Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ނޫސްވެރިންނަށް ފިއްލެވުން

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ރައީސް ނޫސްވެރިންނާއި ބައްދަލުނުކުރެއްވީ އިންޑިއާ މައްސަލައިގައި ސުވާލުކޮށްފާނެތީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2024 | އާދީއްތަ 22:50
ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އެއަރޕޯޓުގައި

ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އެއަރޕޯޓުގައި

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިސް 3 ޑެޕިއުޓީއަކު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ޕޯސްޓްކުރި މައްސަލަ ހޫނުވެފައިވަނިކޮށް، ނޫސްވެރިންނަށް ފިއްލަވާ ރައީސް ޗައިނާއަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން، އެއަރޕޯޓުން އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރާނެކަން ހާމަކޮށް، ނޫސްވެރިން އެތަނަށް ގެންދިޔައެވެ. ރައީސް އޮފީހުން ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އާދީއްތަ ދުވަހުގެ ރޭ ޗައިނާއަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖަށް ދިއުމަށެވެ.

ރޭގަނޑު 10:45 ގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ 10:00ށް ނޫސްވެރިންގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ފޮނުވި މެސެޖުގައިވެއެވެ. ނޫސްވެރިން އެތަނަށް ގޮސް ގަޑިއެއްހާ އިރު ފަހުން ރައީސް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ނުކުރައްވާ ފުރާވަޑައިގެންނެވިއެވެ.

މިއާއެކު ނޫސްވެރިންގެ ފާޑުކިއުން މިކަމަށް އަމާޒުވިއެވެ. ގަޑި އިރަކަށްވުރެ ގިނަ އިރު ވަންދެން އެތަނުގައި ކޮޅަށް ބައިތިއްބާފައި ރައީސް ނޫސްވެރިންނާއި ބައްދަލުނުކޮށް ވަޑައިގެންނެވި ސަބަބެއް ރައީސް އޮފީހުން ވެސް ހާމައެއް ނުކުރެއެވެ. އަދި ރައިސް މީޑިއާތަކާއި ބައްދަލު ނުކުރައްވާ ފުރާވަޑައިގަތީ ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު ކުރި ޓްވީޓުތަކާއި ގުޅިގެން އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާ މިވަގުތު މަސްރަހު ހޫނުވެފައިވާތީ ކަމަށް ބެލެވެއެވެ.

އާންމުކޮށް ރައީސަކު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވާނަމަ، ނޫސްވެރިންނަށް ދައުވަތުދީ ދަތުރުފުޅުގައި ކުރައްވާނެ ކަންކަން ހާމަކުރައްވާނެއެވެ. އަދި ދަތުރުފުޅާއި ގުޅޭ ހުލާސާއެއް ހިއްސާ ކުރައްވާނެއެވެ. ނަމަވެސް މި ސަރުކާރާއި އިންޑިއާއާއި އޮތް ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ވަނީ އެ މައްސަލައިގައި އެއްޗެއް ވިދާޅުވުމުގެ ބަދަލުގައި ނޫސްވެރިންނަށް ފިއްލަވާ ފުރާވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2023

ކުލަބުތައް ޙާލުގައި އޮއްވާ، ބައްސާމާއި މުއިއްޒުއާ ދެމެދު އެއް މިލިއަން ރުފިޔާގެ "ޑީލެއް"!

15 ސެޕްޓެމްބަރު 2023
ކުލަބުތައް ޙާލުގައި އޮއްވާ، ބައްސާމާއި މުއިއްޒުއާ ދެމެދު އެއް މިލިއަން ރުފިޔާގެ "ޑީލެއް"!
02 މެއި 2023

"އެމެރިކާގެ ޑިމޮކްރަސީގައި ޒަޚަރު" :ބައިޑަންގެ ހަމަލާ ނޫސްވެރިންނަށް!

02 މެއި 2023
"އެމެރިކާގެ ޑިމޮކްރަސީގައި ޒަޚަރު" :ބައިޑަންގެ ހަމަލާ ނޫސްވެރިންނަށް!
13 މާރިޗު 2023

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

13 މާރިޗު 2023
އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
25 ފެބުރުއަރީ 2023

ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް، ހަނގުރާމައިގެ މަސްރަހު ބަދަލުވާނީ ކިހިނެއް؟

25 ފެބުރުއަރީ 2023
ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް، ހަނގުރާމައިގެ މަސްރަހު ބަދަލުވާނީ ކިހިނެއް؟
15 ސެޕްޓެމްބަރު 2022

ރައީސް ނޫސްވެރިންނަށް: "ޤާނޫނުވެސް ބަދަލުކޮށްދޭނަން. އަމިއްލަ ޒިންމާވެސް ނަންގަވާ"

15 ސެޕްޓެމްބަރު 2022
ރައީސް ނޫސްވެރިންނަށް: "ޤާނޫނުވެސް ބަދަލުކޮށްދޭނަން. އަމިއްލަ ޒިންމާވެސް ނަންގަވާ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު