އަވަހަށް ދެވޭތޯ ބެލުމަށް އަންގަވާފައިވެއެވެ.  

އިތުރަށް ކިޔާލަން

29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
09 މެއި 2017

ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ

09 މެއި 2017
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު