Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާސީ އަހަރަށް ގެނައި ބަދަލު

2023ގެ ފަހު ޓާމް ނިމޭނީ އެޕްރީލްގައި، މިއަހަރުގެ ދިރާސީ އަހަރު ފެށޭނީ މެއި މަހު

2024/2025 ގެ ދިރާސީ އައު އަހަރު 26 މެއި 2024ން ފެށިގެން 20 ފެބްރުއަރީ 2025ށް ކުރިއަށް ގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖެނުއަރީ 2024 | އަންގާރަ 03:04
ސްކޫލް ދަރިވަރުންތަކެއް

ސްކޫލް ދަރިވަރުންތަކެއް

2023 ވަނަ އަހަރުގެ ފަހު ޓާމް ނިމޭނީ އެޕްރީލްގައި ކަމަށާއި، މިއަހަރުގެ ދިރާސީ އަހަރު ފެށޭނީ މެއި މަހުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިސްލާހުކޮށް ނެރެފައިވާ 2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި ބުނެފައިވަނީ ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. ކުރިން ދެވަނަ ޓާމުގެ ކިޔެވުން ނިމޭގޮތަށް އޮތީ 13 ޖޫން 2024 ގައެވެ. މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އައު އަހަރު ފެށީ 8 އޮގަސްޓް 2023 ގައެވެ.

2023/2024 ގެ ދެ ވަނަ ޓާމް 7 ޖެނުއަރީ 2024ން ފެށިގެން އޭޕްރީލް 30 ވަނަ ދުވަހަށް ނިންމުމަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި 2024/2025 ގެ ދިރާސީ އައު އަހަރު 26 މެއި 2024ން ފެށިގެން 20 ފެބްރުއަރީ 2025ށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

2025 ގެ ދިރާސީ އައު އާހަރު 9 މާޗް 2025 އިން ފެށިގެން 18 ޑިސެމްބަރު 2025ށް ގެންދާގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

މީގެ އިތުރުން 2024/2025ގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްކުރަން ޖެހޭނީ 22 މެއި 2024 ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 26 މެއި 2024 ގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިން ފަށާގޮތަށް އޮތީ 31 ޖުލައި 2024 ގައެވެ.

ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލު ގެނެސްފައި މިވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީގައި ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދިރާސީ އަހަރުގެ ފެށުން އޮގަސްޓަށް ބަދަލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، 2021 ވަނަ އަހަރުއެވެ. އެގޮތުން އޭރު އެގޮތަށް ނިންމީ ކޮވިޑުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިމްތިހާނުތަކަށް އައި ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ބައެއް އެދުމުގެ މަތިންނެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު