Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިމާރާތަކުން މީހަކު ވެއްޓުން

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ހޯމަ ދުވަހުގެ ރޭ ކުޑަކުއްޖަކުވެސް ވަނީ ބެލްކަނިން ވެއްޓި މަރުވެފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 13 މާރިޗު 2023 | ހޯމަ 15:54
މާލޭގެ އިމާރާތެއްގެ މަތިން މިރޭ ވެއްޓުނު މީހާ އެމްބިއުލާންސަށް އަރުވަނީ

މާލޭގެ އިމާރާތެއްގެ މަތިން މިރޭ ވެއްޓުނު މީހާ އެމްބިއުލާންސަށް އަރުވަނީ

ކާސިންޖީ މަގު ކެފޭ ޓެލެންޓުގައި ރައްޓެހިންނާއެކު ކޮފީއެއް ބޯން އިންދައި، އިވުނީ އަންހެނެއްގެ ހަޅޭކުގެ އަޑެވެ. ކުއްލިއަަކަށް ބޭރަށް ބަލާލިއިރު ވަރަށް ބާރަށް އެއްޗެއް ހުރަސްވިތަން ފެނުނެވެ. ދެން އަނެއްކާވެސް އިވުނީ ބާރު އަޑެކެވެ. ދެން ތިރި ބަލައިލިއިރު ފެނުނީ އަންހެނަކު ވެއްޓިފައި އޮއްވައެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް ލޭގެ ކޯރު މަގުމަތީގައި ދެމެއެވެ. މިއީ އެ މަންޒަރު ފެނުނު މީހަކު ކިޔައިދިން ގޮތެވެ.

މިރޭގެ 8:15 ހާއިރު ކެފޭ ޓެލެންޓު ހުންނަ އިމާރާތުގެ ހަވަނަ ބުރިން ދިވެހި އަންހެނަކު ވެއްޓުނީއެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ވެއްޓުނު ފަހުން ވެސް އޭނާގެ ހޭ ހުއްޓެެވެ. އަދި ކޮންމެވެސް ވަރަކަށް ހަރަކާތް ވެސް ކުރިއެވެ. އޭނާގެ ހަރަކާތް ހުއްޓުނީ އެ ތަނަށް ފުލުހުން ވެސް އައިފަހުންނެވެ.

މުޅި އެ ތަނުގައި ލޭގެ ކޯރެއް ދެމިފައިވާއިރު، އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި މޫނުވެސް ވަނީ "ޗިސްވެފައި" ކަމަށް މަންޒަރު ދުށް މީހުން ކިޔައިދެއެވެ.

"ރާއްޖެޓީވީ"ގެ ނޫސްވެރިން ވެސް އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވިއެވެ. އެ އިމާރާތުގެ ދޮރުމަތީގައި އޭނާގެ އާއިލާގެ ގިނަ ބަޔަކު ރޮއެރޮއެ ތިއްބެވެ. އެކަކު އަނެކަކަށް ހިތްވަރު ދިނެއްކަމަކު އެންމެން ވެސް ތިބީ ހިތާމައިގައެވެ. އޭނާ ވެއްޓުމުން އެ ކަމުގެ ޝޮކުގައެވެ.

އެ ސަަރަހައްދުގައި ވާހަކަތައް ދެކެވޭ ގޮތުގައި އޭނާ އިމާރާތުގެ މަތިން ފުންމައިލީއެވެ. ނަމަވެސް، އެއީ ކީއްވެކަމެއް ނޭނގެއެވެ. އެ ސަރަހައްދުގައި ތިބި އެންމެންނަށް ވެސް ފުރަތަމަ އިވުނީ އޭނާގެ ހަޅޭކުގެ އަޑެވެ. ދެން ފެނުނީ ވެއްޓިފައި އޮއްވައެވެެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހެންވޭރު ގެޔަކުން މީހަކު ވެއްޓިފައިވާކަމަށް މިރޭ 20:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ. އެއީ 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވާއިރު، ރޭ ފަތިހު ހ. އެސްޕީވިލާގެ ފަސްވަނަ ބުރިން ވެއްޓި 4 އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު