Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވައްކަމާއި ފޭރުމުގެ މައްސަލަތައް

ސްނެޕުން ދައުވަތުދީގެން ގެންގޮސް، ބަރަހަނާކޮށް ބްލެކްމެއިލްކުރާ ނެޓްވޯކުގައި 18 އަހަރުނުވާ އަންހެން ކުދިން

އެ ނެޓްވޯރކާއި ގުޅޭ 3 މައްސަލައެއް ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2021 | ހުކުރު 17:47
ފުލުހުން- ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ފޭރުމުގެ މައްސަލަތަކުގެ ތަފްސީލުތައް ފުލުހުން ވަނީ ހިއްސާ ކުރައްވާފައި

ފުލުހުން- ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ފޭރުމުގެ މައްސަލަތަކުގެ ތަފްސީލުތައް ފުލުހުން ވަނީ ހިއްސާ ކުރައްވާފައި

ފޭރުމާއި، ބްލެކްމެއިލް ކުރުމާއި، ރަހީނު ކުރުން ފަދަ ނުރައްކާތެރި ކުށްތަކުގެ ބިރު މުޖުތަމައަށް ކުރިމަތިވެފައިވާއިރު، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލަތީފް ވަނީ ފޭރުމުގެ އެފަދަ 5 މައްސަލައެއް ހިއްސާ ކުރައްވާފައެވެ. އެއީ ހައްތާވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަމެވެ.

އޭގެ ތެރޭގައި މިއަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން، ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ބައެއް ކަންކަން ހިމެނެއެވެ. އެގޮތުން ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަ ދައްކައިގެން އޮޅުވާލައިގެން ވިލިމާލެއާއި، މާލެ ސަރަޙައްދުގެ ގެސްޓު ހައުސްތަަކަށް ގެންގޮސްގެން، އަނިޔާކޮށް، ބަރަހަނާ ފޮޓޯ ނަގައި އޭގެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ ނެޓްވޯކްތަކެއް މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާކަން ލަތީފް ފާހަގަ ކުރެއްވިއެވެ.

ލަތީފް ވިދާޅުވީ، ގްރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރޭ މި ނެޓްވޯކުގައި 18 އަހަރު ނުފުރޭ އަންހެން ކުދިންވެސް ޙަރަކާތްތެރިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އެ ނެޓްވޯރކާއި ގުޅޭ 3 މައްސަލައެއް ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފައިވާކަމަށް ލަތީފް ވިދާޅުވިއެވެ. ފިރިހެނުންނާއި އަންހެނުންވެސް ހިމެނޭ އެ ނެޓްވޯކުގައި ގިނައިން ހިމެނެނީ އެފަދަ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އެކަމުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހުން މެދުވެރިކޮށްވެސް މީހުން "ޓްރެޕް" ކުރާކަން ފުލުހުން ފާހަގަކުރިއެވެ. ވަކިން ޚާއްސަކޮށް، އަތޮޅު ތެރެއިން މަސްވެރިކަމުގައާއި، އެނޫން ބޭނުންތަކުގައި އަންނަ މީހުންނަށް މި ނެޓްވޯކުތަކުން ޓާގެޓް ކުރެއެވެ.

އޭގެ އިތުރުންވެސް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ އެފަދަ މައްސަލަތަކުގެ ތަފްސީލުތައް ލަތީފް ވަނީ ހިއްސާ ކުރައްވާފައެވެ.

ހަލަވެލި ގޯޅީގައި ހުރި ގެއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއް:

އޭގެ ތެރެއިން އެއް ޙާދިސާއަކީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ރޭ 23:00 ހާއިރު ހަލަވެލި ގޯޅީގައި ހުރި ގެއަކަށް މީހަކު ވައްދައި އެމީހާއަށް ވަޅިން ބިިރު ދައްކައި ބަރަހަނާކޮށް ވީޑިއޯ ނެގި މައްސަލައެކެވެ. މި މައްސަލައަށް ބަލާއިރު ކުށުގެ އަމަލުގައި އަމަލީގޮތުން ބައިވެރިވި ދެމީހުންނަކީވެސް ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހުންކަމަށް އިންސްޕެކްޓަރ ލަތީފް ވިދާޅުވިއެވެ.

މި މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް އޭގެ ތެރެއިން އެކަކު ވަނީ ފޭރުމުގެ ޝިކާރައަކަށްވި މީހާއާ ޗެޓްކޮށް، އޭނާގެ ނަންބަރު ހޯދާފައެވެ. އެއަށްފަހު، އޭނާއާއި ބައްދަލު ކުރުމަށް ހަލަވެލި ގޯޅިއަށް ގެންދިޔައިރު، އެ ގޯޅިއަކީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން އާންމުކޮށްވެސް ވަގުތު ހޭދަކުރާ ގޯޅިއެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ. އަދި އެއަށްފަހު ހަލަވެލި ގޯޅީގައި ހުރި ގެއަކަށް އޭނާ ވެއްދުމަށްފަހު، 6 މީހުން ހިމެނޭ ގްރޫޕަކުން ވަނީ އޭނާއަށް ވަޅިން ބިރުދައްކައި، ބަރަހަނާކޮށް އޭނާގެ ފޮޓޯއާއި ވީޑިއޯ ނަގައި، އޭނާގެ މޯބައިލް ފޯނު ނަގައިގެން އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެތަނުން އެކެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

އެއަށްފަހު، ގާކޮށީގައި ހުންނަ ބީއެމްއެލް އޭޓީއެމްއަށް ގޮސް، އެ ފައިސާ ވަނީ ނަގާފައެވެ. ފޭރުމުގެ ޝިކާރައަކަށްވި މީހާ އެތަނުން ފޮނުވާލީ އޭނާގެ ފޯނު އަތުލުމަށްފަހު، އިތުރަށް ފައިސާ ހޯދުމަށް ބްލެކްމެއިލް ކޮށްފައެވެ. އެ ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ހުށައެޅުމުން ފުލުހުން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު މަގުމަތިން ފެނިގެން ހުއްޓުވައި އެމީހުންގެ ހަށިގަނޑު ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން އެކެއްގެ އަތުން މި މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދާފައެވެ. އަދި ހަލަވެލި ގޯޅީގައި ހުރި އެ ދެމީހުންނާ ގުޅުންހުރި ގެއަކުން ވަނީ އަނިޔާލިބުނު މީހާގެ މޯބައިލް ފޯނުވެސް ހޯދާފައެވެ. މި މައްސަލައިގެ ތުހުމަތުގައި 27 އަހަރާއި 28 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަލިކިލެގެފާނު މަގުގައި ހުންނަ ގެސްޓްހައުސްއަކަށް ވައްދައި ފޭރުނު މައްސަލައެއް:

ދެވަނަ މައްސަލައަކީ އަލިކިލެގެފާނު މަގުގައި ހުންނަ ގެސްޓްހައުސްއަކަށް ފިރިހެނަކު ވައްދައި އޭނާ ބަރަހަނާ ކުރުމަށްފަހު، ފޮޓޯއާއި ވީޑިއޯ ނަގައި، އޭނާގެ މޯބައިލް ފޯނާއި ކޭޝްކާޑު އަތުލުމަށްފަހު ބިރުދައްކައިގެން އޭނާގެ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ފޭރުމުގެ މައްސަލައެކެވެ. މިއީ އޮކްޓޯބަރު 26 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކުށް ކުރުމުގައި އަމަލީ ގޮތުން 4 މީހަކު ބައިވެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަވެފައެވެ. އިތުރަށް ބެލި ބެލުމުން ފުލުހުންނަށް ފާހަގަވީ، މި މައްސަލައިގައިވެސް އަނިޔާ ލިބުނު މީހާއާއި ސޯޝަލް މީޑިއާ މެެދުވެރިކޮށް ކުރިން ޗެޓްކޮށް ވާހަކަ ދައްކައި، ގާތް ގުޅުމެއް އުފައްދާފައިވާކަމެވެ.

އެމީހުން ވަނީ އަނިޔާލިބުނު މީހާގެ ކޭޝްކާޑު ބޭނުންކޮށްގެން ފައިސާ ނެގުމަށްފަހު، އޭނާ ފުލުހުންނަށް މައްސަލަ ހުށައަޅައިފިނަމަ އޭނާގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކު ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ. އެމީހުން ވަނީ އޭގެ ފަހުންވެސް އެކި ދުވަސްމަތިން އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ބްލެކްމެއިލް ކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުގައި 31 އަހަރާއި، 29 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީވެސް މީގެ ކުރިން ތަފާތު ކުށްތަކުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޓްކިންސް: ބަދަލަށް އަރައި، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ހީރޯ!

ވަޓްކިންސް: ބަދަލަށް އަރައި، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ހީރޯ!

13 ޖުލައި 2024
ރެފިއުޖީއެއްގެ ގޮތުގައި ރަފަޙަށް ގެންގޮސް، ކުޑަކުޑަ މާއީ ޒަޚަމްކޮށް ޔަތީމުކޮށްލީ ޔަހޫދީންނަށް ކީއްކޮށްގެން ހެއްޔެވެ؟

ރެފިއުޖީއެއްގެ ގޮތުގައި ރަފަޙަށް ގެންގޮސް، ކުޑަކުޑަ މާއީ ޒަޚަމްކޮށް ޔަތީމުކޮށްލީ ޔަހޫދީންނަށް ކީއްކޮށްގެން ހެއްޔެވެ؟

17 ފެބުރުއަރީ 2024
މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

07 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު