Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންުޔާހޫގެ އިންޒާރެއް

އިސްރާއީލުގެ ކޮންޓްރޯލް ބޭސްއަށް ހަމަލާދިނުމުން ހިޒްބުالله އަށް ނަތަންޔާހޫ އިންޒާރު ދީފި

8 ޖެނުއަރީ 2024 | ހޯމަ 07:03

އިސްރާއީލުން ބުނީ ހަމާސްއާއި ހިޒުބުﷲ ފަދަ ޖަމާޢަތްތައް ވުޖޫދުން ފުހެލާނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 ޖެނުއަރީ 2024 | ހޯމަ 07:03
އިސްރާއީލްގެ ކޮންޓްރޯލް ބޭސްގައި ސިފައިން ހަރަކާތްތެރިވަނީ

އިސްރާއީލްގެ ކޮންޓްރޯލް ބޭސްގައި ސިފައިން ހަރަކާތްތެރިވަނީ

އިސްރާއީލުގެ ކޮންޓްރޯލް ބޭސްއަށް ހަމަލާދިނުމުން ހިޒްބުالله އަށް ނަތަންޔާހޫ އިންޒާރު ދީފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ނައްތާލުމާއި ރަހީނުކުރި އިސްރާއީލުގެ ހުރިހާ މީހުން އެނބުރި ގައުމަށް ގެނައުން ފަދަ "ހުރިހާ މަގްސަދުތަކަކަށް" އިޒްރޭލުން ވާސިލްވެވެންދެން ޣައްޒާގެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި އޭނާ ބުނީ ހަނގުރާމައިގެ ކާމިޔާބީ ލިބޭނީ އަމާޒަށް ވާސިލްވެ، އުތުރާއި ދެކުނުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އެއްބައެއްގެ ގޮތުގައި އަނބުރާ ގެނައުމުން ކަމަށެވެ.

އަދި ލުބުނާނުގެ ހިޒްބުالله ޖަމާއަތަށް އިންޒާރު ދެމުން އޭނާ ބުނީ ހަމާސް އިން މީގެ ކުރީ މަސްތަކުގައި ދަސްކުރި ކަންކަން މިހާރުވެސް ދަސްކުރަން ޖެހޭ ކަމަށެވެ.

އަދި އެއްވެސް ޓެރަރިސްޓަކީ ދިފާއީ ބާރެއް ނޫން ކަމަށާއި ރައްޔިތުންގެ ދިފާއުގައި އަދި ޚާއްޞަކޮށް އުތުރުގެ ރައްޔިތުން ރައްކާތެރިކަމާއެކު ގެއަށް ފޮނުވާލުމަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ އުތުރުގައި ހުންނަ އެއާ ޓްރެފިކް ކޮންޓްރޯލް ކުރާ ނާޒުކު މަރުކަޒަކަށް މީގެ އެއް ދުވަސް ކުރިން ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ހަމަލާދިން ކަން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ގަބޫލުކޮށްފައެވެ.

މި ބޭސް ހުންނަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ މައުންޓް މެރޮންގަ އެވެ.

ހޮނިހިރު ދުވަހު ހިނގި ބެރޭޖުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަސްކަރިއްޔާއިން ދީފައި ނުވާއިރު، އިސްރާއީލުގެ ވައިގެ ދިފާއީ ބާރުތަކަށް ބުރޫނާރާއޮތީ ބެކަޕް ސިސްޓަމްތައް ގާއިމްކޮށްފައި އޮތުމުން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ޗީފް ސްޕޯކްސްޕާސަން ޑެނިއަލް ހަގާރީ ވިދާޅުވީ މިފަދަ ހަމަލާތައް ހުއްޓުވުމަށް ޓަކައި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހަގާރީ އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު އިސްރާއީލުން ހިޒްބުالله ގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީ ހަތް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

މި ހަމަލާއަކީ ފާއިތުވި މަސްތަކުގައި ހިޒްބުالله އިން ދިން އެންމެ ސީރިއަސް އެއް ހަމަލާއެވެ.

ހިޒްބުالله އިން ސިފަކުރާ ގޮތުގައި އެ ގައުމުގެ ރޮކެޓް ބެރޭޖަކީ މިދިޔަ ހަފުތާގައި އިސްރާއީލުން ހިންގި ކަމަށް ބެލެވޭ ހިޒްބުاللهގެ ބާރުގަދަ އަވަށެއްގައި ހަމާސްގެ އިސް ލީޑަރަކަށް އަމާޒުކޮށް ދިން ހަމަލާގައި އޭނާ މަރާލުމާ ގުޅިގެން ދިން "އިބްތިދާއީ ޖަވާބެއް" ގެ ގޮތުގައި ދިން ހަމަލާއެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު

06 ނޮވެމްބަރު 2017
ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު
17 އޯގަސްޓު 2017

ހިޒްބުލް މުޖާހިދީންނަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

17 އޯގަސްޓު 2017
ހިޒްބުލް މުޖާހިދީންނަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
14 ޖޫން 2017

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

14 ޖޫން 2017
ފިލިޕީންސްގެ މަރާވީގެ  ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
20 މެއި 2017

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް