Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ގައުމުތަކާއެކު އޮންނަ ގުޅުމަށް އަސަރުކުރުމަކީ ފަތުރުވެރިކަމުގެ މާކެޓަށް ވެސް އަސަރުކުރާނެ ކަމެއް - ޑރ.މައުސޫމް

9 ޖެނުއަރީ 2024 | އަންގާރަ 03:22

ފަތުރުވެރިކަމުގެ ގުޅުންތައް މިހާރަށް ވުރެ ރަނގަޅުވާ މަންޒަރު ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ.މައުސޫމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޖެނުއަރީ 2024 | އަންގާރަ 03:22
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ސަރުކާރާއި ފަރުދީ ފެންވަރުގައި ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ ދުޅަހެޔޮ ފަތުރުވެރިކަމަކަށް އޮންނަ ބިންގާ ކަމަށާއި އެހެންކަމުން ގައުމުތަކާއެކު އޮންނަ ގުޅުމަށް އަސަރުކުރުމަކީ ފަތުރުވެރިކަމުގެ މާކެޓަށް ވެސް އަސަރުކުރާނެ ކަމެއްކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.މައުސޫމް ވިދާޅުވީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދާއި ރައްޔިތުންނާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުމަކީ ފަތުރުވެރިކަމަށް މުހިންމު ގުޅުމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް އަސަރުކުރުމަކީ ފަތުރުވެރިކަމުގެ މާކެޓަށް ވެސް އަސަރުކުރާނެ ކަމެއްކަން ޑރ.މައުސޫމް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިންޑިއާ އަކީ ނިމިދިޔަ 4 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ލީޑް މާކެޓްކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ އެ މާކެޓަކީ އަދިވެސް އިތުރަށް ކުރިއެރުމުގެ ފުރުސަތު އޮތް މާކެޓެއް ކަމަށެވެ. އަދި އިންޑިއާގެ މާކެޓަކީ ހޭދަކުރުމުގެ ހަކަތަ ވަަރަށް ބޮޑަށް އޮތް ޤައުމެއް ކަމަށް ވެސް ޑރ.މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަތުރުވެރިކަމުގެ ވިޝަނަކީ ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ފަތުރުވެރިކަަމަށް ފައިދާވާނެ ވިޝަނެއް ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ އާއި އިންޑިއާގެ ބޮޑުވަޒީރަށް މަލާމަތްކޮށް ދަށު ދަރަޖައިގެ ވާހަކަތަކެއް ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރުގެ ސަރުކާރުން އެކަމާއި މާބޮޑު އިޖާބައެއް ދޭތަން ފެނިގެން ނުދާ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ޑރ.މައުސޫމް ވިދާޅުވިއެވެ. ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވީ ސުލްހަވެރިކަމާއެކު ކުރިއަށް ގޮސް ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުންތައް މިހާރަށް ވުރެ ރަނގަޅުވާ މަންޒަރު ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޖޫން 2017

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

04 ޖޫން 2017
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
18 މެއި 2017

ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު

18 މެއި 2017
ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު
14 މެއި 2017

އަލީީ ހަމީދުގެ "ކޮފީ އެޅުނު" މައްސަލަ ކްރިމިނަލް ކޯޓުގައި އުމަގުވެފައި އޮންނަތާ ތިން އަހަރު!

14 މެއި 2017
އަލީީ ހަމީދުގެ "ކޮފީ އެޅުނު" މައްސަލަ ކްރިމިނަލް ކޯޓުގައި އުމަގުވެފައި އޮންނަތާ ތިން އަހަރު!
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް