Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާ-ރާއްޖެ

ބްލިންކަންގެ ކޯލެއް ވަޒީރު ޒަމީރަށް، ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު

އެ ބައްދަލުކުރެއްވުމުގައި، ދިފާއީ އެއްބާރުލުމާއި، އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުން ފަދަ ދާއިރާތަކުގެ މަޝްވަރާކުރިއަށް ދިޔަ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 5 ޖެނުއަރީ 2024 | ހުކުރު 16:08
ބްލިންކަންގެ ކޯލެއް ވަޒީރު ޒަމީރަށް

ބްލިންކަންގެ ކޯލެއް ވަޒީރު ޒަމީރަށް

ރާއްޖެ އާއި އެމެރިކާގެ ދާޚިލީ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކަން އާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވެވި މި މަޝްވަރާތަކުގައި، ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ދިފާއީ އެއްބާރުލުމާއި، އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި، ޑިމޮކްރެޓިކް ގަވަރނަންސް އަދި ޤާނޫނީ ވެރިކަން ފަދަ ގިނަ ކަންތައްތަކަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސެކްރެޓަރީ ބްލިންކެން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ރަޙްމަތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމެރިކާ ސަރުކާރުން ރާއްޖެއާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖެއިން އެމެރިކާއާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން ވަޒީރު ޒަމީރު ވަނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާ އިން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

ވަޒީރުން ބައިނަލްއަޤްވާމީ މީޑިއާއާއި ބައްދަލުކުރައްވަނީ!

04 ޑިސެމްބަރު 2017
ވަޒީރުން ބައިނަލްއަޤްވާމީ މީޑިއާއާއި ބައްދަލުކުރައްވަނީ!
19 ނޮވެމްބަރު 2017

މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ

19 ނޮވެމްބަރު 2017
މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ
09 ނޮވެމްބަރު 2017

ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި

09 ނޮވެމްބަރު 2017
ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި
04 ނޮވެމްބަރު 2017

ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު

04 ނޮވެމްބަރު 2017
ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު
27 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ފުރާވަޑައިގެންފި

27 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު