Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުރަމަތީގެ ކެންސަރު

އިނގިލީގެ ނިޝާނުން އެކަނިވެސް އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރެވިދާނެ!

ޓެސްޓުގެ ކަންކަން ނިންމާލުމަށް ހޭދަވާނީ އެންމެ ވިއްސަކަށް މިނިޓް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2024 | ހޮނިހިރު 04:27
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރަނީ

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރަނީ

އުރަމަތީގެ ކެންސަރަކީ މި ފަހަކަށް އައިސް ރާއްޖޭގައިވެސް އެންމެ އާންމުވަމުން އަންނަ، ކެންސަރުގެ އެއް ބާވަތެވެ. ބަލި ދެނެގަތުމަށް ދުރާލައި ގަވައިދުން ޓެސްޓުތައް ހެދުމާއި، ކިރިޔާވެސް ޝައްކެއް ވާނަމަ، ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާ ހޯދަންޖެހޭ ކަމެކެވެ. ނަމަވެސް އުރަމަތީގެ ކެންސަރަށް ޓެސްޓުކުރުމަކީ މާ ފަސޭހަ ކަމަކަށް ގިނަ ފަހަރު އޮންނަނީ ނުވެފައެވެ. ވަކިން ޚާއްސަކޮށް މެމޯގްރާމް ހެދުމަކީ އެންމެ ގިނަ ބަޔަކު ޖެހިލުންވާ އެއް ކަންތަކެވެ. ޝެފީލްޑް ހޭލަމް ޔުނިވަރސިޓީގެ ދިރާސާ ޓީމުން އެކަމަށް ހިސާބެއްގެ ލުޔެއް މި ވަނީ ހޯދައިދީފައެވެ.

ޝެފީލްޑް ހޭލަމް ޔުނިވަރސިޓީގެ ދިރާސާ ޓީމުން ބުނާގޮތުގައި، އިނގިލީގެ ނިޝާން ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރެވިދާނެއެވެ. އޭރުން މެމޯގްރާމް ހަދާކަށް ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރުމަށް ފުރުސަތު ބޮޑުވެއެވެ. ޓެސްޓަށް ކުރަންޖެހޭ ޚަރަދުތައްވެސް ކުޑަވެއެވެ. ނަތީޖާއެއްގެ ގޮތުން، ޓެސްޓު ހެދޭ މިންވަރުވެސް އިތުރުވާނެ ކަމަށް ދިރާސާ ޓީމުން ފާހަގަކުރެއެވެ.

އިނގިލީގެ ނިޝާނަކީ އޭގައި ދަލުގެ އަސަރު އެކުލެވޭ އެއްޗެކެވެ. އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރުމުގައި، މާސް ސްޕެކްޓޯމެޓްރީ ބޭނުންކޮށްގެން އިނގިލީގެ ނިޝާނުގެ މޮލެކިއުލްތައް ހެދިފައި ވާ ގޮތް ބަލައެވެ. މިއީ ޕާރޓިކަލްތަކާއި މޮލިކިއުލްތަކުގެ އެޓޮމިކް ބަރުދަން ވަޒަންކޮށް، އެކަންކަން ދެނެގަތުމަށް ބޭނުންކުރާ ނިޒާމެކެވެ.

ދިރާސާގައި އެންމެ އިސްކޮށް އުޅުނު އެކަކީ ޝެފީލްޑް ހޭލަމް ޔުނިވަރސިޓީގެ ފޮރެންސިކް އެންޑް ބަޔޯއެނަލެޓިކަލް މާސް ސެޕެކްޓޯމެޓްރީ ޕްރޮފެސަރ، ސިމޯނާ ފްރަންޗޭޒޭއެވެ.

ޕްރޮފެސަރު ފްރަންޗޭޒޭގެ ފޮރެންސިކް ދިރާސާގެ މަގުސަދަކަށްވީ، ހަމައެކަނި އިނގިލީގެ ނިޝާން ބޭނުންކޮށްގެން، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާބެހޭ މައުލޫމާތު ފޯރުކޮށްދީގެން، ކުށްވެރިން ޕްރޮފައިލްކުރުމަށް އެހީތެރިވުމެވެ. އެ މޭރުމުން ދިރާސާކުރަމުން ދިޔަދިއުމުގެ ތެރޭގައި، ދަލުގެ ޒަރިއްޔާއިން ކެންސަރު މަރކާޒްގެ ދެނެގަނެވޭކަން ފާހަގަކުރެވުނީއެވެ.

ސިއްހީ ދާއިރާގައި މުޅިން އަލަށް ކުރަމުން އަންނަ މި ދިރާސާ ބަރޯސާވަނީ، މެޓްރިކްސް އެސިސްޓެޑް ލޭޒަރ ޑިސޮޕްޝަން އަޔަނައިޒޭޝަން މާސް ސްޕެކްޓްރޯމެޓްރީ (މެލްޑީ-އެމްއެސް) އަށެވެ. އެކަމަށް ބޭނުންކުރަނީ އިނގިރޭސިވިލާތުގައި ވޯލްޓަރޒް ކޯޕަރޭޝަންއިން އުފައްދާ މެޝިންތަކެކެވެ.

އުންމީދަކީ ކުރިއަށް އޮތް ތަނުގައި، ހަށިގަނޑުގެ އެއްވެސް ތަނަކަށް ތަދުނުވާނެ ގޮތަކަށް، މެމޯގްރާމްގެ ބަދަލުގައި ހަމައެކަނި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް ޓެސްޓުކުރާނެ ލުއި ގޮތެއް ހަމަޖެހުމެވެ. ކުޑަވާނީ ހަމައެކަނި ހަށިގަނޑުގައި އަޅާ ވޭނެއް ނޫނެވެ. އިނގިލީގެ ނިޝާން ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރުމަށް ތަމްރީނުވެފައިވާ ބައެއްގެ ގާތަށް ގޮސް، އެ ޓެސްޓުގެ ކަންކަން ނިންމާލުމަށް ހޭދަވާނީ އެންމެ ވިއްސަކަށް މިނިޓެވެ. ވަގުތުވެސް ސަލާމަތްވީއެވެ.

ނަމަވެސް މި ވަގުތު، އުރަމަތީގެ ކެންސަރަށް ޓެސްޓުކުރެވެން އޮތް ހަމައެކަނި ގޮތަކީ މެމޯގްރާމާއި ބަޔޮޕްސީތައް ހެދުން ކަމަށް ވާއިރު، އެ ޓެސްޓުތައް ހަދައިގެން ގަވައިދުން ޑޮކްޓަރަށް ދައްކަމުން ދިއުމަށް ޕްރޮފެސަރ ފްރަންޗޭޒޭ ވަނީ ގޮވާލާއްވަފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ އާންމު ކެންސަރަކީ އުރަމަތީގެ ކެންސަރެވެ. އުރަމަތީގެ ކެންސަރަކީ ހަމައެކަނި އަންހެނުންނަށް ޖެހޭ ކެންސަރެއް ނޫނެވެ. ފިރިހެނުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހެއެވެ. އުރަމަތީގެ ކެންސަރަކީ ހަމައެކަނި އުރަމަތީގެ ގޮށެއް ލައިގެން ނުވަތަ ތަންކޮޅެއް ދުޅަވާ ހިސާބުން މެދުވެރިވާ ކަމެއް ނޫނެވެ. އެނޫން ކިތަންމެ ޢަލާމާތެއްވެސް ފެނިދާނެއެވެ. ނުވަތަ ނުފެނި ހުރުންވެސް އެކަށީގެންވެއެވެ. 45 އަހަރާ 54 އަހަރާ ދެމެދުގެ އަންހެނުން ކޮންމެ އަހަރަކުވެސް މެމޯގްރާމް ހެދުމަށް، އެމެރިކަން ކެންސަރ ސޮސައިޓީން އިރުޝާދުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުއްޕާމޭގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާސްކަން ކުޑަކޮށްދޭ އައު ރޮބޮޓެއް!

ފުއްޕާމޭގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާސްކަން ކުޑަކޮށްދޭ އައު ރޮބޮޓެއް!

22 އެޕްރީލު 2024
އުރަމަތީ ކެންސަރަށް ފަރުވާއެއް ފެނޭތޯ ރައްޔާނާގެ ދަތުރު، ޖައްވަށް!

އުރަމަތީ ކެންސަރަށް ފަރުވާއެއް ފެނޭތޯ ރައްޔާނާގެ ދަތުރު، ޖައްވަށް!

22 މެއި 2023
ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ

ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ

22 ފެބުރުއަރީ 2023
އިތުރު މީހެއްގެ އެހީއާ ނުލާ، ގޭގައި ހުރެގެން އުރަމަތީގެ ކެންސަރަށް ފާރަވެރިވުމަށް "ޑޮޓްޕްލޮޓް"

އިތުރު މީހެއްގެ އެހީއާ ނުލާ، ގޭގައި ހުރެގެން އުރަމަތީގެ ކެންސަރަށް ފާރަވެރިވުމަށް "ޑޮޓްޕްލޮޓް"

11 ސެޕްޓެމްބަރު 2022
ކެންސަރަށް ފައި ގެއްލުނަސް ފަރުބަދައަށް އެރުމުގައި އެވަރެއް ނެތް

ކެންސަރަށް ފައި ގެއްލުނަސް ފަރުބަދައަށް އެރުމުގައި އެވަރެއް ނެތް

24 ޖުލައި 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު