Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ޑިމޮކްރަސީ

"އެމެރިކާގެ ޑިމޮކްރަސީގައި ޒަޚަރު" :ބައިޑަންގެ ހަމަލާ ނޫސްވެރިންނަށް!

ނޫސް އިދާރާތަކަކީ މާލީ ފައިދާއާއި ބާރު ހޯދުމަށްޓަކާ ދޮގުގެ ބޭނުންކޮށްގެން ނަފުރަތު އުފައްދާ ތަންތަނުގެ ގޮތުގައި ބައިޑަން ވަނީ ސިފަ ކުރައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 11:23
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ކުރިއަށް އޮތް ދުވަސްތަކަކީ، ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި އަމިއްލައަށް ތަޢާރަފު ވަމުން ދާ އެމެރިކާގެ ސިޔާސީ މަސްރަޙަށް މުހިންމު ދުވަސްތަކެކެވެ. ރިޔާސީ އިންތިޚާބުގެ ވޯޓަށް ޤައުމު މިޞްރާބު ޖަހާފައި ވާ މި ދަނޑިވަޅު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާ އެއް ބޭފުޅަކީ އެމެރިކާގެ ރިޔާސީ ވެރިކަމުގެ ތާރީޚުގައިވެސް ވެރިކަން ކުރައްވާ އެންމެ ދޮށީ ރައީސް، ނުވަތަ އަދުގެ ރައީސް ޖޯ ބައިޑަންއެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ދާދި ފަހުން އިޢުލާން ކުރައްވާފައި ވާ ބައިޑަންއަށް އެންމެ ބޮޑަށް ފާރަލަމުންދާ އެއް ބަޔަކީ ނޫސްވެރިންނަށް ވާ އިރު، ދާދި ފަހުން ބައިޑަން މިވަނީ، ނޫސްވެރިންނަށް ވަރުގަދަ، ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ކޮންމެ އަހަރަކުވެސް އޮންނަ ވައިޓްހައުސް ކޮރަސްޕޯންޑަންޓްސް އެސޯސިއޭޝަންގެ ހާއްސަ ޖާފަތުގައި، އޭޕްރިލް 29 ވަނަ ދުވަހު ވާހަކަފުޅުދައްކަވަމުން ބައިޑަން ވަނީ، ނޫސް އިދާރާތަކަށް އަމާޒު ކުރައްވާ، ބޮޑެތި ފާޑުވިދާޅުވުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ނޫސް އިދާރާތަކަކީ "މާލީ ފައިދާއާއި ބާރު ހޯދުމަށްޓަކާ ދޮގުގެ ބޭނުންކޮށް"، ނަފުރަތު އުފައްދާ ތަންތަނުގެ ގޮތުގައި ބައިޑަން ވަނީ ސިފަ ކުރައްވާފައެވެ. ބައިޑަންގެ ވާހަކަފުޅުގައި، ފޮކްސް ނިއުސްއަށް ވަރަށް ބޮޑަށް ހަޖޫ ޖެއްސެވިކަމަށް ޚަބަރު ލިބެއެވެ.

ވައިޓްހައުސްގެ ޚަބަރުތައް ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރޭގަނޑުގެ ޖާފަތުގައި ވާހަކަދައްކަވަމުން ބައިޑަން އިތުރަށް ވިދާޅުވީ، "ޙަޤީޤަތުގެ މައްޗަށް، ދޮގުތަކުން ފަސްއަޅާ ފޮރުވާފަ" ވާ ކަމަށެވެ. އެއީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބު ކުރެއްވީ، ބޮޑެތި ޚިޔާނާތްތަކެއް ހައްދަވައިގެން ކަމަށް ބުނެ، އެމެރިކާގެ ބައެއް މީޑިއާތަކުން ފެތުރި ނަޒަރިއްޔާތަކަށް ކުރެއްވި ސާފު ރިޢާޔަތެކެވެ.

އެކަން އެގޮތުގައި ހިނގަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނީ އިމުގެ ތެރެއިން ބައެއް ފޮތްތައް ގެންގުޅުން މަނާކޮށް، ޤާނޫނުން ވެރިކަން ހިންގުމާއި، ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަނެވިގެން ދާ ކަމަށްވެސް ބައިޑަން ވަނީ ސިފަ ކުރައްވާފައެވެ.

ނޫސްވެރިކަމުގައި ހައްދު ފަހަނައަޅާ ދިއުމުގެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވާ، ފޮކްސް ނިއުސްއަށް ހަޖޫ ޖައްސަވަމުން ބައިޑަން ވަނީ، ފޮކްސް ނިއުސްއަކީ "ނާޒިހު، ވަކި ފަރާތަކަށް ނުޖެހޭ އަދި ތެދުވެރި" ނޫހެއް ކަމަށް ވިދާޅުވެއްޖެނަމަ، އެމަނިކުފާނާ ދެކޮޅަށް ޢަބުރުގެ ދަޢުވާ އުފުލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވިދާޅުވެފައެވެ. 

2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ބައިޑަންއަށް ކުރިލިބިވަޑައިގަންނަވާނެ ފަދަ ގޮތަކަށް ކަމަށް ފޮކްސްއިން ކުރަމުންދިޔަ ތުހުމަތުތަކާ ގުޅިގެން، ޑޮމިނިއަން ވޯޓިންގް ސިސްޓަމްސްއިން ކޯޓަށް ވެއްދި ޢަބުރުގެ ދަޢުވާގެ މައްސަލާގައި، އޭޕްރިލް މަހުގެ ތެރޭގައި ފޮކްސް ކޯޕަރޭޝަންއިން ވަނީ 787.5 މިލިއަންޑް ޑޮލަރުގެ ސެޓްލްމަންޓްއަކަށް ގޮސްފައެވެ.

ނޫސްވެރިންނަށް ހާއްސަކޮށްގެން ވައިޓްހައުސްގައި ކުރިއަށް ގެންދާ ރޭގަނޑުގެ ހާއްސަ ޖާފަތަކީ މީގެ ކުރިން ލުއިލުއި ރޫޙެއްގައި ކުރިއަށް ގެންދިޔަ އިވެންޓަކަށް ވީ ނަމަވެސް، މި ފަހަކަށް އައިސް އެމެރިކާގެ ސިޔާސީ  މަސްރަޙަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކު، އެ ކަމަށް ވަނީ ބަދަލު އައިސްފައެވެ. މި ފަހުން ފެނިގެންދިޔަ ޖާފަތްތަކުގައި ސިޔާސީ ކުލަވަރު ގަދަވެގެން ގޮސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން 2011 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް މަޤާމު ފުރުއްވަމުން ގެންދެވި ބަރާކް އޮބާމާ ވަނީ، އޯޑިއަންސް ތެރޭގައި އިންނެވި ޑޮނާލްޑް ޓްރަމްޕް "ހަނާ" ކުރައްވާފައެވެ. އޭރު ޓްރަމްޕް ކުރައްވަމުން ގެންދެވި ވަކާލާތަކީ، އޮބާމާއަކީ އެމެރިކާއަށް އުފަން ބޭފުޅެއް ނޫން ކަމުގެ ދަޢުވާއެވެ.

ނޫސްވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބައިޑަން ވަނީ، އެމަނިކުފާނުގެ ސަރުކާރު ދެމި އޮތީ މުޅި ދުނިޔެއަށްވެސް ވަރުގަދަ މެސެޖެއް ދެއްވަން ކަމަށް ވިދާޅުވެފައެވެ.

ޖާފަތް ފެއްޓެވުމުގެ ކުރިން ބައިޑަން ވަނީ، ރަޝިއާއިން މަރޗް 30 ވަނަ ދުވަހު ހައްޔަރު ކުރި ވޯލް ސްޓްރީޓް ޖަރނަލްގެ ނޫސްވެރިޔާ، އިވާން ގޯޝްކޮވިޗްގެ ޢާއިލާ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. ރަޝިއާއިން ގޯޝްކޮވިޗް ހައްޔަރުކޮށް، ދަޢުވާ ކުރަމުން ދަނީ ޖާސޫސު ކުރުމުގެ ކުށުގެ ތުހުމަތުގައެވެ. ނަމަވެސް، އެމެރިކާ ސަރުކާރުން ވަނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

13 ޖޫން 2018
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު