Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނު މިނިވަންކުރުން

ޔާމީނުގެ ޤުރުބާނީއާއެކު ވެރިކަމަށް އައިސް، ޔާމީނުގެ ޙައްޤު ހޯދަން ދިޔައިރު ބައިވެރިނުވުމުން ބަހުގެ ހޫނު ހަމަލާތަކެއް

7 ޖެނުއަރީ 2024 | އާދީއްތަ 07:09

މައްސަލަ ލަސްވާ ސަބަބު ހޯދަން އެމަނިކުފާނުގެ ޓީމުން ވަނީ ހައިކޯޓަށް ގޮސްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖެނުއަރީ 2024 | އާދީއްތަ 07:09
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން

ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ ލަސްވާ ސަބަބު ހޯދަން އެމަނިކުފާނުގެ ޓީމުން ހައިކޯޓަށް ގޮސްފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާާލާއި، ޔާމީނުގެ ދަރިކަލުން ޒެއިން ޔާމީނާއި، ޔާމީނުގެ އަރިސް ބޭފުޅުން ހިމެނޭ ޓީމެއް އާދިއްތަ ދުވަހު ވަނީ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި ހައިކޯޓަށް ވަޑައިގަންނަވާފައެވެ.

ހައިކޯޓުން އެބޭފުޅުންނަށް މައުލޫމާތު ދީފައިވަނީ ވީހާވެސް އަވަހަށް އެ މައްސަލަ ތާވަލު ކުރައްވާނެކަމަށެވެ. ދެ ފަނޑިޔާރަކު މިވަގުތު ޗުއްޓީގައި ތިއްބެވިކަމާއި، ހޯމަ ދުވަހު އެ ފަނޑިޔާރުން މަސައްކަތަށް ނުުކުމެވަޑައިގަންނަވާނެކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

ހައިކޯޓުން ނުކުމެވަޑައިގެން ޔާމީނުގެ ޓީމުން މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ، މައްސަލައިގެ އަޑުއެހުމެއް ބޭއްވިފަހުން 7 ޖެނުއަރީއާ ހަމައަށް 1 މަހާއި 19 ދުވަސް ވެފައިވާކަމަށެވެ. މައްސަލައިގެ އަޑުއެހުމެއް ނުބާއްވާ ދިގު ދެމިގެން ދިއުމަކީ އެ ޓީމުގެ ކަންބޮޑުވުމެއްކަމަށް ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، މި މައްސަލަ ހައިކޯޓުގައި ޕާކުވެފައި އޮތުމުގެ ސަބަބުން ޔާމީނުގެ އެތައް ޙައްޤަަކަށް އުނިކަން އައިސްފައިވާ ކަމަށެވެ.

ޔާމީނުގެ ޓީމުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރެއްވި ބޭފުޅުންގެ ދުލުގައި މިއަދު ތަޅު އެޅުވިފައިވާ މަންޒަރު ފެނިފައިވާކަމަށާއި، އެއީ ކަންބޮޑުވާ ކަމެއްކަމަށް ބުނެފައެވެ. އެބޭފުޅުން މިއަދު ރައީސް ޔާމީނުގެ ނަންފުޅު ވިދާޅުވާން ވެސް އެބަ ޖެހިލުންވެވަޑައިގަންނަވާކަމަށް ޔާމީނުގެ ޓީމުން ބުނެއެވެ.

ޔާމީނުގެ ޓީމުން އޮތީ ހައިކޯޓަށް ވަޑައިގަތުމަށް އަބްދުއްރަޙީމަށް ދަޢުވަތު އަރުވާފައެވެ. އެގޮތުން ޓީމާއެކު ވަޑައިގެންފި ނަމަ މިދިޔަ ދުވަސްތަކުގައި ވެސް ދެއްކެވީ އިހުލާސްތެރިކަން ކަމަށް ޕީޕީއެމް/ޕީއެންސީ މެންބަރުން ޤަބޫލުކުރައްވާނެ ކަމަށާއި، އެ ޓެސްޓުން ފެއިލްވެ ވަޑައިނުގެންނެވުމަށް އަބްދުއްރަޙީމަށް ގޮވާލައްވާފައިވެއެވެ.

އެހެންނަމަވެސް އަބްދުއްރަޙީމް ވަޑައިގެންފައިނުވާއިރު، އެކަމާ ގުޅޭގޮތުން ޔާމީނުގެ ޓީމުން ބުނީ، ޔާމީނު މިނިވަން ކުރުމުގެ ނަމުގައި މިދިޔަ ދުވަސްތަކުގައި އަބްދުއްރަޙީމް ވަކާލާތު ކުރައްވާފައިވާ ކަމަށާއި، މިހާރު އަބްދުއްރަޙީމް ވެސް މުޅިން ހަނު ހުންނަވައިފި ކަމަށެވެ.

އޭގެ އިތުރުން، މި ވެރިިކަމުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންނަށް މަޤާމުތައްދޭއިރު، ޔާމީނުގެ އަރިސް ބޭފުޅުން އަދި މިދިޔަ 5 އަހަރު މަގުމަތީގައި އުޅުނު ފަރާތްތައް ބާކީ ކޮށްލާފައިވާތީ ވެސް ޔާމީނުގެ ޓީމުން ވަނީ ފާޑުކިޔާފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު

01 އެޕްރީލު 2017
 ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް