Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ކުލަބުތައް ޙާލުގައި އޮއްވާ، ބައްސާމާއި މުއިއްޒުއާ ދެމެދު އެއް މިލިއަން ރުފިޔާގެ "ޑީލެއް"!

މިލިއަން ރުފިޔާ ދީފައިވަނީ އަނބުރާ ދޭ ގޮތަށް، އަދި މުއިއްޒު ހޮވިއްޖެ ނަމަ ބައްސާމަށް "ބެކަޕް" ދިނުމަށް ޝަރުތުކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 15:52
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަ އަކީ ދައްކާ ހުސްނުވާނެ ވާހަކަ އެކެވެ. އެފްއޭއެމަށް ލިބޭ ފައިސާ އަށް ވާނުވާއެއް ނޭންގޭއިރު، އެ އިދާރާ އޮތީ ބަނގުރޫޓުވުމާ ގާތުގަ އެވެ. ދަރައިގެން ދިޔަ ދިޔައިނުން ގޮސް، މިހާރު އެ އޮތީ "ރިހޭ ފައި މައްޗަށް" ފޮއި ވެއްޓިފަ އެވެ. ފައިސާ ނުދައްކައިގެން ތަންތަނުން އެފްއޭއެމާ ދެކޮޅަށް ދައުވާކުރަނީ އެވެ. އެއާއެކު، ޝަރުއީ ކޯޓުތަކުގެ ޙުކުމްތައް އެ އިދާރާގެ މައްޗަށް އަންނަނީ، ބަރިބަރި އަށް، ފަތި ފައްޗަށެވެ.

އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގާފައިވާ ކަމަކީ ވެސް އެންމެނަށް އިނގޭ "ބޮޑު ސިއްރެއް" ކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެފްއޭއެމަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތް ހިންގާ ޖަގަހެއެކެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެގުމުގެ މަތިން، އެފްއޭއެމްގެ ތެރޭގައި ވެސް އައީ ސިޔާސީ މަސައްކަތް ކުރަމުންނެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތްތާ އެވެ. ޔާމީނާއި، ބައްސާމަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. އެދުވަސްވަރު ވެސް، އެވާހަކަތައް ވަނީ އިންތިހާ އަށް ދެކެވިފަ އެވެ.

އެފްއޭއެމަށް ލިބެމުން އަންނަ ފައިސާތަކަށް ވާނުވާއެއް ނޭންގޭއިރު، އަނެއްކާ ވެސް މިވަނީ ބޮޑު ވާހަކައެއް ފެންމަތިވެފަ އެވެ. ސިޔާސީ ގޮތުން ހަލަނބޮލި މި ދުވަސްވަރު، ބައްސާމް "ޑީލެއް" ހެއްދެވި ވާހަކަ އެވެ. އެފްއޭމްގެ އެތެރޭގެ ކަންކަން އިނގޭ، އަދި ބައްސާމްގެ ކަންކަން އިނގިލައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވަނީ އެ ވާހާކަ ހިއްސާކޮށްފަ އެވެ. އެއީ މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބައްސާމް ހެެއްދެވި ޑީލެއްގެ ވާހަކަ އެވެ. ބައްސާމް ވަނީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައި ކަމަށް އެ ބޭފުޅާ ވިދާޅުވެ އެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ ކެމްޕެއިނަށް ޚަރަދު ކުރުމަށް ބައްސާމް އެއް މިލިއަން ރުފިޔާ ދޭން ނިންމި އެވެ. ބައްސާމްގެ ފަރާތުން އޮތީ ދެ ހުށަހެޅުމެކެވެ. އެއީ ރިޔާސީ އިންތިޚާބަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ.މުއިއްޒު ހޮވިއްޖެ ނަމަ، ބައްސާމަށް "ބެކަޕް" ދިނުމަށެވެ. މާނަ އަކީ، ޑރ.މުއިއްޒުގެ ސަރުކާރުން ބައްސާމް ދިފާއު ކޮށްދިނުމަށެވެ.

ފުޓުބޯޅައިގެ ކަންކަމުގައި މީގެ ކުރިން ވެސް އިސްކޮށް އުޅުއްވާފައިވާ ބޭބޭފުޅުން މިހާރު ވެސް އަންނަނީ އެފްއޭއެމް ސަލާމަތްކުރުމަށް ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ. ފުޓުބޯޅައިގެ ހާލަތު ގޯސްވެގެން ދިޔަވަރުން، އެ ބޭފުޅުން ނިކުންނަވަން މަޖުބޫރުވީ އެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާވެރިވެރިން ދީފައިވާ ފައިސާ ވެސް ބޭނުންކޮށްފި އެވެ. ކުޅުންތެރިންނަށް އެ ފައިސާތައް ނުދެވޭތާ އެތައް މަހެއް ފާއިތުވި ފަހުން، ބައެއް ފައިސާ ދީފި އެވެ. އެ ފައިސާ ނުދެވި ލަސްވެގެން ދިޔައީ، އެހެން ބޭނުމަކަށް ބޭނުން ކުރުމުންކަމަށް ބައްސާމް އަމިއްލަފުޅަށް އެއްބަސް ވެސްވި އެވެ.

ބައްސާމާ މުއިއްޒުއާ ދެމެދު ހެދުނު ޑީލްގެ ސުވާލު ކުރުމުން ހިނި ގަނޑެއް ޖަހާލުމަށްފަހު ވިދާޅުވީ، ތިއީ ކާކު ފަތުރައިގެން އުޅޭ ވާހަކައެއްތޯ އެވެ. ނަން ހާމަ ކުރެވެން ނެތް ކަމަށް ދެންނެވުމުން ބައްސާމް ވިދާޅުވީ، އެއީ ދޮގު ވާހަކައެއް ކަމަށެވެ. ނަމަވެސް ބައްސާމްގެ މި ވާހަކަތައް ޤަބޫލުކުރަން ދަތިވާ ސަބަބުތަކެއް ވެސް ހުރެ އެވެ. އެއީ މިހާތަނަށް އައިއިރު، އެފްއޭއެމްގެ އެއްވެސް ކަމެއްގައި ބައްސާމް އަދި އޭނާގެ ޓީމަށް ރަނގަޅަށް ޖަވާބު ދެވިފައިނުވާތީ އެވެ. މުޅިން ވެސް އޮޅުވާލުމާއި، ދޮގު ހެދުމުގެ ތެރެއިން ކަންކަން ކުރައްވާތީ އެވެ.

ކުލަބުތަކުން ފައިސާގެ ދަތިކަން އިންތިހާ އަށް ތަހައްމަލު ކުރަމުންދާއިރު، އަމިއްލަ ފައިދާ އަށް ބައްސާމް އެ އަންނަނީ މިލިއަނުން ފައިސާ ޚަރަދު ކޮށްލަމުންނެވެ. މިިލިއަން ރުފިޔާގެ ޑީލަކަށް ބައްސާމް، ދިވެހި ފުޓުބޯޅަ ޤުރުބާން ކުރައްވަނީބާ އެވެ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްޑރ. މުހައްމަދު މުއިއްޒުކުޅިވަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު