Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

ރައީސްގެ ޓްވީޓް އެގޮތަށް ގެންގުޅޭނަމަ ރައީސްގެ ހައިބަތަށް އުނިކަން އަންނާނެކަމަށް ބުނި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2024 | ހުކުރު 06:32
ފުލެޓް މައްސަލައިގައި ހައުސިން މިނިސްޓްރީއަށް ދިޔަ މީހުންގެ ގެންގުޅުނު ޕޯސްޓަރު ނުގެންގުޅުމަށް ފުލުހަކު އައިސް އިރުޝާދުދެނީ

ފުލެޓް މައްސަލައިގައި ހައުސިން މިނިސްޓްރީއަށް ދިޔަ މީހުންގެ ގެންގުޅުނު ޕޯސްޓަރު ނުގެންގުޅުމަށް ފުލުހަކު އައިސް އިރުޝާދުދެނީ

ހައްގު ގެއްލިގެން ހައްގު ހޯދުމަށް އަޑު އުފުލުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެއީ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުގައި އެކަން ކުރަންވެސްޖެހޭނެ ގޮތެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ހިތުގައި އޮންނަ އިންސާނީ އަސާސީ ހައްޤެކެވެ. ރާއްޖޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަޞައްވުރު، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ހާމަކަންބޮޑު ގޮތެއްގައި މަޝްވަރާކުރުމާއި، ތަފާތު ޚިޔާލުތަކާއި، މިނިވަންކަމާއެކު ޚިޔާލު ބަދަލުކުރުމަށް ފުރުސަތު ލިބެންޖެހެއެވެ.

2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީގައި 27 ވަނަ މާއްދާގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، ކޮންމެ ރައްޔިތަކަށް ވެސް ވިސްނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް ބުނެފައިވެއެވެ. މި ދުސްތޫރީ މާއްދާގެ މަޤްޞަދަކީ ވަކިވަކި ފަރުދުން ސެންސަރު ކުރުމުން ރައްކާތެރިކޮށް، ދައުވާކޮށްފާނެކަމުގެ ބިރެއް ނެތި ދިވެހި ރައްޔިތުންނަށް އެމީހުންގެ ޚިޔާލާއި، ޢަޤީދާއާއި، ޚިޔާލު ފާޅުކުރެވޭނެ ގޮތް ހެދުމެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަށް ހަނިކުރުމަކީ އާންމުކަމެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕީޕީއެމްޕީއެންސީ ސަރުކާރުން ވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމާއި، ޚިޔާލުތަފާތުވުންތައް ފިއްތާލައި، ވާހަކަ ދެއްކުމުގެ މިނިވަންކަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތްކޮށްފައެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ސެންސަރު ކުރުމާއި، މީޑިއާގެ މިނިވަންކަމަށް ލިމިޓޭޝަން ދިނުމާއި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ބޭނުން ކުރުމަށް ހުރަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ.

މިނިވަން ޚިޔާލުފާޅުކުރުމަށް ވަކާލާތުކުރާ މީހުން ފާހަގަކުރަނީ ބަދަލު ހިފުމުގެ ބިރެއް ނެތި ރައްޔިތުންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ މާހައުލެއް އުފެއްދުމާއި، ތަފާތު ނަޒަރިއްޔާތަކާއި ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާކޮށްގެން ކުރިއަރާ ދިރުމެއް ހުރި ޑިމޮކްރަސީއެއް ކުރިއެރުވުމެވެ. ވެރިކަމާއި ޑިމޮކްރެޓިކް އަގުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްސަލައަކީ ޕީޕީއެމްޕީއެންސީ ސަރުކާރާއި ބީރަށްޓެހި އެއްޗެކެވެ.

ވަކިން ހާއްސަކޮށް އަޑު އުފުލަން ޖެހިއްޖެނަމަ ސަރުކާރުން ރައްޔިތުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރެއެވެ. އިހައްދުވަހަކުވެސް ފެނުނީ އެފަދަ މަންޒަރެކެވެ. ކޮންމެއަކަށް ލަދުވެތި މަންޒަރެކެވެ. ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ފުލެޓް ލިސްޓަށް ބަދަލުގެންނަށް މި ސަރުކާރުން އޭސީސީއާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަރާތްތައް އެންމެ ފަހުން ދިޔައީ ކަމާބެހޭ މިނިސްޓްރީއަށެވެ. ސަބަބެއް ވެސް އޮވެގެންނެވެ.

މިފަހަރު ދާންޖެހުނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ދޮގުކޮށް ހައުސިން މިނިސްޓަރު އިތުރުފުޅު ހައްދަވާތީ، ރައީސް ކުރެއްވި ޓްވީޓް ގަނޑަކަށް ޕްރިންޓްކޮށްގެން ހައްގު ހޯދުމަށެވެ. ކޮންމެއަކަށް ހައުސިން މިނިސްޓްރީގެ ދެ އޮފިޝަލަކު ދިޔަ ފަރާތްތަކާއި ވާހަކަ ދައްކަމުން ދަނިކޮށް ފެނުނީ މީހަކު ކަންބޮޑުވުން އިންތިހާއަށް އޮތް ވާހަކައެވެ.

ފެނިގެން ދިޔައީ އެތަނަށް ދިޔަ ދެ ފުލުހުންގެ ތެރެއިން އެކަކަށް ފޯން ކޯލެއް އައިތަނެވެ. ގާތްގަނޑަކަށް ދެތިން މިނެޓް ކޯލުގައި ހުުރުމަށްފަހު އެތަނުގައި ތިބި އާންމުން ކައިރިއަށް އައިސް ބުނީ އެ ޕޯސްޓަރު ހިފައިގެން އެތަނުގައި ނުތިބެވޭނެ ކަމަށެވެ. އެކަން ނުކުރެވޭނެ ކަމަށާއި، އެއީ މަނާކަމެއް ކަމަށެވެ. ޕޯސްޓަރުގައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓެވެ. އޭގައި ގޯސް އެއްވެސް ވާހަކައެއް ނެތެވެ.

ނަމަވެސް އެ ޕޯސްޓަރު ހިފައިގެން ނުތިބެވޭނީ އެއީ ރައީސްގެ ޓްވީޓަށް ވެފައި، އެ ފަދަ ކަމެއް ކުރުމުން ރައީސްގެ ހައިބަތަށް އުނިކަން އައި ގަދަރާއި އިއްޒަތާއި ޝަރަފަށް އުނިކަން އަންނާނެތީ ކަމަށެވެ. ވަރަށް ހެއްވާ އެހެންނޫންތޯއެވެ. ދުލުގެ މިނިވަންކަމާއި، އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ތަންމިނަށް ދޭނެކަމަށް ބުނެ އައި ސަރުކާރުން މި ފެންނަނީ ރައީސް މުއިއްޒުގެ ޓްވީޓެއްގެ ހައިބަތު ކުޑަވެދާނެތީ އުޅޭ މަންޒަރެވެ.

ކޮންމެއަކަށް މަތިން އައި ފޯނު ކޯލާއެކު އެ ފުލުހަށް ޖެހުނީ އެ ލަދުވެތި ވާހަކަ އެތަނުގައި ތިބި މީހުން ކައިރީގައި ދައްކާށެވެ. ހުދު އެ ފުލުސް މީހާއަށް ވެސް އެ ޕޯސްޓަރުގައި މައްސަލައެއް އޮތްކަމަށް ނުފެނެއެވެ. ނަމަވެސް މަތިން އަންނަ އޯޑަރުތަކާއެކު އެ ކަންކަން ޖެހޭނީ އާދައިގެ ފުލުސް މީހާވެސް ތަންފީޒުކުރާށެވެ. ނަމަވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާވުމަށްވުރެ ރަނގަޅީ ގާނޫނާއި އެއްގޮތަށް އަމަލުކުރުމެވެ.

މި ފެނިގެންދިޔައީ ރާއްޖޭގައި ދުލުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދެވަނަ މަރުހަލާއެވެ. އިހައްދުވަހަކު ބަރަހަނާ ސައިޓްގެ ނަމުގައި ބްލޮކް ކުރީ ނޫސް ވެބްސައިޓެވެ. މިއަދު އެ މަސައްކަތް ކުރީ ރައްޔިތުންގެ އަޑު ކަނޑުވާލާށެވެ. ދެން އޮންނާނީ މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމެވެ. މި ސަރުކާރުން އެކަން ވެސް ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

19 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު