Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލާދޭޝްގެ އާންމު އިންތިޚާބު

ބަންގްލާދޭޝްގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި

7 ޖެނުއަރީ 2024 | އާދީއްތަ 07:05

ހުކުރު ދުވަހުވެސް ކޮމިއުޓަރ ރޭލެއްގައި ރޯކޮށްލުމުގެ ސަބަބުން 4 މީހުން މަރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 ޖެނުއަރީ 2024 | އާދީއްތަ 07:05
ބަންގްލާދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިޚު ހަސީނާ

ބަންގްލާދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިޚު ހަސީނާ

ބަންގްލާދޭޝްގެ އާންމު އިންތިޚާބުގެ ވޯޓުލުން އާދިއްތަ ދުވަހު ފެށިގެން ކުރިއަށް ދާއިރު މަސްރަހު ހޫނުވެ، ތަންތަން ރޯކުރުމާއި ހަލާކު ކުރަން ފަށާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ވޯޓަށް އެއްދުވަހަށް ވެފައިވަނިކޮށް ހޮނިހިރު ދުވަހު މަދުވެގެން 14 ވޯޓުލާ މަރުކަޒެއްގައި ރޯކޮށްލާފައިވެއެވެ. އޭގެ ކުރިން ހުކުރު ދުވަހު ވެސް ކޮމިއުޓަރ ރޭލެއްގައި ރޯކޮށްލުމުގެ ސަބަބުން 4 މީހުން މަރުވެފައިވެއެވެ.

މިފަހަރުގެ އިންތިޚާބު އިދިކޮޅު ގިނަ ޕާޓީތަކުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި މި އިންތިޚާބަކީ ހަމައެކަނި ދައްކާލުމަށް ބާއްވާ އިންތިޚާބެކެވެ. އަދި ނަތީޖާ މިހާރު ވެސް އެނގޭ ކަމަށާއި ކާމިޔާބު ކުރައްވާނީ މިހާރުގެ ބޮޑުވަޒީރު ޝައިޚު ހަސީނާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

އެ ޤައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި ބީއެންޕީއަށް ނިސްބަތްވާ އިދިކޮޅު ލީޑަރެއްކަމަށްވާ ނަބީއުﷲ ނަބީ އާއި ޕާޓީގެ ހަ އެކްޓިވިސްޓުން، ހުކުރުދުވަހު ރޭލުގައި ރޯކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ޑާކާ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ހާމަކޮށްފައިވާގޮތުގައި ހިނގި ހަމަނުޖެހުންތަކުގައި ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ބޮޑެތި އަނިޔާތައް ލިބިގެން މަދުވެގެން 8 މީހުންނަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ބަންގްލާދޭޝްގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗިޓަގޮންގގައި ހުންނަ މުހިންމު ފައްޅިއެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ. މީގެ އިތުރުން ވެރިކަންކުރާ އަވާމީލީގްގެ ޕާޓީ އޮފީހަކަށް ވަނީ ގެއްލުންތައް ދީފައެވެ.

އިދިކޮޅު ބީއެންޕީން ވަނީ މި އިންތިޚާބުގައި ވޯޓުލާން ނުނިކުތުމަށް ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ދެ ދުވަހުގެ އާންމު ހަޅުތާލެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ގޮވާލާފައެވެ.

ވެރިކަން ކުރާ އަވާމީ ލީގުން ބުނެފައިވަނީ ބީއެންޕީން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އދ.ގެ ސްޕެޝަލް ރެޕޮޓުއޯ ވެސް ވަނީ ބަންގްލާދޭޝްގެ އިންތިޚާބުގެ ވަށާލާފައިވާ ހަމަނުޖެހުން ބޮޑު މާހައުލާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް