Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަންގުލަދޭޝްގެ އިންތިހާބު

ބޮޑުވަޒީރުގެ ގޮނޑިކޮޅުގެ ކަމަރު ހަސީނާ ބާރުކުރައްވާއިރު، އިދިކޮޅު ލީޑަރުން ހަވާސާގައި!

ވެރިކަމުގައި ހަސީނާ އިންނަވައިގެން މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މަސްރަޙުން ތަފާތު މަންޒަރުތަކެއް ފެނިގެންދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2024 | ހުކުރު 05:35
ބަންގްލަދޭޝްގެ އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނުކުމެ

ބަންގްލަދޭޝްގެ އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނުކުމެ

އެޅިހާ ބަތަކަށް ރިހަވެގެން، ޖަހާހާ ބެރަކަށް ނަށަމުން، ހެދިހާ ގޮތެއް ހެދިގެން ތިބި ޒަމާން މާ ބޮޑަށްވެސް މާޒީވެ ހިނގައްޖެއެވެ. ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި އެމީހަކަށް ވީ ގޮތަކަށް، ކޮންމެ މީހަކުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަވަށްޓެރި ބަންގްލަދޭޝްގެ މަގުތަކަށް ބަލައިލުމުންވެސް މިއަދު ފެނިގެންދަނީ ހަމަ އެ ފަދަ މަންޒަރުތަކެކެވެ. ޖެނުއަރީ 7 ވަނަ ދުވަހު އެ ޤައުމުގެ ކުރިއަށް ގެންދާ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ގޮވާލާ، ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ ފިކުރުގެ އެތައް ހާސް ބަޔަކު ދަނީ އެ ޤައުމުގެ މަގުތަކަށް ނިކުމެ، އެއްވުންތައް ބާއްވާ، އަޑު ގަދަ ކުރަމުންނެވެ. ބައެއް ފަހަރު، މުޒާހަރާތައް އިންތިހާއަށް ހޫނު ގަދަވާ ގޮތްވެސްވެއެވެ. ނަމަވެސް، އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް ޖަހަމުންދާ މަޅިތަކުން އެމީހުން ދަނީ ހުސިޔާރު ކަމާއެކީ ބޯދަމައިގަންނަމުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިޚް ހަސީނާ އިންނެވީ ވެރިކަމުގެ 4 ވަނަ ދައުރެއްގެ އިންތިޒާރުގައެވެ. އިންނެވީ ގޮތް ދޫކުރައްވާ ކަހަލަ ގޮތަކަށް ނޫނެވެ. ނުވިތާކަށް، ކުރިއަށް އޮތް އިންތިޚާބުގެ ކަންކަން ހިންގާ ނިމެންދެން، ވަގުތީ ސަރުކާރަކާ ވެރިކަން ޙަވާލު ކުރައްވަންވެސް ހަސީނާ ބޭނުންފުޅެއް ނުވިއެވެ. އެންމެ ފަހުން، ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ގުނާލެވޭ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ)އިން ވަނީ ޢާންމު އިންތިޚާބު ބޮއިކޮޓް ކުރަން ނިންމާފައެވެ.

އޮކްޓޯބަރ މަހުން ފަށައިގެން ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން، އިދިކޮޅު ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ވަރުގަދަ ހަރަކާތްތަކެއް އެ ޤައުމުގައި ދަނީ ހިންގަމުންނެވެ. ބީއެންޕީއިން އެކަނިވެސް 25000 އެއްހާ މީހުން ހައްޔަރު ކޮށްފައި ވާ އިރު، ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް، ޕާޓީގެ 10 މިލިއަނެއްހާ މެންބަރުން އުޅެނީ ކަމާ ބެހޭ ފަރާތްތަކަށް ފިލައިގެން ކަމަށް ބީއެންޕީއިން ބުނެއެވެ.

ބީއެންޕީގެ ލީޑަރު، ޢުމުރުން 77 އަހަރުގެ ޢަބްދުލް މުޢީން ޚާން، އުފަން ވަޒަނަށް އަނބުރާ ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ބަންދު ކުރި ހިސާބުން، އޭނާގެ ފަރާތުން 'ނުރައްކަލެއް' ނޯންނާނެކަން ޔަޤީންވި ހިސާބުންނެވެ. ޢަބްދުލް މުޢީން ބުނި ގޮތުގައި، އިދިކޮޅު ލީޑަރުން ހައްޔަރު ކުރަމުން ދާ ދިއުމުގެ ސަބަބުން، ޢާންމު މެންބަރުންގެ ހިތުގައި ވަނީ ބިރު އުފެދިފައެވެ.

ބޮޑުވަޒީރާ ހަސީނާއާއި އޭނާގެ އަވާމީ ލީގުން ވަނީ ބީއެންޕީއަކީ ހަމަނުޖެހުން ހިންގާ ބައެއްގެ ގޮތުގައި ސިފަކޮށް، އެ ޕާޓީ ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ. ބީއެންޕީއިން މަސައްކަތް ކުރަނީ އިންތިޚާބުގެ ކަންކަން 'މުޅިން ޚަރާބު' ކުރަން ކަމަށް ތުހުމަތު ކުރެއެވެ. އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ހައްޔަރު ކުރަމުން ދަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް ބުނެ އެމްނެސްޓީ އިންޓަރނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ދީފައިވާ އިންޒާރުތަކަށްވެސް ބޮޑުވަޒީރާއި އޭނާގެ ޕާޓީއިން ދެނީ ބީރު ކަންފަތެކެވެ.

ބީއެންޕީގެ އަންހެނުންގެ ގޮފީގެ އިސްވެރިޔާ، އަފްރޯޒާ ޢައްބާސް ބުނި ގޮތުގައި މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީގެ އަންހެން މެންބަރުންގެ ތެރެއިން 100 އެއްހާ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަފްރޯޒާގެ ފިރިމީހާ، މިރްޒާ ޢައްބާސްއަކީ ބީއެންޕީގެ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ. ނޮވެމްބަރ 1 ވަނަ ދުވަހުން ފަށައިގެން މިރްޒާވެސް ހުންނަނީ ޖަލު ބަންދުގައެވެ. ބަންގްލަދޭޝްގެ ފުލުހުން މިރްޒާ ހައްޔަރު ކުރީ، ތިމާގެ މީހެއްގެ ގޭގައި ފިލާ އޮއްވާއެވެ. އޭނާއަކީ ހަކުރު ބަލީގެ އިތުރުން ކިޑްނީގެ މައްސަލަތަކެއްވެސް ހުންނަ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ބީއެންޕީ އޮފިޝަލުން ބުނާ ގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ދަނީ އެ ޕާޓީގެ އޮފިޝަލުންނާއި ޢާންމު މެންބަރުންގެ ގެތަށް ބަލައި ފާސް ކުރަމުންނެވެ. ރޭގަނޑުގެ ވަގުތުގައި ހިންގާ 'ބަލައި ފާސް ކުރުމުގެ' ރެއިޑްތަކުގައި ގެތަށް ލޫޓުވާ، އެފުށްމިފުށަށް ޖަހާކަމަށް ބީއެންޕީގެ އޮފިޝަލުން ބުނެއެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި، ހައްޔަރަށް ގެންދަނީ ހަމަނުޖެހުން ހިންގާ މީހުން އެކަންޏެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވަނީ، އިދިކޮޅު ފަރާތްތަކުން އަންދާޒާކުރާ ތަފާސް ހިސާބުތަކަކީ ޞައްޙަ ޢަދަދުތަކެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން އޮތް އިންތިޚާބުގައި ބީއެންޕީއިން ވަނީ ވާދަކޮށްފައެވެ. ނަމަވެސް، 2014 ވަނަ އަހަރު އެ ޕާޓީއިން އުޅުނީ ކުރިމަތިލުންތަކާ ދުރުގައެވެ. މިނިވަންކަމާއެކު ވެރިން ހޮވުމުގެ ޙައްޤު، ބަންގްލަދޭޝް މީހުންނަށް އަނެއްކާވެސް ގެއްލިގެންދާނެ ކަމަށް، ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ. މިދިޔަ ނޮވެމްބަރު މަހު އެ ޖަމިއްޔާއިން ޝާޢިއު ކުރި ރިޕޯޓެއްގައި ވާ ގޮތުން، ހައްޔަރު ކޮށްފައި ވާ ބީއެންޕީ އެކްޓިވިސްޓުންގެ ޢަދަދު 10000 އަށް އަރައެވެ. އޭގެ ތެރޭގައި ފުލުހުންގެ 2 އޮފިސަރެއްވެސް ހިމެނޭ ކަމަށް ވެއެވެ. 16 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، ހަމަނުޖެހުންތަކުގެ ތެރޭގައި 5500 އެއްހާ މީހުން ޒަޚަމްވި ކަމަށްވެސް އެ ރިޕޯޓްގައ ވެއެވެ.

ޔުނިވަރސިޓީ އޮފް ސިންގަޕޯރގެ އިންސްޓިޓިއުޓް އޮފް ސައުތު އޭޝަން ސްޓަޑީޒްގެ ރިސަރޗް ފެލޯރ އެއް ކަމަށްވާ އަމީތު ރަންޖަން ބުނި ގޮތުގައި، އިދިކޮޅު ފިކުރުގެ މީހުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން އިސް ކުރުމަކީ ބަންގްލަދޭޝްގައި ޢާންމު ކަމަކަށް ވީ ނަމަވެސް، އެ ޤައުމުގެ ސަރުކާރުން މި ފަހުން އެޅި ފިޔަވަޅުތަކަކީ މީގެ ކުރިން އެ ޤައުމު ތަޖުރިބާ ކުރި ވަރުގެ ފިޔަވަޅުތަކެއް ނޫނެވެ.

ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން ހިފާ، ހައްޔަރު ކުރުމަށް ޝައިޚް ހަސީނާގެ ސަރުކާރުން މެކުހަށް ޖަހާފައި އޮތް މި ދަނޑިވަޅަކީ، އެ ޤައުމުގެ އިދިކޮޅު ލީޑަރޝިޕްވެސް މުޅިންހެން ބަލިކަށިވެފައި އޮތް ދަނޑިވަޅެކެވެ. ހަސީނާގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިޔާ، ޚާލިދާ ޒިއާވެސް އުޅުއްވަނީ ސިޔާސީ މައިދާނުގެ ހަރަކާތްތަކާ ވަރަށް ދުރުންނެވެ. ޕާޓީގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭތީ ފެންނަނީ ޚާލިދާ ޒިއާގެ ދިރިހެން ދަރިފުޅެވެ. އެއީ ވަގުތީ ގޮތުން ކަމުގައި ވީ ނަމަވެސް، އޭނާ ދިރިއުޅެމުން ދަނީ ޤައުމުން ބޭރުގައެވެ. ޕާޓީގައި ދެން އެންމެ އިސްކޮށް ހުރި ލީޑަރު، މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު ހުރީ އޮކްޓޯބަރ 29 ވަނަ ދުވަހުން ފަށައިގެން ޖަލު ބަންދުގައެވެ.

ބަންގްލަދޭޝްގެ މަގުތައް މަތިން އިވޭ އަޑުތައް އަހާލަމާ ހިނގާށެވެ. އެ ޤައުމުގެ ޢާންމުން ބުނަމުން ދަނީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭނުން ކަމަށެވެ. ނަމަވެސް، އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެމީހުން ބޭނުން ވަނީ އިޤްތިޞާދީ ހަމަޖެހުން ކަމަށްވެސް ބަންގްލަދޭޝްގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ވެރިކަމުގައި ހަސީނާ އިންނަވައިގެން މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މަސްރަޙުން ތަފާތު މަންޒަރުތަކެއް ފެނިގެންދިޔައެވެ. އެ ޤައުމުގެ އިޤްތިޞާދު، މުޅިންހެން ހެޔޮ ފާލަކަށް އަނބުރާލެއްވި ކަމުގެ ސެލިއުޓް، ހަސީނާއަށް ޙައްޤެވެ. ޤަތުލުޢާންމު ހިންގާ، މިޔަންމާއިން ބޭރުކުރި ރޯހިންޏާގެ ރެފިއުޖީންނަށް ހިޔާވަހިކަމެއް ދޭން ކެރުނު ހަމަ އެކަނި އަވަށްޓެރިއަކަށްވެސް ވީ ހަސީނާގެ ބަންގްލަދޭޝްއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކަން ފާހަގަކޮށް، ބަންގްލަދޭޝް ސަރުކާރަށް ތަޢުރީފު ކުރިއެވެ.

މަސްރަޙު ބަދަލުވާން ފެށީ ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ކުރަން ފެށި ހިސާބުންނެވެ. ބަންގްލަދޭޝްގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި އިންތިހާއަށް ބަޑުޖެހިގެން ދިޔައެވެ. 170 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްއަށް އިމްޕޯޓް ކުރާ ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. ނަތީޖާއަކަށް ވީ، ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީއަށް އެދެން ޖެހުމެވެ. އައިއެމްއެފްއިން ވަނީ 4.7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ބަންގްލަދޭޝްއަށް ދިނުމަށް ފާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025
ހަސީނާގެ އިސްތިއުފާ ސިޓީ ގެއްލި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ

ހަސީނާގެ އިސްތިއުފާ ސިޓީ ގެއްލި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ

27 އޮކްޓޯބަރު 2024
ހަސީނާގެ ވަކިވުން، އިންޑިއާ ބަންގްލަދޭޝްގެ ގާތް ގުޅުމަށް ވާނީ ކިހިނެއް؟

ހަސީނާގެ ވަކިވުން، އިންޑިއާ ބަންގްލަދޭޝްގެ ގާތް ގުޅުމަށް ވާނީ ކިހިނެއް؟

13 އޯގަސްޓު 2024
މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރީ ތަފާތު މޭރުމަކުން - "އާއްމުންނަށް ފެނުނީ ފިލި ހަސީނާ އާއި ފިލި ހައިދަރު"

މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރީ ތަފާތު މޭރުމަކުން - "އާއްމުންނަށް ފެނުނީ ފިލި ހަސީނާ އާއި ފިލި ހައިދަރު"

09 އޯގަސްޓު 2024
ޝޭޚް ހަސީނާގެ އަތްޕުޅުން ބާރުތައް ގެއްލިގެން ދިޔަ އެންމެ ފަހު ވަގުތުކޮޅު

ޝޭޚް ހަސީނާގެ އަތްޕުޅުން ބާރުތައް ގެއްލިގެން ދިޔަ އެންމެ ފަހު ވަގުތުކޮޅު

08 އޯގަސްޓު 2024

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު