Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާޒިމާ ލޯނު ނުދައްކަވާ މައްސަލަ

ކޯޓަށް އަދި ހުށަހެޅިފައިނެތަސް، އާޒިމާ ދައްކަވަންޖެހޭ 1.5 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރުމަށް ދަނީ ތައްޔާރުވަމުން

އެފަދަ މައްސަލައެއް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިނުވާކަމަށް އެ ކޯޓުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2024 | އަންގާރަ 08:40
އާޒިމާ ޝަކޫރު

އާޒިމާ ޝަކޫރު

މާލޭސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރަށް ފްލެޓު ގަންނަން ކުންފުންޏަކުން ދިން ފައިސާ ނުދައްކައިގެން އަދި ސިވިލް ކޯޓުގައި ދައުވާއެއް ހުށަހެޅިފައި ނެތްނަމަވެސް، ފްލެޓު ގަންނަން ކުންފުނިން ދިން 1.9 މިލިއަން ރުފިޔާ ނުދައްކަވައިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ފަށައިފިއެވެ.

ސިވިލް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ 2024 ޖެނުއަރީ 4 ވަނަ ދުވަހު ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއްކަމަށްވާ "ދައުރު ނިއުސް" ގައި "އާޒިމާ ފްލެޓު ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ ޚަބަރަށް އަލިއަޅުވާލާފައެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުން ބުނީ، ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ޕްލެޓިނަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ ޙުކުމް 9 ޖެނުއަރީ 2024 ގައި ސިވިލް ކޯޓުގައި ތާވަލު ކޮށްފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވާއިރު، އެފަދަ މައްސަލައެއް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިނުވާކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައި ބުނެއެވެ.

އޭގެ އިތުރުން، މައްސަލައިގެ ލިޔެކިޔުންތަކެއްކަމަށް ބުނެ ދައުރު ނޫހުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަކީ ސައްޙަ ލިޔެކިޔުންތަކެއް ނޫންކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.

ސިވިލް ކޯޓުން ވަނީ ރައްޔިތުންްގެ މެދުގައި ކޯޓާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ސައްޙަ ނޫން ލިޔެކިޔުންތައް ތައްޔާރުކޮށްގެން ކޯޓުގެ އަގުވެއްޓޭގޮތަށް އަމަލުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިއީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަމަލުތަކެއް ކަމުގައި ބަލައި، އެ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ.

ދައުރު ނޫހުން ވެސް ވަނީ މި މައްސަލައާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ޚަބަރުގެ އަސާސެއްކަމުގައި ބަލާފައިވަނީ ޕްލެޓިނަމް ކުންފުނީގެ ލޯ ފާރމް "ޗެމްބާޒް އިން" ގެ ފަރާތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ކަމަށާއި، އެ ލޯފާރމްގެ ވަކީލަކު ލިޔެކިޔުންތަކެއް ފޯޖުކުރި މައްސަލަ ލޯފާރމްގެ ފަރާތުން މިހާރު ފުލުހަށް ވެސް ހުށަހަޅާފައިވާކަަމަށް ދައުރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅި ދައުވާ ފޯމާއި، ކޯޓުގެ އަޑުއެހުމަށް ކިޔާފައިވާ ޗިޓުގެ ކޮޕީ ހިމެނެއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ނިންމި ނަމަވެސް، އެ ދައުވާ އަދި ކޯޓަށް ހުށަހަޅާފައިނުވާ ކަމަށާއި، އަދި މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ބުނެ އެ ލޯފާމްގެ އިސްވެރިންނާ ހަވާލުކޮށް ނޫހަށް ރައްދުކޮށްފައިވާ ލިޔެކިޔުންތަކަކީ ގާނޫނީ ވަކީލް އަމިއްލައަށް ތައްޔާރުކޮށްފައިވާ ފޯޖްޑް ލިޔުމެއްކަން ހާމަވެފައިވާކަމަށް ވެސް ދައުރު ނޫހުން ބުނެއެވެ.

އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް ޕްލެޓިނަމް ރިއަލް އެސްޓޭޓުގެ ފަރާތުން ޗެމްބާޒް ލޯފާރމް މެދުވެރިކޮށް ކުރަމުންގެންދާކަމަށް ވެސް އެ ލޯ ފާރމުން ކަށަވަރު ކޮށްދެއެވެ. އެގޮތުން އާޒިމާ ދައްކަވަން ޖެހޭ ކަމަށް ޕްލެޓިނަމް ރިއަލް އެސްޓޭޓުން ބުނާ ފައިސާ އާޒިމާގެ އަތުން ހޯދުމަށް އޭނާއާ ދެކޮޅަށް މަދަނީ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު އެ ލޯ ފާމުން ކުރަމުންގެންދާކަމަށް ލޯ ފާރމާ ޙަވާލާދީ ދައުރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު